މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވައިގެ ދަތުރުފަތުރަށް ބުރޫއަރަމުންދާތީ، ފުރަންދާ ފަތުރުވެރިންނާއި ދަތުރުވެރިން އެއާޕޯޓަށް ދިއުމުގެ ކުރިން ފްލައިޓްގެ ޝެޑިއުލަށް އައިސްފައިވާ ބަދަލުތައް ކަށަވަރުކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާއި ޓޫރިޒަމް މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ. އެމްއޭސީއެލް އިން ބުނީ، މަސްރަޙުގައި ހުރި ނުތަނަވަސްކަމުގެ ސަބަބުން ބައެއް އެއަރލައިންތަކުގެ ދަތުރުތަކަށް ބަދަލު އަންނަމުންދާ ކަމަށެވެ. އެހެންކަމުން، ކޮންމެ ފަސިންޖަރަކުވެސް އެމީހަކު ދަތުރުކުރަން ހަމަޖެހިފައިވާ އެއަރލައިނެއްގެ ވެބްސައިޓް ނުވަތަ މޮބައިލް އެޕް މެދުވެރިކޮށް އެންމެ ފަހުގެ މައުލޫމާތު […]
ފަހުގެ
މެދުއިރުމަތީގެ މަސްރަހު ގޯސްވަމުންދާތީ، ރާއްޖެއަށް ބޭނުންވާ ކާބޯތަކެއްޗާއި އަސާސީ ބާވަތްތައް މެދުނުކެނޑި ލިބޭނެކަމުގެ ޔަގީންކަން އިކޮނޮމިކް މިނިސްޓްރީން ދީފިއެވެ. އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖޭގެ ބާޒާރަށް ކޮށްފާނެ އަސަރުތައް ސަރުކާރުން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި ބައިނަލްއަގުވާމީ މުދާ އުފުލުމުގެ ނިޒާމަށް އަތުވެދާނެ ލޮޅުންތައް ދެނެގަތުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން ދިރާސާ ކުރަމުންދާ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ. މިނިސްޓްރީގެ ބަޔާނުގައިވާ ގޮތުން، ރާއްޖެއަށް އާންމުކޮށް […]
މެދުއިރުމަތީ މިހާރު ކުރަމުދާ ހަނގުރާމައާއި ގުޅިގެން ފްލައިޓްތައް ކެންސަލްވެ، ރާއްޖާގައި 1400 އެއްހާ ފަތުރުވެރިން ނުފުރި ތާށިވެފައިވާ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ތޯރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ. ހަނގުރާމައާ ގުޅިގެން މެދު އިރުމަތީގެ ގިނަ ދަތުރުތަކާއި އުދުހުންތައް އެއްކޮށް މެދުކަނޑާލާފައިވާއިރު، ގައުމުތަކުގެ މި ކުއްލި ނިންމުމާއި އެކު މިއަދު ރާއްޖެއިން ގައުމުތަކަށް ފުރަން އޮތް ގިނަ ފަތުރުވެރިންތަކަކަށް ވަނީ ފުރޭ ގޮތް ނުވެފަ އެވެ. އޭގެ ތެރޭގައި ގާތްގަނޑަކަށް 1400 އެއްހާ ފަތުރުވެރިން ހިމެނޭ ކަމަށް […]
މެދުއިރުމަތީ ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރޭގައ ިސަރުކާރުގެ އެންމެ އިސް އަމާޒަކީ ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އަސާސީ މުދަލުގެ ކަށަވަރުކަން ދިނުން ކަމަށް އިޤުތިސާދާއި ތަރައްޤީއާއި ވިޔަފާރިޔާ ބެހޭ ވުޒާރާއިން ބުނެފިއެވެ. މެދުއިރުމަތީގައި ފަށާފައިވާ ހަނގުރާމައާ ގުޅިގެން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ މި ހަނގުރާމައިގެ ސަބަބުން ސަޕްލައި ޗެއިން އަށް ދިމާވެދާނެ ދަތިދައް މޮނީޓާރކޮށް ރައްޔިތުންނަށް ކާބޯތަކެއްޗާއި އަސާސީ ބާވަތްތައް މެދުކެނޑުމެއްނެތި ލިބޭނޭކަން ސަރުކާރުން ކަށަވަރުކުރަމުން ދާ ކަމަށެވެ. މި ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، ބައިނަލްއަޤުވާމީ މުދާ […]
މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތަކާއި ކުރިމަތިވާ ކަންކަން ޙައްލުކުރުމަށް ގުޅިގެން ފިޔަވަޅުތައް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު މެންދުރުފަހު ވަޒީރުންގެ ޚާއްސަ ކޮމިޓީއެއް އުފައްދަވައިފިއެވެ. ރައީސް އޮފީހުގެ ސްޕޯކް ޕާސަން ހީނާ ވަލީދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި އިތުރަށް ވިދާޅުވި ގޮތުގައި މި ކޮމެޓީގައި ހިމެނެނީ: 1. ފޮރިން މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލް (ކޮމިޓީގެ ޗެއަރ) 2. ޑިފެންސް މިނިސްޓަރ މުޙައްމަދު ޣައްސާން މައުމޫން 3. ފިނޭންސް މިނިސްޓަރ މޫސާ […]
ފަލަސްޠީނުގެ ޙައްޤުގައި ރާއްޖެއިން އަބަދުވެސް ދެމިއޮންނާނެކަމުގެ ޔަޤީންކަން އޯ.އައި.ސީ ގެ ބައްދަލުވުމެއްގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ދެއްވައިފި އެވެ. ވަޒީރު މި ޔަޤީންކަން ދެއްވާފައިވަނީ، އިސްރާއިލުން މެދުކެނޑުމެއްނެތި ފަލަސްޠީނުގެ ރައްޔިތުންނަށް ދެމުންގެންދާ ޙަމަލާތަކާ ގުޅޭގޮތުން އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) ގެ އެގްޒެކެޓިވް ކޮމިޓީ އިން ސައުދީ ޢަރަބިއްޔާގެ ޖިއްދާގައި ޚާރިޖީ ވަޒީރުންގެ ފެންވަރުގައި އިއްޔެ ބޭއްވި އެކްސްޓްރާ އޯޑިނަރީ އޯޕަން-އެންޑަޑް ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ތަގުރީރު ކުރައްވަމުން ވަޒީރު ޑރ. ޚަލީލް […]
ތ. ވިލުފުށީ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތުގެ 98% ނިމިފައިވާ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލްއިން ވިދާޅުވެއްޖެއެވެ. އެމްއޭސީއެލް އިން މި މަސައްކަތް ފަށާފައިވަނީ 2025 ނޮވެންބަރު 14 ވަނަ ދުވަހުގައެވެ. މިހާތަނަށް 79 ހެކްޓަރު ބިން ހިއްކާ ނިންމާފައިވާ އިރު އެއީ މި މަސައްކަތުގެ 98% މަސައްކަތް ކަމަށް ވެސް އެކުންފުނިން މައުލޫމާތު ދެއެވެ. މި މަސައްކަތުގެ ތެރެއިން ޖުމްލަ 81 ހެކްޓަރުގެ ބިން ހިންކަން […]
ޑިމޮކްރަސީގެ ހަމަތަކަށް ބަލާއިރު ވެސް ރަނގަޅީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވެފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ޕީއެންސީން ބޭއްވި “ކޮންގުރެސް ތަރާވީސް” އިވެންޓުގައެވެ. ރައީސް ވިދާޅުވިގޮތުގައި ކޮންމެ ފަސް އަހަރަކުން ތިން އިންތިހާބު ބޭއްވި ނަމަވެސް އެންމެ ގިނަ ރައްޔިތުން ވޯޓުލާން ނިކުންނާނީ ރިޔާސީ އިންތިހާބުގައެވެ. އެހެންވެ، މި އިންތިހާބުގެ ހަ މަސްފަހުން ބާއްވާ މަޖިލިސް އިންތިހާބަށް ވޯޓުލާން ނިކުންނަ މީހުންގެ […]
