ޝުއާއު ހަނީފް

ޙަބަރު

ސުނާމީ ބިނާ މައިޒާން މަރާމާތުގެ މަސައްކަތް ނިންމައިފި

ވަރަށް ބޮޑަށް ވީރާނާވެ ހަލާކުވެފައިވާ ސުނާމީ ބިނާ މައިޒާން މަރާމާތުގެ މަސައްކަތުގެ ބޮޑު ބައެއް ނިންމައިފަ އެވެ. ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކޮށްގެން މި މަސައްކަތް ފަށައިފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެމްޓީސީސީން ބުނީ ސުނާމީ ބިނާ މައިޒާން މަރާމާތުކުރުމުގެ ޕިޒިކަލް ހުރިހާ މަސައްކަތެއް މިމަހުގެ 2 ވަނަ ދުވަހު ނިންމާފައިވާ ކަމަށެވެ. އެތަނުގެ މަރާމާތުގެ މަސައްކަތުގެ ތެރެއިން ބިންގަނޑު އަލުން އެއްވަރުކޮށް، ގާ ޖަހާފައިވާއިރު މޫދާ ދިމާލަށް އޮންނަ ފާރުގައި ވަނީ ފެންސު ޖަހައި […]

ޙަބަރު

ހދ. ކުޅުދުއްފުށި ޕޯޓުން، ހއ. އުލިގަމުގައި ބަނދަރުކުރި ބޮޑު ޕަސެންޖަރ ލައިނާއަކަށް ޕައިލޮޓޭޖްގެ ޚިދުމަތް ފޯރުކޮށްދީފި ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހާމަކޮށްފިއެވެ. މި ޚިދުމަތް ފޯރުކޮށްދީފައިވަނީ “ވާސްކޯ ޑަ ގާމާ” ނަމަކަށް ކިޔާ ޕަސެންޖަރ ލައިނާއަކަށެވެ. އެގޮތުން، މި ލައިނާގައި ފަސިންޖަރުންނާއި ފަޅުވެރިން ހިމެނޭހެން މުޅިއަކު 1,348 މީހުން ތިއްބެވެ. އުލިގަމަކީ ރާއްޖޭގެ އުތުރުން ބޭރުގެ ގިނަ އަދަދެއްގެ ކްރޫޒް ލައިނާތަކާއި ޔޮޓްތައް އަބަދުވެސް ބަނދަރުކުރާ މުހިންމު މަންޒިލެކެވެ. އެ ސަރަހައްދަށް އަންނަ […]

ޙަބަރު

އދ. ދިގުރަށުގައި ބިދޭސީން ދިރިއުޅޭ އެކޮމޮޑޭޝަން ބްލޮކެއްގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި 5 މީހަކު މަރުވެއްޖެއެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ގޭސް ލީކުވުމުގެ ސަބަބުންކަމަށް އެރަށު ކައުންސިލުން މައުލޫމާތު ދެއެވެ. މި ހާދިސާގައި ޖުމްލަ 8 މީހަކަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާއިރު، ފިހުނު ދެ މީހަކަށް އިތުރު ފަރުވާ ދިނުމަށް މާލެ ފޮނުވާފައިވެއެވެ. މިހާރު އެ ސަރަހައްދު ގައި ފުލުހުންގެ ޚާއްސަ ޓީމަކުން ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި މި މައްސަލަ […]

އަޕްޑޭޓު
ޙަބަރު

ދިވެހި ސަރުކާރުން ކުރިއަށް ގެންދާ ވަތަނީ ޚިދުމަތުގެ ޕްރޮގްރާމުގެ ތިންވަނަ ބުރުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ. މި ޕްރޮގްރާމަކީ ދިވެހި ޒުވާނުންގެ ހިތްތަކުގައި ގައުމިއްޔަތާއި އިސްލާމްދީނަށް ލޯބި ޖައްސައި، ކާރިސާތަކާއި ގޮންޖެހުންތަކުގައި ގައުމަށް ޚިދުމަތްކުރާނެ ހަރުދަނާ ޖީލެއް އުފެއްދުމުގެ މަގުސަދުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިސްނަންގަވައިގެން ފައްޓަވާފައިވާ ޕްރޮގްރާމެކެވެ. ތިން މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މި ތަމްރީނު ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މެއި މަހުގެ ފަހު ހަފުތާގައި ޅ. މާފިލާފުށީ ހުންނަ […]

