ކުންފުނީގެ ޤާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން، “ނޭޝަނަލް އެކްސްޗޭންޖް ލިމިޓެޑް” ގެ ނަމުގައި ސަރުކާރުގެ އައު ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު މިއަދު އުފައްދަވައިފިއެވެ. މި ކުންފުނި އުފައްދަވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ޤަރާރަކުންނެވެ. މިއީ ރާއްޖޭގެ މާލީ ދާއިރާއާއި އިސްލާމީ ފައިނޭންސް ފުޅާވަމުން އަންނަ ދަނޑިވަޅުގައި، ސަރުކާރުގެ އެހީތެރިކަމާއެކު ދެވަނަ ޙިއްޞާގެ ބާޒާރެއް ތަރައްޤީކޮށް ހިންގުމަށްޓަކައި، ސަރުކާރުގެ ސައްތައިންސައްތަ ޙިއްޞާވާ ގޮތަށް އުފެއްދެވި ކުންފުންޏެކެވެ. މި ކުންފުނި އުފެއްދެވުމުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ރާއްޖޭގެ […]
ފަހުގެ
ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތަށް ސުނާމީ ބިނާ ސަރަޙައްދު ހުސްކުރަންމިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް އިން އަންގައިފިއެވެ. މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢުގެ ދަށުން، ސުނާމީ ބިނާއިން ފެށިގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ ހަމައަށް މަގު ހެދުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ވަނީ ތައްޔާރު ވެފައެވެ. މި މަސައްކަތް ފެށުމުގެ ގޮތުން، އެ ސަރަޙައްދުގައި ހުރި ތަކެއްޗާއި އުޅަނދުފަހަރު ނެގުމަށް ކަމާބެހޭ […]
ދިވެހި ޒުވާނުންގެ ކުރިމަގު އުޖާލާކޮށް، ގައުމަށް ފައިދާހުރި ދަރިންތަކެއް ބިނާކުރުމުގެ މަތިވެރި މަގުސަދުގައި ސަރުކާރުން ފެށި “ދިވެހި ވަޠަނީ ޚިދުމަތް” ނޭޝަނަލް ސަރވިސް ޕްރޮގްރާމަށް ކާމިޔާބު އެއް އަހަރު ފުރިއްޖެއެވެ. މި މުހިންމު ޕްރޮގްރާމްގެ ފުރަތަމަ އަހަރުގެ ކާމިޔާބީ ފާހަގަކުރައްވަމުން، މި ޚިދުމަތުގެ ތަމްރީނުތައް ފުރިހަމަކުރި ހުރިހާ ޒުވާނުންނަށާއި އެ ޒުވާނުންގެ އާއިލާތަކަށް ވަނީ ރައީސް ވަނީ ތަހުނިޔާ އަރިސްކޮށްފައެވެ. އަދި މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ހިންގުމުގައި ބައިވެރިވި އެންމެހާ ފަރާތްތަކުގެ އިޚްލާޞްތެރި މަސައްކަތް ފާހަގަކޮށް، އެ […]
ރައީސް، ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގްނަނވައިފިއެވެ. ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ފުރާ ވަޑައިގެންނެވީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ރައީސް އޮފީހުން ވިދާޅުވީ، ރައީސްގެ ދެކަނބަލުން އެންބުރި ރާއްޖެ ވަޑައިގަތީ ރޭގެ ވަގުތެއްގައި ކަމަށެވެ. މި ދަތުރުފުޅާއި ގުޅޭ އިތުރު ތަފްސީލެއް ރައީސް އޮފީހުން ހާމައެއް ނުކުރައްވައެވެ.
