ޙަބަރު

ރާއްޖެ އެތެރެކުރަން އުޅުނު 8 މިލިއަނަށްވުރެ ގިނަ ސިނގިރޭޓް އަތުލައިގަނެފި

އައިޝަތު އަފާ

1 މިނިޓުއަޕްޑޭޓުކުރީ
ކަސްޓަމްސް އޮފީސް/ ފޮޓޯ-ސަން އޮންލައިން
ކަސްޓަމްސް އޮފީސް/ ފޮޓޯ-ސަން އޮންލައިން

ކަނޑުމަގުން ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު 8 މިލިއަނަށްވުރެ ގިނަ ސިނގިރޭޓް މޯލްޑިވްސް ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން ވިދާޅުވީ، 2026 ސެޕްޓެންބަރު 27 ވަނަ ދުވަހު، މާލޭ ކޮމާޝަލް ހާބަރުގައި ހިންގުނު ޚާއްސަ އޮޕަރޭޝަނެއްގައި “ޖެނެރަލް ކާގޯ” ގެ ގޮތުގައި ޑިކްލެއަރކޮށްފައިވާ ޝިޕްމަންޓެއް ބަލާފާސްކޮށް، އެ ޝިޕްމަންޓުގެ ތެރެއިން ގިނަ އަދަދެއްގެ ސިނގިރޭޓް ފޮރުވާފައި ހުއްޓާ ވަނީ ފެނިފައިވާ ކަމަށެވެ.

އެގޮތުން ޖުމްލަ 8،527،480 ސިނގިރޭޓް ސްޓިކްސް ހޯދައި، ކަސްޓަމްސްގެ ބެލުމުގެ ދަށަށް މިހާރު ވަނީ ގެނެވިފައިވާ ކަމަށް ކަސްޓަމްސް އިން ވަނީ ވިދާޅުވެފައެވެ.

ކަސްޓަމްސް އިން ވިދާޅުވީ، ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމެންޓެއްގައި ގާނޫނާއި ގަވައިދާ ހިލާފަށް ތަކެތި ހުރެދާނެ ކަމަށް ކަސްޓާމްސް އިން ބެލެވިގެން ސެޕްޓެމްބަރު27 ވަނަ ދުވަހު މާލޭ ކޮމާޝަލް ހާބަރުގައި ހާއްސަ އޮޕްރޭޝަން އެއް ހުންގާފައިވާ ކަމަށެވެ.

‏ މި މައްސަލަ މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ޝެއާ

ކޮމެންޓު