ޗާގޯސްގެ ޖަޒީރާ ރަށްތަކާ މެދު އުފެދިފައިވާ ހިލާފުތަކާ ގުޅިގެން، ރާއްޖެއާ އެކު، ހާރިޖީ ގުޅުން ސަސްޕެންޑްކުރަން މޮރިޝަސްގެ ސަރުކާރުން ނިންމައިފި އެވެ. ޗާގޯސްގެ ޖަޒީރާގެ ރަށްތަކުގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތް ކަމަށް ރާއްޖޭން ގަބޫލުކުރަން ދެކޮޅުހަދާ ކަމަށާއި، އިނގިރޭސި ސަރުކާރާ އެކު އެކުލަވައިލަން މަސައްކަތްކުރާ އެއްބަސްވުމަށް ވެސް ރާއްޖެއިން ދެކޮޅުހަދާކަމަށް ވެސް މޮރިޝަސްގެ ކެބިނެޓުގެ ނިންމުމުގައި ވަނީ ފާހަގަކޮށްފައެވެ. މި ސަބަބުތަކާއި އެކު މި ވަގުތުން ފެށިގެން ރާއްޖެއާ އެކު އޮތް ހާރިޖީ ގުޅުން […]
މާރިޗު މަހުގައި މުޅި ރާއްޖެއަށް އާންމުކޮށް އިހުސާސް ކުރެވޭ ފިނި ހޫނުމިން ކުޑަކޮށް މަތިވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފިއެވެ. އެ އިދާރާއިން އާންމު ކޮށްފައިވާ ތަފާސްހިސާބު ތަކުން ދައްކާ ގޮތުގައި، އަންނަ މަހު މުޅި ރާއްޖޭގައި ފިނި ހޫނު މިން އެންމެ މައްޗަށް ދާނެ މިންވަރާއި ދަށަށް ދާނެ މިންވަރު ވެސް އާންމު މިންވަރަށް ވުރެ ކުޑަކޮށް މަތިވާނެއެވެ. މާރިޗު މަހު އުތުރުގެ އަތޮޅުތަކަށް އާންމުކޮށް ވާރޭ ވެހޭ މިންވަރަށް ނުވަތަ އެއަށް […]
ބ. ދަރަވަންދޫ އެއާޕޯޓުގެ ރަންވޭ ބޮޑުކުރަން ބިން ހިއްކުމުގެ މަސައްކަތް ކުރަން ނިންމާފައިވާ ކަމަށް ބުނެ ދައްކަމުންދާ ވާހަކަތައް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ރޭ ދޮގުކުރައްވައިފި އެވެ. ބ. އަތޮޅުގެ ބަޔޮސްފިއަރ ރިޒާވުގައި ހިމެނޭ ހަނިފަރު ބޭ ކައިރީ އޮންނަ ދަރަވަންދޫ އިން އެ ސަރަހައްދާ ވަރަށް ކައިރިން އެއާޕޯޓަށް ބިން ހިއްކަން އުޅޭ ކަމަށް ބުނެ ސޯޝަލް މީޑިއާ އަދި ބައެއް ޚަބަރުފަތުރާ ވަސީލަތްތަކުގައި ވަނީ ރިޕޯޓުކޮށްފަ އެވެ. އެކަން ދޮގުކޮށް މިނިސްޓަރ ކުރެއްވި […]
ކުރިއަށް އޮތް ލޯކަލް ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ކުޅުދުއްފުށި ސިޓީގެ ކައުންސިލާއި އަންހެނުންގެ ކޮމިޓީތަކަށް ވާދަކުރައްވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓުންގެ މާލޭ ކެމްޕެއިން އޮފީސް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ރޭ ހުޅުވައިދެއްވައިފިއެވެ. މާލޭގައި ބޭއްވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުންގ އިތުރުން ކޮންގްރެސް ޕާޓީގެ އިސްވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ޕީއެންސީގެ ޓިކެޓުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރުކަމަށާއި ކައުންސިލުގެ މެންބަރުކަމަށް، އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ […]











