ބެލެނެވެރިންގެ ކާޑު ބޭރުގައި ބޭނުން ނުކުރެވޭ ގޮތް ހަދައި ދަރިވަރުންނަށް ހާއްސަ ކާޑެއް
ރާއްޖޭގައި ތިބޭ މީހުންގެ ބޭންކް ކާޑުތައް ރާއްޖޭން ބޭރުގައި ބޭނުން ނުކުރެވޭ ގޮތަށް ހަދައި، ބޭރުގައި ކިޔަވާ ދަރިވަރުންނަށް ޚާއްސަ ކާޑެއް ތަޢާރަފުކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފިއެވެ. ނޫސްވެރިންނާ ބައްދަލުކުރައްވައި ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ، މި ފިޔަވަޅުތައް އަޅަން ނިންމީ ބޭންކަށް ޑޮލަރު ގަންނަން ލިބޭ މިންވަރަށްވުރެ ޑޮލަރު ވިއްކަންޖެހޭ މިންވަރު އިތުރުވެފައިވާތީ، ހުރިހާ ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ހަމަހަމަކޮށް ޑޮލަރު ފޯރުކޮށްދިނުމުގެ މަގުސަދުގައި ކަމަށެވެ. ޝަރީފް ފާހަގަކުރެއްވި ގޮތުގައި، […]










