ފަހުގެ

ސަފުހާ 73 / 192

ޙަބަރު

‘ދަ ގްރޭޓާ އައްޑޫ’ ވިޝަންގެ ތަފްސީލް ރޭ އާޓިފިޝަލް ބީޗްގައި ބޭއްވި ހާއްސަ ހަފްލާއެއްގައި ލޯންޗުކޮށްފިއެވެ. މި ހަފްލާގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުއާއި ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ފަލާހް ބައިވެރިވެވަޑައިގަނެފައިވެއެވެ. އަދި އައްޑޫ ސިޓީގެ ރައްޔިތުންނާއި ޕީއެންސީގެ މެންބަރުންނާއި އެޕާޓީގެ ގިނަ ސަޕޯޓަރުން ވެސް ވަނީ ބައިވެރިވެފައެވެ. މި ހަފްލާގައި އައްޑޫ ތަރައްގީ ކުރުމަށް މިސަރުކާރުން، ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދިއުމަށް ނިއްމާފައިވާ ކަމުގެ އުފާވެރި ހަބަރު ވަނީ ދީފައެވެ. މި […]

ޙަބަރު

“އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން” (އައިއޯއާރްއޭ) އަކީ ސަރަހައްދީ އެއްބާރުލުން އިތުރުކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ޖަމިއްޔާއެއް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ. މިއަދު ފާހަގަކުރަމުންދާ އައިއޯއާރްއޭ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރު ދެއްވި މެސެޖެއްގައި ވިދާޅުވީ، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަކީ ރާއްޖޭގެ ދެމިއޮތުމާއި ކުރިމަގުގެ ތަނަވަސްކަމާ ސީދާ ގުޅިފައިވާ ކަމެއް ކަމަށާއި ރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް މި ޖަމިއްޔާގެ ބޭނުންތެރިކަން ބޮޑުކަމަށެވެ. މިގޮތުން […]

ޙަބަރު

މާލޭގެ އުތުރު ފަރާތުގައި ހުންނަ މަސްޖިދުއްސުލްތާން މުހައްމަދު ޝަމްސުއްދީން ނުވަތަ މަޝްހޫރު ނަމުން ނަމަ ބަންޑާރަ މިސްކިތް ހުރި ތަނުގައި އާ މިސްކިތެއް ބިނާކުރުމާ މެދު އާންމުންގެ މެދުގައި ބޮޑެތި ބަހުސްތަކެއް އުފެދިފައި ވަނިކޮށް، އެކަމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ. މި މައްސަލަ ފެންމަތިވީ، ބަންޑާރަ މިސްކިތް ހުރި ތަނުގައި ޒަމާނީ ބޮޑު މިސްކިތެއް އެޅުމަށް ދީލަތި ފަރާތަކުން އެހީތެރިކަން ހަމަޖައްސައިދީފައިވާ ކަމަށާއި، […]

ޙަބަރު

ކުރިއަށް އޮތް20 އަހަރަށް އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުވެގެންދާނެ މަޝްރޫއެއްގައި ސޮއިކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވެފައި ވަނީ ‘ދަ ގްރޭޓާ އައްޑޫ’ ވިޝަންގެ ތަފްސީލް ލޯންޗު ކުރުމަށް ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުންނެވެ. ރައީސް ވިދާޅުވި ގޮތުގައި އެތައް ދައުރެއް ނިމިގެން ދިޔަ އިރުވެސް އައްޑޫ ސިޓީގައި އަދާ ހަމައަށް ހައްލު ނުވެ އޮތް އެންމެ ބޮޑު މައްސަލައަކީ ކަރަންޓުގެ މައްސަލަ އެވެ. އެހެންވެ، މި […]

އަޕްޑޭޓު
ޙަބަރު

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އަލަށް ފެށި “ސީ-ޓު-އެއާ ކާގޯ” ހިދުމަތަށް ބޮޑު ކުރިއެރުމެއް ލިބެމުންދާކަން އެ ކުންފުނިން ހާމަކޮށްފި އެވެ. އެމްޕީއެލުން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ނިމިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި އެކަނިވެސް މި ހިދުމަތް މެދުވެރިކޮށް 99 ޓަނަށް ވުރެ ގިނަ މުދާ ވަނީ އުފުލާފައެވެ. ކަނޑު މަގުން ގެންނަ މުދާ ވައިގެ މަގުން ދުނިޔޭގެ އެކި ހިސާބުތަކަށް ފޮނުވައިދޭ މި ހިދުމަތަކީ 2024 ވަނަ އަހަރު ރާއްޖޭގައި އަލަށް ފެށި ހިދުމަތެކެވެ. […]

ޙަބަރު

ބ. އަތޮޅުގެ ވެރިކަން ކުރާ ރަށް، ބ. އޭދަފުށީގައި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ އައު ކެމްޕަހެއް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން ބިންގާ އެޅުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މި މަޝްރޫއުގެ ބިންގާ އަޅުއްވައިދެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދެވެ. އޭދަފުށީގައި ބޭއްވި މި ހާއްސަ ރަސްމިއްޔާތުގައި އެ ރަށު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު އަހުމަދު ސަލީމާއި، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު، އަހުމަދު ސައުދީގެ އިތުރުން އެމްއެންޔޫގެ ވައިސް […]