ޙަބަރު

ބައިވެރިޔާގެ ނަމުގައި ބޯހިޔާވަހިކަމެއް އޮތް ނަމަވެސް ގޯއްޗަށް ކުރިމަތިލެވޭ ގޮތަށް ސަރުކާރުން އައު ޕްރޮގްރާމެއް މިއަދު އިފުތިތާހުކޮށްފިއެވެ. މި ޕްރޮގްރާމާ ގުޅޭ ގޮތުން ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ، “ބޯހިޔާވަހިކަން އެންމެންނަށް” ސްކީމަށް މިހާތަނަށް 18،399 އެޕްލިކޭޝަން ލިބިފައިވާ ކަމަށެވެ. އެ ސްކީމް ހުޅުވައިލިއިރު ވެސް 20،000 އަށް ވުރެ ގިނަ ފަރާތްތައް ކުރިމަތިލާނެ ކަމަށް ލަފާކުރެވުނު ނަމަވެސް، ގޯއްޗަށް އެދޭ […]

ޙަބަރު

ކ.ހުރާގެ ކަރަންޓާއި ފެނުގެ ހިދުމަތް ފޯރުކޮށްދިނުމާ ސްޓެލްކޯއިން ހަވާލުކޮށްފިއެވެ. ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ހިދުމަތް ސްޓެލްކޯއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ފެނަކައިގެ ފަރާތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ މުހައްމަދު ނަޖާހު އަދި ސްޓެލްކޯގެ ފަރާތުން އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ޑރ.އަލީ އަޒްވަރެވެ. މި ރަސްމިއްޔާތުގައި ހުރާ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޑރ.އަނާރާ ނައީމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. މި އެއްބަސްވުމާއެކު މާލެ އަތޮޅާއި، އއ އަދި އދ އާއި […]

ޙަބަރު

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދިއުމާ އެކު، އެސްޓީއޯ އިން ވިއްކާ ތެލުގެ އަގަށް ވެސް ބަދަލު ގެނެސްފިއެވެ. ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ)އިން އެކްސްގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނީ، މިއަދުން ފެށިގެން އެ ކުންފުނިން ޕެޓްރޯލް ލީޓަރެއް ވިއްކާނީ 16.01ރުފިޔާއަށެވެ. މީގެ ކުރިން ޕެޓްރޯލް ލީޓަރެއް ވިއްކަމުން ދިޔައީ 13.50 ރުފިޔާއަށެވެ. އެހެން ކަމުން މިއީ 2.51 ރުފިޔާގެ އިތުރުވުމެކެވެ. ޑީސެލް ލީޓަރެއް މިއަދުން ފެށިގެން ވިއްކާނީ، 17.54ރުފިޔާއަށެވެ. މީގެ […]

ޙަބަރު

ޑިމާންޑް ބޮޑުވި ނަމަވެސް ސަރުކާރުން އެޅުއްވި ހަރުދަނާ ފިޔަވަޅުތަކާއި އެކު އަގުތައް އެއްވަރެއްގައި ހިފެހެއްޓިފައި ވާކަމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާ އިން ބުނެފިއެވެ. އެ ވުޒާރާއިން ހާމަކުރިގޮތުގައި މި ބަރަކާތްތެރި ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން، ގަނޑުކޮށް މުދާ ހޯދުމާއި ރަށްރަށަށް މުދާ ފޯރުކޮށްދިނުމުގައި ދުރާލައި އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން، މުދަލަށް އޮތް ޑިމާންޑް ބޮޑުވި ނަމަވެސް ބާޒާރުގެ އަގުތައް ވަނީ އެއްވަރެއްގައި ހިފެހެއްޓިފައެވެ. އެގޮތުން، އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކުރެވުނު 23 […]

