ޙަބަރު

އެސްޓީއޯ އިން ވިއްކާ ތެލުގެ އަގަށް ބަދަލު ގެނެސްފި

ޝުއާއު ހަނީފް

1 މިނިޓު
ފޮޓޯ: ސަން
ފޮޓޯ: ސަން

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދިއުމާ އެކު، އެސްޓީއޯ އިން ވިއްކާ ތެލުގެ އަގަށް ވެސް ބަދަލު ގެނެސްފިއެވެ.

ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ)އިން އެކްސްގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނީ، މިއަދުން ފެށިގެން އެ ކުންފުނިން ޕެޓްރޯލް ލީޓަރެއް ވިއްކާނީ  16.01ރުފިޔާއަށެވެ. މީގެ ކުރިން ޕެޓްރޯލް ލީޓަރެއް ވިއްކަމުން ދިޔައީ 13.50 ރުފިޔާއަށެވެ. އެހެން ކަމުން މިއީ 2.51 ރުފިޔާގެ އިތުރުވުމެކެވެ. ޑީސެލް ލީޓަރެއް މިއަދުން ފެށިގެން ވިއްކާނީ،  17.54ރުފިޔާއަށެވެ. މީގެ ކުރިން 13.92 ރުފިޔާއަށް ޑީސެލް ލީޓަރެއް ވިއްކި ނަމަވެސް މި ގެނެވުނު ބަދަލާ އެކު މިއީ 3.62 ރުފިޔާގެ އިތުރުވުމެއް ކަމަށް އެސްޓީއޯއިން ބުނެއެވެ.

މާކެޓުތަކުން ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ ގެނައުމުގެ މަސައްކަތްތައް ފަށައި، ރާއްޖެ ތެލާއި ގޭހަށް ނުޖެހޭނެކަމުގެ ޔަގީންކަން މީގެ ކުރިން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ދެއްވައިފަ އެވެ.

ޝެއާ

ކޮމެންޓު