ޙަބަރު

ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ ޖަލުތަކަށް 400 ގައިދީންގެ ޖާގަ އިތުރުކޮށް، ޖާގަ ނެތުމުގެ ސަބަބުން މުޖުތަމަޢަށް ދޫވެފައި ތިބި ކުށްވެރިން އަނބުރާ ޖަލަށް ގެނައުމުގެ ބޮޑު މަޝްރޫޢެއް ފަށާފައިވާ ކަމަށް ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙުސާން އިޢުލާން ކުރައްވައިފިއެވެ. ވުޒާރާގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ، ކުރީ ސަރުކާރުން މާލޭ ޖަލާއި ކަސްޓޯޑިއަލް ފެސިލިޓީ އުވާލުމުގެ ސަބަބުން 450 މީހުންގެ ޖާގަ ގެއްލި، ގިނަ އަދަދެއްގެ […]

ޙަބަރު

ވޭތުވެދިޔަ ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި ރާއްޖެއަށް އެތެރެކުރަން އުޅުނު 83 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއި، ގަވާއިދާ ހިލާފަށް އެތެރެކުރި ދެ މިލިއަން ސިނގިރޭޓް އަތުލައިގެންފައިވާކަން ސަރުކާރުން ހާމަކޮށްފިއެވެ. މިކަމާ ގުޅޭ ތަފުސީލުތައް ހިއްސާކުރެއްވީ މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހްސާން އެވެ. މިނިސްޓަރު ވިދާޅުވީ، މަސްތުވާތަކެތީގެ ސަޕްލައި މަދުކުރުމަކީ މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީގެން ކުރަމުންދާ އެއް މަސައްކަތް ކަމަށެވެ. ކަސްޓަމްސްއާއި […]

ޙަބަރު

ޖަލުތަކަށް މަނާ ތަކެތި ވެއްދުން ހުއްޓުވުމަށް އަލަށް ބެހެއްޓި ބޮޑީ ސްކޭނަރުގެ ސަބަބުން، މާފުށީ ޖަލުން ކުރަމުން އައި ސްކޭމް ކޯލްތައް ބޮޑުތަނުން މަދުވެގެންދާނެ ކަމުގެ ޔަޤީންކަން ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙުސާން ދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ވަޒީރު އިހުސާން ވިދާޅުވީ، ޖަލުގައި ތިބޭ ގައިދީން ފޯނު ބޭނުންކޮށްގެން ހިންގާ ސްކޭމްތައް ހުއްޓުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން، މި […]

ޙަބަރު

ހަނގުރާމަވެރި އެކި ސަރަހައްދުތަކުގައި ތާށިވެފައި ތިބި 60 އެއްހާ ދިވެހިން އަނބުރާ ގައުމަށް ގެނައުމުގެ މަސައްކަތް ސަރުކާރުން ބާރަށް ކުރިއަށް ގެންދާކަން ދާހިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިހުސާން ހާމަކުރައްވައިފި އެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު އިހުސާން ވިދާޅުވީ، ހަނގުރާމަވެރި ސަރަހައްދުތަކުގައި ތާށިވެފައި ތިބި ދިވެހި އާއިލާތަކުގެ ހާލަތު ނިމުމަކަށް ގެނެސް، އެ މީހުން ވީހާވެސް އަވަހަކަށް ރާއްޖެ ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އަންގަވާފައި […]

ޙަބަރު

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދިއުމާ އެކު، އެސްޓީއޯ އިން ވިއްކާ ތެލުގެ އަގަށް ވެސް ބަދަލު ގެނެސްފިއެވެ. ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ)އިން އެކްސްގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނީ، މިއަދުން ފެށިގެން އެ ކުންފުނިން ޕެޓްރޯލް ލީޓަރެއް ވިއްކާނީ 16.01ރުފިޔާއަށެވެ. މީގެ ކުރިން ޕެޓްރޯލް ލީޓަރެއް ވިއްކަމުން ދިޔައީ 13.50 ރުފިޔާއަށެވެ. އެހެން ކަމުން މިއީ 2.51 ރުފިޔާގެ އިތުރުވުމެކެވެ. ޑީސެލް ލީޓަރެއް މިއަދުން ފެށިގެން ވިއްކާނީ، 17.54ރުފިޔާއަށެވެ. މީގެ […]

ޙަބަރު

މި ސަރުކާރުގެ ބޯހިޔާވެހިކަމުގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ “ގޯތިގެދޮރު” ޕްރޮގްރާމްގެ ތެރެއިން، މާލޭގައި ދިރިއުޅޭ މީހުންނަށް ބިން ދޫކުރުމުގެ އުސޫލު މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން މިއަދު އާންމުކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް އެކުލަވާލާފައިވާ މި އުސޫލަކީ، 18 އަހަރުން މަތީގެ ދިވެހި ރައްޔިތުންގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް މާލެ ސަރަހައްދުންނާއި ރަސްމާލެއިން ބަންޑާރަ ގޯތި ދޫކުރުމަށް އެކުލަވާލާފައިވާ އުސޫލެކެވެ. މި ޕްރޮގްރާމްގެ ދަށުން ރަސްމާލެއިން ދޫކުރާ […]