ޙަބަރު

“އާއިލީ ބޯހިޔާވަހިކަން” ޕްރޮގްރާމުގެ ދަށުން އިދާރާތަކުގެ ކެޓަގަރީތަކަށް އިސްލާހުތަކެއް

ސަރުކާރުގެ “ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ “އާއިލީ ބޯހިޔާވަހިކަން” ޕްރޮގްރާމުގައި ހިމެނޭ ދައުލަތުގެ އިދާރާތަކާއި މުއައްސަސާތަކުގެ ކެޓަގަރީތަކަށް ހުށަހަޅާ ފަރާތްތަކުގެ ޝަރުތުތަކަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އިސްލާހު ގެނެސްފިއެވެ. މި އިސްލާހުތައް ގެނެސްފައިވަނީ 28 ޑިސެންބަރު 2025 ގައި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލުގެ ދަށުންނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން 18 އަހަރުން މަތީގެ ކޮންމެ ދިވެހި […]

އަޒީޒާ އަފީފް

1 މިނިޓު
ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް ބިން ހަވާލު ކުރަން ފެށުން— ފޮޓޯ: މުއްތަލިބު
ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް ބިން ހަވާލު ކުރަން ފެށުން— ފޮޓޯ: މުއްތަލިބު

ސަރުކާރުގެ “ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ “އާއިލީ ބޯހިޔާވަހިކަން” ޕްރޮގްރާމުގައި ހިމެނޭ ދައުލަތުގެ އިދާރާތަކާއި މުއައްސަސާތަކުގެ ކެޓަގަރީތަކަށް ހުށަހަޅާ ފަރާތްތަކުގެ ޝަރުތުތަކަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އިސްލާހު ގެނެސްފިއެވެ.

މި އިސްލާހުތައް ގެނެސްފައިވަނީ 28 ޑިސެންބަރު 2025 ގައި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލުގެ ދަށުންނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން 18 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ތެރެއިން، މި ފުރުޞަތު ހުޅުވާލާފައިވަނީ ގްރޭޓަރ މާލެ ސަރަޙައްދުގައި ދިރިއުޅޭ ފަރާތްތަކަށެވެ.

ކެޓަގަރީތަކާއި ފުލެޓު ދޫކުރުމަށް ހަމަޖެހިފައިވާ އަދަދުތައް:

ގެނެވުނު އިސްލާހާއެކު، ހާއްސަ އިސްކަންދެވޭ ދާއިރާތަކަށް ފުލެޓު ކަނޑައަޅާފައިވާ ގޮތަކީ:

  • ޖުޑިޝިއަރީގެ މުވައްޒަފުން: 100 ފުލެޓު (މާލޭގައި އާއިލާ ބިނާކޮށްފައިވާ އަދި މަދުވެގެން 1 އަހަރު ޚިދުމަތްކޮށްފައިވާ މުވައްޒަފުންނަށް).
  • ދިވެހި ފުލުހުންގެ ޚިދުމަތް: 100 ފުލެޓު.
  • މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް): 100 ފުލެޓު.
  • ސިވިލް ސާރވިސްގެ މުވައްޒަފުން: 200 ފުލެޓު.
  • މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް: 100 ފުލެޓު.
  • މުސްތަގިއްލު މުއައްސަސާތަކާއި އެހެނިހެން އިދާރާތައް: ޖުމްލަ 400 ފުލެޓު.

މީގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި، އޭސީސީ، އިލެކްޝަންސް ކޮމިޝަން، އެމް.އެމް.އޭ އަދި މީރާ ފަދަ 24 އިދާރާއެއް ހިމެނެއެވެ.

އިސްލާހުކުރެވުނު ޝަރުތުތަކުގެ ތެރޭގައި، އަސާސީ ޝަރުތުތަކުގެ އިތުރުން ހުރިހާ ކެޓަގަރީއެއްގެ މުވައްޒަފުންނަށްވެސް މާލޭ ސިޓީގައި އާއިލާ ބިނާކޮށްފައިވާ ފަރާތަކަށްވުން ލާޒިމްކުރެއެވެ. އަދި އެ މުއައްސަސާއެއްގައި މަދުވެގެން މެދުނުކެނޑި ވޭތުވެދިޔަ އެއް އަހަރު ދުވަހު ޚިދުމަތްކޮށްފައިވާން ޖެހެއެވެ. މީގެ އިތުރުން، ބޯހިޔާވަހިކަން ހަވާލުކުރާ ތާރީޚުން ފެށިގެން، އެ އިދާރާއަކުން ކަނޑައަޅާ ގޮތެއްގެ މަތިން ވަޒީފާ އަދާކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރަން ޖެހޭނެއެވެ.

ހައުސިންގ މިނިސްޓްރީން މަޢުލޫމާތު ދެއްވާ ގޮތުގައި، ކޮންމެ އިދާރާއަކަށް ކަނޑައަޅާފައިވާ ފުލެޓުތަކަށް މީހުން ހޮވާނީ، ފޯމު ހުށަހަޅާ ޝަރުތު ހަމަވާ މުވައްޒަފުންގެ ތެރެއިން އެ އިދާރާއަކުން ކަނޑައަޅާ ވަކި އުސޫލެއްގެ މަތިންނެވެ.

މި ނިންމުމަކީ ސަރުކާރުގެ މުވައްޒަފުންނަށް ބޯހިޔާވަހިކަމުގެ ރަން ފުރުސަތުތަކެއް ފަހިކޮށްދީ، ދައުލަތަށް ހިދުމަތްކުރުމުގައި ދެމިތިބުމަށް ހިތްވަރު ދިނުމުގެ ގޮތުން ނިންމާފައިވާ ނިންމުމެއް ކަމަށް މިނިސްޓްރީން ބުނެއެވެ. މި ޕްރޮގްރާމާ ގުޅޭ އިތުރު މަޢުލޫމާތާއި ފޯމު ހުށަހެޅުމުގެ ސުންގަޑިތައް މިނިސްޓްރީގެ ވެބްސައިޓާއި ގެޒެޓުގައި ވަނީ އާންމުކޮށްފައެވެ.

ޝެއާ

ކޮމެންޓު