ޙަބަރު

ފަސިންޖަރުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން : އެމްއޭސީއެލް

ޝުއާއު ހަނީފް

1 މިނިޓު
ފަސިންޖަރުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން : އެމްއޭސީއެލް

މެދުއިރުމަތީގެ ބައެއް ޤައުމުތަކުގެ ވައިގެ ސަރަޙައްދު ބަންދުކުރުމުގެ ސަބަބުން ފަސިންޖަރުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.

އެމްއޭސީއެލް އިން އާންމު ކުރި މައުލޫމާތައް ބަލާއިރު، ފަސިންޖަރުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، 28 މާރިޗު 2026 ވަނަ ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޑިސްރަޕްޝަން މެނޭޖްމެންޓް ސެންޓަރެއް ޤާއިމްކުރެވި ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް އަންނަނީ ކުރެވެމުންނެވެ. އަދި، ދަރުތުވެރިންނަށް ލުއިފަސޭހަ އިންތިޒާމުތައް ހަމަޖައްސައިދިނުމަށްޓަކައި ޑޮމެސްޓިކް ޓަރމިނަލް ހަމަޖައްސައި ބޭނުން ކުރެވެމިން އަންނަކަމަށްވެސް އެ ކުންފުނިން ބުނެ އެވެ.

މީގެ އިތުރުން، މި ހާލަތުން އަރައިގަތުމަށްޓަކައި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓާއި، ވިޒިޓް މޯލްޑިވްސްއާއި އެއަރލައިންތަކުގެ އިތުރުން ޓުއަރ އޮޕަރޭޓަރުންނާއި ގުޅިގެން، ފަސިންޖަރުންނަށް ދިމާވާ އެކިއެކި ދަތިތައް ހައްލުކުރުމުގެ މަސައްކަތް ވެސް އެ ކުންފުނިން ކުރަމުން އަންނަ ކަމަށްވެސް އެ ކުންފުނިން ބުނެ އެވެ.

ޝެއާ

ކޮމެންޓު