ފަހުގެ

ސަފުހާ 77 / 192

ޙަބަރު

ވެރިކަން ކުރުމުގައި އަބަދުވެސް އިސްކުރާނީ އިހުލާސްތެރިކަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ވެރިކަން ކުރާ ޕީއެންސީގެ ފަރާތުން އާޓިފިޝަލް ބީޗްގައި ބޭއްވި ތަރާވީހުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ވެރިކަމުގެ ޒިންމާ އަކީ ﷲ އެމަނިކުފާނާ މަތި ކުރެވި އަމާނާތެއް ކަމަށެވެ. އަދި މި މަސްއޫލިއްޔަތު އަދާ ކުރުމުގައި އަބަދުވެސް އިހްލާސްތެރިކަމާއި، ތެދުވެރިކަން އިސްކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. މިގޮތުން، ރައްޔިތުން ހިޔާލު ހޯދަންޖެހޭ ކަންކަމުގައި އާއި ރައްޔިތުން ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމުގައިވެސް އިހްލާސްތެރިވެ، […]

ޙަބަރު

ފެބްރުއަރީ 15 އިން 21 އަށް، މާލޭގެ ބަނދަރުން ޖުމްލަ 29,322 ޓަނުގެ މުދާ ކްލިއާކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހާމަކޮށްފިއެވެ. އެމްޕީއެލްއިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މި މަހުގެ 15 އިން 21 އަށް މާލޭގެ ބަނދަރުން ޖުމްލަ 29,322 ޓަނުގެ މުދާ ވަނީ ކްލިއާކުރިއިރު، މީގެ ތެރެއިން 26,469.21 ފްރައިޓް ޓަނަކީ ކޮންޓޭނަރު އުފުލާ ބޯޓުފަހަރުން ގެނައި މުދަލެވެ. އަދި ބާކީ 2,852.78 ފްރައިޓް ޓަނަކީ އާންމު މުދާ އުފުލާ […]

ޙަބަރު

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026 މިއަހަރު އޮކްޓޫބަރު މަހު ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ. ދިވެހިންގެ އުފެއްދުންތެރިކަން ކުރިއަރުވައި، ދިވެހި ފަންނުވެރިންގެ ހުނަރާއި މަސައްކަތް ދައްކާލުމަށްޓަކައި ރާއްޖެގައި ބާއްވާ އެންމެ ބޮޑު މައުރަޒު ކުރިއަށްގެންދަން ހަމަޖެހިފައިވަނީ 23 އޮކްޓޫބަރު އިން ފެށިގެން 31 އޮކްޓޫބަރުގެ ނިޔަލަށެވެ. މި ހިނގާ 2026 ވަނަ އަހަރަކީ “އުފެއްދުންތެރިކަމުގެ އަހަރު” ގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައި ވަނީ އެކަން ވަނީ އިއުލާނު ކުރައްވާފަ އެވެ. މިއަހަރުގެ މައުރަޒުގައި […]

ތަރަައްގީ

ސަރުކާރުގެ “ބޯހިޔާވަހިކަން އެންމެނަށް” ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި ހުށައެޅުމުގެ މުއްދަތު އިތުރުކޮށްފި އެވެ. ސަރުކާރުގެ “ބޯހިޔާވަހިކަން އެންމެނަށް” ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމުގެ ފުރަތަމަ ސްކީމަށް ހުށަހެޅުމަށް ހުޅުވާލީ މިދިޔަ މަހުގައެވެ. ފުރަތަމަ ހުޅުވާލިއިރު މި ސްކީމްގެ ދަށުން ގޯއްޗަށް އެދި ހުށަހެޅުމުގެ މުއްދަތު ހަމަވާން އޮތީ މާރިޗު މަހުގެ 4ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ފެލްޓަށް އެދި ހުށަހެޅޭނީ އޭޕްރީލް މަހުގެ 17ވަނަ ދުވަހުގެ ނިޔަލަށެވެ. ޢިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ބުނީ […]

