ފަހުގެ

ސަފުހާ 74 / 192

ޙަބަރު

މާލޭގެ ކުދިކުދި ޖާގަތަކުގައި އިންސާނުން ދިރިއުޅެން އެކަށީގެންނުވާ ފަދަ ހާލަތްތަކުގައި ދިރިއުޅެމުންދާ އާއިލާތައް ދެނެގަނެ، އެ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ހާއްސަ މަސައްކަތްތަކެއް ސަރުކާރުން ފައްޓަވައިފިއެވެ. މިކަން ހާމަކުރެއްވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އެަރބަން ޑިވެލޮޕްމަންޓް ޑރ. އަބްދުﷲ މުއްތަލިބެވެ. މިނިސްޓަރު މުއްތަލިބު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާލޭގެ އެކި ގެތަކަށް ޒިޔާރަތްކުރައްވައި ބައްލަވާއިރު، މާލެއަށް ނިސްބަތްވާ ބައެއް އާއިލާތަކަށް ތަފާތު ސަބަބުތަކާ ހެދި ގެދޮރު […]

ޙަބަރު

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫޢު “ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން ފްލެޓާއި ގޯއްޗަށް އެދުމަށް ހުޅުވާލި ފުރުޞަތުގައި، މިހާތަނަށް 5,909 ފޯމު ހުށަހަޅާފައިވާ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބޯހިޔާވަހިކަމުގެ ފުރުޞަތުތަކަށް “ހިޔާވެހި” ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ހުޅުވާލާފައިވަނީ މިދިޔަ ޖަނަވަރީ މަހުގެ 18 ވަނަ ދުވަހުއެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބު ވިދާޅުވީ ޕޯޓަލް […]

ޙަބަރު

ޑިމާންޑް ބޮޑުވި ނަމަވެސް ސަރުކާރުން އެޅުއްވި ހަރުދަނާ ފިޔަވަޅުތަކާއި އެކު އަގުތައް އެއްވަރެއްގައި ހިފެހެއްޓިފައި ވާކަމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާ އިން ބުނެފިއެވެ. އެ ވުޒާރާއިން ހާމަކުރިގޮތުގައި މި ބަރަކާތްތެރި ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން، ގަނޑުކޮށް މުދާ ހޯދުމާއި ރަށްރަށަށް މުދާ ފޯރުކޮށްދިނުމުގައި ދުރާލައި އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން، މުދަލަށް އޮތް ޑިމާންޑް ބޮޑުވި ނަމަވެސް ބާޒާރުގެ އަގުތައް ވަނީ އެއްވަރެއްގައި ހިފެހެއްޓިފައެވެ. އެގޮތުން، އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކުރެވުނު 23 […]

ޙަބަރު

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރި މުދަލުގެ ތެރެއިން، ނިމިދިޔަ ހަފްތާގައި ޖުމްލަ 1،495 ކޮންޓެއިނަރުގެ މުދާ ކްލިއާކޮށްފައިވާ ކަމަށް އެ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އެމްޕީއެލްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހަފްތާގައި ކްލިއާކުރި ކޮންޓެއިނަރުތަކުގެ ތެރޭގައި އާންމުކޮށް ކެއިންބުއިމަށް ބޭނުންކުރާ ގިނަ ބާވަތްތަކެއް ހިމެނޭއިރު، އެންމެ ގިނައިން ކްލިއާކޮށްފައި ވަނީ ކުކުޅު ބިހެވެ. އެގޮތުން 21،761 ޕެކޭޖުގެ ބިސް ވަނީ ކްލިއާކޮށްފައެވެ. އެހެން ދުވަސްތަކާ ހިލާފަށް މި ރަމަޟާންމަހު އެންމެ ގިނައިން […]

ޙަބަރު

މެދުއިރުމަތީގައި މިހާރު ކުރިޔަށްދާ ހަނގުރާމައާ ގުޅިގެން މިއަދު އެކަނިވެސް 18 ފްލައިޓު ކެންސަލްކޮށްފި ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީން ވަނީ ދެ ދާއިރާއަކުން އެ މިނިސްޓްރީގެ އަދާހަމަ ހާމަކޮށްފައެވެ. އަމީން ވިދާޅުވީ މެދުއިރުމައްޗަކީ ރާއްޖެއަށް އެންމެ ގިނަ އެއާ ކަނެކްޓިވިޓީ އޮތް އަދި އެންމެ ގިނަ ފަތުރުވެރިން، ހަބެއްގެ ގޮތުގައި މެދުއިރުމަތިން ރާއްޖެ އަންނަ ކަމަށާއި ހަނގުރާމައާ ގުޅިގެން ދަތުރުފަތުރުގެ ނިޒާމަށް އަސަރުކުރަމުންދާ ކަމަށެވެ. އެގޮތުން […]

