ޙަބަރު

ފަރެސްމާތޮޑާ ބަނދަރާއި ދޯނި އެހެލާ ސަރަހައްދު ތަރައްޤީކުރުމުގެ މަޝްރޫއު އެމްޓީސީސީއަށް

އަޒީޒާ އަފީފް

1 މިނިޓު
ގދ. ފަރެސްމާތޮޑާ ބަނދަރާއި ދޯނި އެހެލާ ސަރަހައްދު ތަރައްޤީކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
ގދ. ފަރެސްމާތޮޑާ ބަނދަރާއި ދޯނި އެހެލާ ސަރަހައްދު ތަރައްޤީކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގދ. ފަރެސްމާތޮޑާ ބަނދަރާއި ދޯނި އެހެލާ ސަރަހައްދު ތަރައްޤީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހާވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަނ،ް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗރ ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައ،ި މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަނ،ް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗރ ޑރ. ޢަބްދުالله މުއްތަލިބެވ.ެ އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވ،ީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު، މުހައްމަދު ޖަމްޝީދުއެވެ.

މި މަޝްރޫޢުގެ ދަށުން:

  • 465,726 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުން
  • 300 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުން
  • 733 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުނއ
  • 133 މީޓަރުގެ ސަރަހައްދެއްގައި ޖިއޯޓިއުބް ރިވެޓްމަންޓް ޖެހުން
  • 329 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހު،ން
  • 1,462 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުން
  • 9,206 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުން
  • 6 މީޓަރު ދިގު 36 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުމުގެ މަސައްކަތް ހިމެނެއެވ.ެ

މިއީ 209.43 މިލިއަން ރުފިޔާއަށް 780 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ޙަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

ގދ. ފަރެސްމާތޮޑާއަކީ ރާއްޖޭގައި މަސްވެރިކަމުގައި އެންމެ މަޝްހޫރު އެއްރަށެވެ. އަދ،ި މި ރަށަކީ ހުވަދު އަތޮޅުގެ އެއް އެއާޕޯޓުވެސް އޮންނަ ރަށަށްވެސް ވުމާއެކު އެކިކަންކަމުގައި ލަފަ އި ފުރައި ދޯނިތަކުގެ އަދަދު ގިނަކަން އެމްޓީސީސީއިން ފާހަގަކުރެއެވެ. ބަނދަރުގެ ޖާގައިގެ ދަތިކަން ރަށު ރައްޔިތުން ދަނީ ވަރަށް ބޮޑަށް ތަޙައްމަލު ކުރަމުންނެވެ. ނަމަވެސް މިއަދު ސޮއިކުރި ބަނދަރާއި ދޯނި އެހެލާ ސަރަހައްދު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމުމާއެކ،ު އުޅަނދުތައް އަޅާފައި ބާއްވާނެ ޖާގަ ތަނަވަސް ބަނދަރެއް ރައްޔިތުންނަށް ލިބޭނެ ކަމަށާއި މުދާ ބަރުކުރުމާއި ލަފައި ފުރުމަށްވެސް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ވޭތުވެދިޔަ 44 އަހަރުތެރޭ އެމްޓީސީސީއިން ވާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގައި ކާމިޔާބުކަމާއެކު ނިންމައިފައެވ.ެ 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިންމު މަރުޙަލާއެއްގައެވ.ެ ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީއިން ވާނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

ޝެއާ

ކޮމެންޓު