މަގު ކޮނުމުގެ އެކި މަސައްކަތްތަކުގެ ތެރެއިން ކަރަންޓު ވިއުގައަށް ގެއްލުންދޭ ފަރާތްތައް ޒިންމާދާރުކުރުވައި، އެ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އެޅުމަށް ސްޓެލްކޯއިން ނިންމައިފިއެވެ. ސްޓެލްކޯއިން ހާމަކޮށްފައިވާ ގޮތުގައި، މަގުތައް ކޮނުމުގެ ތެރޭގައި ކަރަންޓު ކޭބަލްތަކަށް ގެއްލުންވެ، ހިދުމަތް މެދުކެނޑުމުގެ ހާދިސާތައް ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ. އަދި މިކަމުގެ ސަބަބުން އާންމު ރައްޔިތުންނަށް އިންތިހާއަށް ބޮޑެތި ތަކުލީފުތަކާއި ދަތިތަކާ ކުރިމަތިލާންޖެހޭ ކަމަށް ކުންފުނިން ފާހަގަކުރެއެވެ. އެހެންކަމުން، މަގު ކޮނުމުގެ މަސައްކަތްކުރާ ފަރާތްތަކުގެ އިހުމާލުން ކަރަންޓު ވިއުގައަށް ގެއްލުން ލިބޭ ހާލަތްތަކުގައި، […]
ތަކުރުާރުކޮށް ގަވާއިދާ ހިލާފުވާ މީހުންނަށް ހަރުކަށި އަދަބު ދޭނެ ކަމަށް ވިދާޅުވެ ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު މުހައްްމަދު މެސެޖެއް ދެއްވައިފިއެވެ. މަގުމަތީގެ ޓްރެފިކް އާންމު އުސޫލުތަކަށާއި އަދަބުތަކަށް ބޯނުލަނބާ މަދު ބައެއްގެ ސަބަބުން ގިނ ބައެއްގެ ހައްގުތައް ގެއްލި ނުރައްކާތެރި އެކިއެކި ހާދިސާތައް ތަކުރާރުކޮށް ދޭތެރެެ ދޭތެރެއިން ހިނގަމުންދާތީ، ޓްރެފިކް ގާނުނާއި ގަވާއިދުތަކަށް ތާކުރާރުކޮށް ހިލާފުވާ ފަރާތް ތަކާއިމެދު ހާއްސަ ފިޔަވަޅުތަކެއް ދިވެހިންގެ ފުލުހުންގެ ހިދުމަތުގެ ފަރާތުން އަޅަމުންދާނެ ކަމަށް ސީޕީގެ މެސެޖުގައި ވަނީ ވިދާޅުވެފައެވެ. […]
ކަނޑުމަގުން ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު 8 މިލިއަނަށްވުރެ ގިނަ ސިނގިރޭޓް މޯލްޑިވްސް ކަސްޓަމްސްއިން އަތުލައިގެންފިއެވެ. ކަސްޓަމްސް އިން ވިދާޅުވީ، 2026 ސެޕްޓެންބަރު 27 ވަނަ ދުވަހު، މާލޭ ކޮމާޝަލް ހާބަރުގައި ހިންގުނު ޚާއްސަ އޮޕަރޭޝަނެއްގައި “ޖެނެރަލް ކާގޯ” ގެ ގޮތުގައި ޑިކްލެއަރކޮށްފައިވާ ޝިޕްމަންޓެއް ބަލާފާސްކޮށް، އެ ޝިޕްމަންޓުގެ ތެރެއިން ގިނަ އަދަދެއްގެ ސިނގިރޭޓް ފޮރުވާފައި ހުއްޓާ ވަނީ ފެނިފައިވާ ކަމަށެވެ. އެގޮތުން ޖުމްލަ 8،527،480 ސިނގިރޭޓް ސްޓިކްސް ހޯދައި، ކަސްޓަމްސްގެ ބެލުމުގެ ދަށަށް މިހާރު ވަނީ […]
އަމީނީމަގުގެ ދެވަނަ ސެގްމަންޓުގައި ތާރުއެޅުމުގެ މަސައްކަތް މިހާރު އެއްކޮށް ނިމިފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ. އެމްޓީސީސީ ބުނީ ފެންވަރު ރަނގަޅު މަގުތަކެއް ގާއިމުކުރެވުމުގެ ސަބަބުން، މާލޭގެ ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި މީގެ ސަބަބުން މާލެއަކީ އެއްތަނުން އަނެއްތަނަށް ފަސޭހަކަމާއެކު ދަތުރުކުރެވޭ، ފުރިހަމައަށް ގުޅާލެވިފައިވާ ސިޓީއަކަށް ވެގެންދާނެ ކަމަށެވެ. އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއަކީ މާލޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، މަގުތައް ބޭނުންކުރާ ފަރާތްތަކަށް ދިމާވާ ދަތިތަކަށް […]
ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދެވޭ އެންމެ ޝަރަފުވެރި އެއް އެވޯޑު ކަމަށްވާ ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ސެގްމެންޓުގެ “އިންޑިއަން އޯޝަންސް ލީޑިންގ އެއަރޕޯޓް 2026” ގެ އެވޯޑް ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓް (ވީއައިއޭ) އިން ކާމިޔާބުކޮށްފިއެވެ. ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި ވާރލްޑް ޓްރެވަލް އެވޯޑްސް އޭޝިއާ، އޯޝޭނިއާ އެންޑް އިންޑިއަން އޯޝަން ގާލާ ސެރެމަނީ ގައި ވީއައިއޭގެ ފަރާތުން މި އެވޯޑާ ހަވާލުވެވަޑައިގަތީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ސީއީއޯ އަދި […]
ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް އޭއައި އާއި ޑިޖިޓަލް އީޖާދު ތަކުގެ ބޭނުން ހިފަން ޖެހޭ- ރައީސް
ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް އޭއައި އާއި ޑިޖިޓަލް އީޖާދު ތަކުގެ ބޭނުން ހިފަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާލުވެއްޖެއެވެ. މިކަން ހާމަކުރެއްވީ، ފަތުރުވެރިކަން އަލުން ބައްޓަންކުރުމަށް ސުމޭކީ އެޖެންޑާއާއި އާޓިފިޝަލް އިންޓެލިޖެންސް، މި ޝިޢާރުގެ ދަށުން ފާހަގަކުރާ 2026 ވަނަ އަހަރުގެ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައެވެ. އެ މެސެޖުގައި ފަތުރުވެރިން މަންޒިލުތައް ހޯދައި ދެނެގަތުމާއި، ދަތުރުތައް ރޭވުމާއި، އަދި ފަތުރުވެރިކަމުގެ ތަޖުރިބާތައް ލިބިގަންނަ ގޮތް ބަދަލުކޮށްލުމުގައި ސުމޭކު ފަންނިއްޔާތާއި […]
ސިނަމާލެ ބްރިޖުން ފައިމަގުގައި ހުޅުލެއަށާއި ހުޅުމާލެއަށް ދިއުމަކީ މަނާ ކަމެއް ކަމަށާއި އެފަދަ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބްރިޖު ހުރަސްކޮށް ހިނގާފައި ނުވަތަ ދުވެފައި އެއަރޕޯޓަށާއި ހުޅުމާލެއަށް ދިއުމަކީ މަނާކުރެވިފައި ވީީނަމަވެސް، ސިނަމާލެ ބްރިޖުގެ އެއަރޕޯޓާ ވީކޮޅުގެ ވޯކްވޭ ބަންދުކުރުމަށްޓަކައި ބަހައްޓާފައިވާ ބެރިކޭޑުތައް ހުރަސްކޮށް ބައެއް ފަރާތްތަކުން ދާކަން ފާހަގަ ކުރެވިފައި ވާކަމަށެވެ. މިއީ ހުއްދަކުރެވިފައިވާ ކަމަކަށް ނުވާއިރު، މިގޮތަށް އަމަލުކުރުމުގެ ސަބަބުން ހިތާމަވެރި ހާދިސާއެއް […]
މަތީ ސާނަވީ އިމްތިހާނުގައި މިއަހަރު ބައިވެރިވާ ދިވެހި ހުރިހާ ދަރިވަރުންނަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި އެމަނުކުފާޏުގެ އަނބިކަނބަލަުން މެޑަމް ސާޖިދާ މުހައްމަދު ކާމިޔާބީ އަށް އެދިވަަޑައިގަންނަވައިފިއެވެ. ރައީސް “އެކްސް” ގައި ކުރެވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ދަރިވަރުންގެ މުސްތަޤްބަލު ބިނާކުރުމުގައި އަދި ވަކީން ޚާއްޞަކޮށް، މަތީ ތަޢުލީމު އުނގެނޭނެ ދާއިރާއެއް ޚިޔާރުކޮށް ކުރިއަށް ދިއުމުގައި، މަތީ ސާނަވީ އިމްތިޙާނަކީ މުހިންމު މަރުޙަލާއެއް ކަމަށެވެ. ” އިރާދަކުރެއްވިއްޔާ، މި އިމްތިޙާނަށް ތައްޔާރުވުމަށް ތިޔަ ކުދީން ކުރި […]










