ޙަބަރު

ފަތުރުވެރިންނަށް ދޫކޮށްފައިވާ ވިސާގެ މުއްދަތު އިތުރުކުރުމަށް ނިންމައިފި

ޝުއާއު ހަނީފް

1 މިނިޓު
ފަތުރުވެރިންނަށް ދޫކޮށްފައިވާ ވިސާގެ މުއްދަތު އިތުރުކުރުމަށް ނިންމައިފި

ރާއްޖޭގައި ނުފުރި ތާށިވެފައިވާ ފަތުރުވެރިންނަށް ދޫކޮށްފައިވާ ވިސާގެ މުއްދަތު އިތުރުކުރުމަށް އިމިގްރޭޝައިން ނިންމައިފި އެވެ.

އިމިގްރޭޝަން އިން ކުރި އިއުލާނެއްގައި ބުނީ، މިވަގުތު މެދުއިރުމަތީިގައި ކުރަމުން އަންނަ ހަނގުރާމައާއި ގުޅިގެން ދަތުރުފަތުރުގެ ނިޒާމަށް މިވަގުތު ކުރިމަތިވެފައިވާ ބުރޫތަކުގެ ސަބަބުން، ދަތުރުކުރުމުގައި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ފަތުރުވެރިންނަށް ދޫކޮށްފައިވާ ވިސާގެ މުއްދަތު އިތުރުކުރުމަށް ވަނީ ނިންމާފައިވާކަމަށެވެ.

އިމިގްރޭޝަނުން ބުނި ގޮތުގައި މިހެން ނިންމީ، މިވަގުތު ރާއްޖޭގައި ތިބި ފަތުރުވެރިންގެ ވިސާގެ މުއްދަތު ހަމަވުމުގެ ކުރިން ފުރޭނެ އިންތިޒާމެއް ނެތުމުގެ ސަބަބުން ކަމަށްވެސް އިމިގްރޭޝަނުން ބުނެ އެވެ.

ހަނގުރާމައާއި ގުޅިގެން ގިނަ ފްލައިޓްތަކެއް ކެންސަލްވެ މި ވަގުތުވެސް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ގިނަ އަދަދެއްގެ ފަތުރުވެރިން ނުފުރި އެބަތިއްބެވެ. އަދި، އެމްއޭސީއެލް އާއި ގުޅުންހުއި މުއަސްސަސާ ތަކާއި ގުޅިގެން އަންނަނީ ފަތުރުވެރިންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ޝެއާ

ކޮމެންޓު