ޙަބަރު

ހއ. ދިއްދޫގައި ތަރައްޤީ ކުރާ ފުޓުބޯޅަ ދަނޑު އެޅުމަށް އެމްޓީސީސީ އާއި ހަވާލު ކޮށްދފިއެވެ. ސްޕޯޓްސް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސްޕޯޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު، މުހައްމަދު ފަޔާޒެވެ. އެމްޓީސީސީގެ ފަރާތުން ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު، މުހައްމަދު ޖަމްޝީދެވެ. މި މަޝްރޫއުގެ ދަށުން އެމްޓީސީސީ އިން އެ ދަނޑުގެ ސަބްބޭސް ތައްޔާރުކޮށް، ޕިޗު ހަދައި ބައުންޑަރީ ފާރު އިމާރާތްކޮށް، ފެންސް ޖަހައި ލައިޓިންގް ސިސްޓަމް ހަރުކޮށް، […]

ޙަބަރު

އައްޑޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ 6 މީހެއްގެ މައްޗަށް ކުށް ސާބިތު ކުރެވޭ ވަރަށް މިހާތަނަށް ހެކި ނުލިބޭތީ އެ މީހުން ދޫކޮށްލަން ޕީޖީ އޮފީހުން ފުލުހުންނަށް ލަފާދީފި އެވެ. އެ މީހުން ހައްޔަރު ކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހު ހައްޔަރުކުރީ 2017 ވަނަ އަހަރުން ފެށިގެން އައްޑޫގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، އެތައް މިލިއަން ރުފިޔާއެއް ދައުރުކުރި ކަމުގެ ތުހުމަތުގައި ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގެ ދަށުންނެވެ. ޕީޖީ އޮފީހުން […]

ޙަބަރު

އެފް.އޭ.އެމްގެ ޚިޔާނާތުގެ މައްސަލައިގައި އަމީން ކޮންސްޓްރަކްޝަންގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކުރަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަހަޅައިފިއެވެ. އެ އޮފީހުން ބުނީ، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލާގައި އެ ކުންފުނީގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި މަނީ ލޯންޑަރކުރުމަށް އެހީތެރިވުމުގެ ކުށުގެ ދަޢުވާ ސާބިތުނުވާކަމަށް 6 ޖަނަވަރީ 2025 ދުވަހު ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވާކަމަށެވެ. އަދި، ކްރިމިނަލް ކޯޓުން ނިންމި ނިންމުން އެ އޮފީހުން ދިރާސާކޮށް ބެލިއިރު، މި މި މައްސަލަ ސާބިތުކުރުމަށް ދައުލަތުން […]

ޙަބަރު

ރާއްޖޭގައި ނުފުރި ތާށިވެފައިވާ ފަތުރުވެރިންނަށް ދޫކޮށްފައިވާ ވިސާގެ މުއްދަތު އިތުރުކުރުމަށް އިމިގްރޭޝައިން ނިންމައިފި އެވެ. އިމިގްރޭޝަން އިން ކުރި އިއުލާނެއްގައި ބުނީ، މިވަގުތު މެދުއިރުމަތީިގައި ކުރަމުން އަންނަ ހަނގުރާމައާއި ގުޅިގެން ދަތުރުފަތުރުގެ ނިޒާމަށް މިވަގުތު ކުރިމަތިވެފައިވާ ބުރޫތަކުގެ ސަބަބުން، ދަތުރުކުރުމުގައި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ފަތުރުވެރިންނަށް ދޫކޮށްފައިވާ ވިސާގެ މުއްދަތު އިތުރުކުރުމަށް ވަނީ ނިންމާފައިވާކަމަށެވެ. އިމިގްރޭޝަނުން ބުނި ގޮތުގައި މިހެން ނިންމީ، މިވަގުތު ރާއްޖޭގައި ތިބި ފަތުރުވެރިންގެ ވިސާގެ މުއްދަތު ހަމަވުމުގެ ކުރިން ފުރޭނެ އިންތިޒާމެއް ނެތުމުގެ ސަބަބުން […]