ޙަބަރު

ހއ. ދިއްދޫގައި ތަރައްޤީ ކުރާ ފުޓުބޯޅަ ދަނޑު އެޅުމަށް އެމްޓީސީސީ އާއި ހަވާލު ކޮށްދފިއެވެ. ސްޕޯޓްސް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސްޕޯޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު، މުހައްމަދު ފަޔާޒެވެ. އެމްޓީސީސީގެ ފަރާތުން ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު، މުހައްމަދު ޖަމްޝީދެވެ. މި މަޝްރޫއުގެ ދަށުން އެމްޓީސީސީ އިން އެ ދަނޑުގެ ސަބްބޭސް ތައްޔާރުކޮށް، ޕިޗު ހަދައި ބައުންޑަރީ ފާރު އިމާރާތްކޮށް، ފެންސް ޖަހައި ލައިޓިންގް ސިސްޓަމް ހަރުކޮށް، […]

ޙަބަރު

ރ. ހުޅުދުއްފާރުގައި މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް ހާއްސަ އެކަމަޑޭޝަން ފެސިލިޓީއެއް ގާއިމުކުރުމުގެ މަޝްރޫއު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. މި މަޝްރޫއަކީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މިކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވީ، މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ދަރިވަރުންނަށް އަމިއްލަ ރަށުގައި ނުވަތަ ކައިރި ރަށެއްގައި ތިބެގެން ފެންވަރު […]

ޙަބަރު

އަންނަ އޭޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގައި، ވޯޓުލާން ރަޖިސްޓަރީކޮށްފައިވާ ފޮށީގެ މަޢުލޫމާތު ހިމެނޭ ރަޖިސްޓަރީ އިލެކްޝަންސް ކޮމިޝަނުން (އީސީ) ޢާންމުކޮށްފި އެވެ. މި ރަޖިސްޓަރީއާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ. އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮންނާނީ 2026 މާރިޗު 3 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 […]

ޙަބަރު

އައްޑޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ 6 މީހެއްގެ މައްޗަށް ކުށް ސާބިތު ކުރެވޭ ވަރަށް މިހާތަނަށް ހެކި ނުލިބޭތީ އެ މީހުން ދޫކޮށްލަން ޕީޖީ އޮފީހުން ފުލުހުންނަށް ލަފާދީފި އެވެ. އެ މީހުން ހައްޔަރު ކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހު ހައްޔަރުކުރީ 2017 ވަނަ އަހަރުން ފެށިގެން އައްޑޫގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، އެތައް މިލިއަން ރުފިޔާއެއް ދައުރުކުރި ކަމުގެ ތުހުމަތުގައި ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގެ ދަށުންނެވެ. ޕީޖީ އޮފީހުން […]

ޙަބަރު

އެފް.އޭ.އެމްގެ ޚިޔާނާތުގެ މައްސަލައިގައި އަމީން ކޮންސްޓްރަކްޝަންގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކުރަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަހަޅައިފިއެވެ. އެ އޮފީހުން ބުނީ، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލާގައި އެ ކުންފުނީގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި މަނީ ލޯންޑަރކުރުމަށް އެހީތެރިވުމުގެ ކުށުގެ ދަޢުވާ ސާބިތުނުވާކަމަށް 6 ޖަނަވަރީ 2025 ދުވަހު ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވާކަމަށެވެ. އަދި، ކްރިމިނަލް ކޯޓުން ނިންމި ނިންމުން އެ އޮފީހުން ދިރާސާކޮށް ބެލިއިރު، މި މި މައްސަލަ ސާބިތުކުރުމަށް ދައުލަތުން […]

ޙަބަރު

ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާ ހަރުދަނާކޮށް، މި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ސައްހަ މައުލޫމާތު އެއްކުރުމަށްޓަކައި މިއަހަރުގެ ތެރޭގައި “އެގްރިކަލްޗާ ސެންސަސް” ނުވަތަ ދަނޑުވެރިންގެ ބޯހިމެނުމުގެ މަސައްކަތް ފެށުމަށް ސަރުކާރުން ނިންމައިފިއެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަން އިޢުލާނު ކުރެއްވީ މިނިސްޓަރ ފޯ އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ، ޑރ. މަރްޔަމް މާރިޔާ އެވެ. ވަޒީރު ވިދާޅުވީ ދަނޑުވެރިކަމުގެ ދާއިރާގެ ތަފާސްހިސާބުތައް ދެނެގަތުމަކީ ދާއިރާގެ ކުރިއެރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. “މި މަސައްކަތުގެ […]

ޙަބަރު

ސަރުކާރުގެ “ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ “އާއިލީ ބޯހިޔާވަހިކަން” ޕްރޮގްރާމުގައި ހިމެނޭ ދައުލަތުގެ އިދާރާތަކާއި މުއައްސަސާތަކުގެ ކެޓަގަރީތަކަށް ހުށަހަޅާ ފަރާތްތަކުގެ ޝަރުތުތަކަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އިސްލާހު ގެނެސްފިއެވެ. މި އިސްލާހުތައް ގެނެސްފައިވަނީ 28 ޑިސެންބަރު 2025 ގައި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލުގެ ދަށުންނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން 18 އަހަރުން މަތީގެ ކޮންމެ ދިވެހި […]