ޙަބަރު

ތަކުރާރުކޮށް ގަވައިދާ ހިލާފުވާ މީހުންނަށް ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު

އައިޝަތު އަފާ

1 މިނިޓުއަޕްޑޭޓުކުރީ
ބްރިޖް ހައިވޭގައި އެކްސިޑެންޓެއް ހިނގާފައި… ފޮޓޯ: އެމްވީ ކްރައިސިސް
ބްރިޖް ހައިވޭގައި އެކްސިޑެންޓެއް ހިނގާފައި… ފޮޓޯ: އެމްވީ ކްރައިސިސް

ތަކުރުާރުކޮށް ގަވާއިދާ ހިލާފުވާ މީހުންނަށް ހަރުކަށި އަދަބު ދޭނެ ކަމަށް ވިދާޅުވެ ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު މުހައްްމަދު މެސެޖެއް ދެއްވައިފިއެވެ.

މަގުމަތީގެ ޓްރެފިކް އާންމު އުސޫލުތަކަށާއި އަދަބުތަކަށް ބޯނުލަނބާ މަދު ބައެއްގެ ސަބަބުން ގިނ ބައެއްގެ ހައްގުތައް ގެއްލި ނުރައްކާތެރި އެކިއެކި ހާދިސާތައް ތަކުރާރުކޮށް ދޭތެރެެ ދޭތެރެއިން ހިނގަމުންދާތީ، ޓްރެފިކް ގާނުނާއި ގަވާއިދުތަކަށް ތާކުރާރުކޮށް ހިލާފުވާ ފަރާތް ތަކާއިމެދު ހާއްސަ ފިޔަވަޅުތަކެއް ދިވެހިންގެ ފުލުހުންގެ ހިދުމަތުގެ ފަރާތުން އަޅަމުންދާނެ ކަމަށް ސީޕީގެ މެސެޖުގައި ވަނީ ވިދާޅުވެފައެވެ.

ސީޕީ ވިދާޅުވެފައި ވަނީ މި ފިޔަވަޅު ތަކުގެ މަގުސަދަކީ މަގުތަކަކީ އެންމެހާ ރައްޔިތުންނަށްވެސް ރައްކާތެރި އަމާން ތަނެއްގެ ގޮތުގައި ބޭއްވުމަށާއި މަދު ބައެއްގެ ސަބަބުން ތަކުރާރުކޮށް ހިނގަމުންދާ މިފަދަ ނުރައްކާތެރި ހާދިސާތައް ހުއްޓުވުމަށް އެޅެންހުރި އެންމެ ހަރުކަށި ފިޔަވަޅުތައް އެޅުން ކަމުގައެވެ.

“މި ފިޔަވަޅޫތައް ކަމާގުޅުން ހުރި އެންމެހާ މުއައްސަސާތަކާ ގުޅިގެން އެންމެ މަތީ ދަރަޖައެއްގައި އަޅަމުން ދިއުމަށް، ފުލުހުންގެ ކަމާބެހޭ އެންމެހާ ފަރާތްތަކަށް މިހާރު ވަނީ އަންގާފަ” ސީޕީ މެސެޖްގައި ވިދާޅުވެފައި ވިއެވެ.

މި ފިޔަވަޅުތައް ގްރޭޓަރ މާލެ އޭރިޔާގެ އިތުރުން އަތޮޅުތެރޭގެ ރަށްރަށުގައިވެސް އަޅަމުން ގެންދާނެއެވެ.

 

 

ޝެއާ

ކޮމެންޓު