ތަރަައްގީ

ގިރާވަރު ފަޅުން 15 ހެކްޓަރު ބިން ހިއްކާ ނިންމައިފި ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޑެޓް، އެމްއޭސީއެލްއިން ވިދާޅުވެއްޖެއެވެ. 2 ޑްރެޖަރު ބޭނުންކޮށްގެން ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަމަހުގެ 30 ވަނަ ދުވަހު އެވެ. މިއާއިއެކު އެމްއޭސީއެލްއިން މި މަސައްކަތް ދަނީ ހަލުވި ސްޕީޑެއްގައި ކުރިއަށް ގެންދަމުންނެވެ. މާލޭ ރައްޔިތުންނަށް ގޯތި ދޫކޮށްފައިވާ ގިރާވަރުފަޅުން ޖުމްލަ 167.15 ހެކްޓަރު ހިއްކުމަށް ހަމަޖެހިފައިވާއިރު, އެމްއޭސީއެލްއިން މިދިޔަމަހު ހިއްކަން ފަށާފައިވަނީ ގިރާވަރުފަޅުން ނުހިއްކާ އޮތް 97.15 ހެކްޓަރުގެ […]

ޙަބަރު

ފޯޅަވަހީގެ ސިޔާދަތީ ބާރަށް ދައުވާކުރުމުގެ ހައްގު އެންމެ ބޮޑީ ރާއްޖެއަށް ކަމަށް އިނގިރޭސިވިލާތުގެ ރިފޯމް ޕާޓީގެ ލީޑަރު އަދި ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ނައިޖަލް ފަރާޖް ވިދާޅުވެއްޖެ އެވެ. އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގައި ދެއްކެވި ވާހަކަގައި ނައިޖަލް ވިދާޅުވި ގޮތުގައި، ތާރީހީ ގޮތުންނާއި އަދި ޖިއޮގްރަފީގެ ގޮތުން ބެލި ނަމަވެސް އެ ހައްގު އެންމެ ބޮޑީ ދިވެހީންނަށް ކަމަށާއި، އެކަމުގެ ސާފު ހެކި ފެންނަ ކަމަށެވެ. އަދި އެފަދަ އެއްވެސް ހެއްކެއް މޮރިޝަސްއާ ގުޅޭގޮތުން ނެތް […]

ޙަބަރު

ފާއިތުވެ ދިޔަ ދެ އަހަރުގެ ތެރޭގައި ލާމަރުކަޒީ ނިޒާމު ވަރުގަދަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިގޮތަށް ވިދާޅުވެފައި ވަނީ ލާމަރުކަޒީ ދުވަހުގެ މުނާސަބަތުގައި، އެމަނިކުފާނު ފޮނުއްވި ހިތާބުގައެވެ. އެމަނިކުފާނުގެ ހިތާބުގައި ފާއިތުވެ ދިޔަ ދެ އަހަރުތެރޭގައި ލާމަރުމަޒީ ހިދުމަތްތައް ފުޅާކުރުމަށް އިތުރު ބާރާއި، ރައްޔިތުންގެ އިތުބާރު ހޯދައިދިނުމަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށް ވިދާޅުވެފައިވެއެވެ. އެގޮތުން، ކައުންސިލްތަކަށް އާމްދަނީ ލިބޭނެ މަގުތައް އިތުރަށް ފަހިކޮށްދީ، ކައުންސިލް މުވައްޒަފުންގެ […]

ޙަބަރު

ރާއްޖެއަށް ގެނައި 56 އެމްބިއުލާންސް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ރަށްތަކަށް ފޯރުކޮށްދީފި އެވެ. މި އެންބިއުލާންސް ތަކަކީ، އެމްބިއުލާންސްގެ ހިދުމަތް ދެމެހެއްޓެނިވި ގޮތުގައި ރާއްޖޭގެ ހުރިހާ ރަށަކަށް ފޯރުކޮށްދިނުމަށް ހިންގާ ޕްރޮގްރާމަގެ ދަށުން ރާއްޖެ ގެނެސްފައިވާ އެންބިއުލާންސްތަކެކެވެ. ހެލްތު މިނިސްޓްރީން ހިންގާ މި ޕުރޮގުރާމުގެ ދަށުން ކޮންޓްރެކްޓަރު ފައިނޭންސް އުސޫލުގެ ދަށުން މި އެންބިއުލާންސްތައް ގެނައުމަށް އެމްޕީއެލާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގަ އެވެ. އެމްޕީއެލުން ބުނިގޮތުގައި މި އެމްބިއުލާންތަކުގެ ތެރެއިން އެއް އެންބިއުލާންސް ދީފައި […]

ޙަބަރު

ދިވެހި ފިލްމު އިންޑަސްޓްރީގެ ނަން ހިނގާ މަޝްހޫރު އެކްޓަރު އަދި ޑައިރެކްޓަރެއްް ކަމަށްވާ އަހްމަދު ނިމާލް ނިޔާވެއްޖެއެވެ. ސްޓްރޮކެއް ޖެހިގެން މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުން ފެށިގެން ހޮސްޕިޓަލުގައި ފަރުވާދެމުން ދިޔަ ނިމާލް ނިޔާވެފައި ވަނީ މި އަދުގެ ހެނދުނުގެ ވަގުތެއްގަ އެވެ. ނިމާލަށް ސްޓްރޮކް ޖެހުމުން އެންމެ ފުރަތަމަ ފަރުވާ ދޭން ގެންގޮސްފައި ވަނީ އޭޑީކޭއަށެވެ. ނަމަވެސް މި އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހު ނިމާލް ވަނީ އައިޖީއެމްއެޗް […]

ޙަބަރު

ސްޓޭޓް ޓްރޭޑިން އޮރްގޭނިޒޭޝަން (އެސްޓީއޯ) އިން ފިޔަލާއި އަލުވީގެ އަގު ހެޔޮކޮށްފި އެވެ. ރޯދަމަހު އާންމުންނަށް ކާބޯތަކެތި އަގުހެޔޮކޮށް ފޯރުކޮށްދިނުމަށާއި ރައްޔިތުންނަށް ލުއި ފަސޭހަކޮށްދިނުމަށް މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން އެސްޓީއޯއިން ވަނީ ފިޔަލާއި އަލުވީގެ އަގުތައް ހެޔޮކޮށްފަ އެވެ. އަގުތަކަށް އައި ބަދަލަށް ބަލާއިރު، ކުރިން 12 ރުފިޔާއަށް ވިއްކި ފިޔާ ކިލޯއެއް މިހާރު 10 ރުފިޔާއަށް ވަނީ ހެޔޮކޮށްފަ އެވެ. އަދި ފިޔާ ބަސްތާއެއްގެ އަގު 250 ރުފިޔާއިން 190 ރުފިޔާއަށް ވަނީ […]

ޙަބަރު

ގދ.ތިނަދޫ ފޭސް 3ގެ މަގުތައް ތަރައްގީ ކުރުމަށް ރޯޑް ޑިވެލޮޕްމަންތް ކޯޕަރޭޝަން (އާރްޑީސީ)އާ ހަވާލުކޮށްފި އެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލުގެ ދަށުން ތިނަދޫ ފޭސް 3ގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ހައުސިން މިނިސްޓަރު ޑރ ޑރ. އަބްދުﷲ މުއްތަލިބް އެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެ ކުންފުނިގެ މެނޭޖިން ޑައިރެކްޓަރު އިބްރާހީމް ނަތީމްއެވެ. ތިނަދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ […]

ޙަބަރު

ވޯޓުފޮށި ނުބަހައްޓާ ތަންތަނުގައި ރަޖިސްޓްރީ ވެފައިވާ މީހުންނަށް އަލުން ރީރަޖިސްޓްރީ ވުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަން (އީސީ) އިން ހުޅުވާލައިފި އެވެ. އިލެކްޝަން ކޮމިޝަނުން އިއްޔެ ކުރި އިއުލާނުގައި، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި ރެފަރަންޑަމް ގައި ވޯޓުފޮށި ބަހައްޓަން ހަމަޖެހިފައިވާ ތަންތަނުގެ ތެރެއިން ވޯޓު ފޮށިތައް ނުބަހައްޓާ ތަންތަން އިއުލާންކޮށްފަ އެވެ. އެ ކޮމިޝަނުން ވަނީ ރިސޯޓު، ރާއްޖެއިން ބޭރު އަދި ސިނާއީ މަސައްކަތްކުރާ ތަންތަނުގައި ރީރަޖިސްޓަރީ ކުރުމުގެ ފުރުސަތު ހަމަވި އިރު އެކޮމިޝަނުން […]