ފަހުގެ

ސަފުހާ 127 / 192

ސިޔާސީ

ޅ. އޮޅުވެލިފުށީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ. އެމްޓީސީސީއާ މި މަޝްރޫއުތައް ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އޮޅުވެލިފުށީ ރައްޔިތުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސައުދީއެވެ. އެމްޓީސީސީއާ ޙަވާލުކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި އޮޅުވެލިފުށީގެ ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން […]

ޙަބަރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ޑޮލަރުތަކެއް ފޭރުނު މައްސަލާގައި ހަތަރު މީހަކު ހައްޔަރުކޮށް، އެމީހުން ބޭނުންކުރި ލޯންޗް ހޯދައިފި އެވެ. ވީއައިއޭގެ އައު ޓާމިނަލަށް ވަންނަން ދިޔަ ބޭންކުގެ ދެ މުވައްޒިފެއްގެ އަތުން ފައިސާ ހުރި ސޫޓް ކޭހެއް، މޫނު ނިވާކޮށްގެން ތިބި ބަޔަކު ފޭރިގަނެފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ ރޭ ފަތިހު 4:25 ހާއިރު އެވެ. މި މައްސަލައާއި ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދު އެއާޕޯޓުގައި ހިނގި ފޭރުމާ […]

ޙަބަރު

ކުރިޔަށް އޮތް 2026 ވަނަ އަހަރުގެ ބަޖެޓަކީ ކައުންސިލްތައް މެދުވެރިކޮށް އޯގާތެރިކަމާއެކު ރައްޔިތުންނަށް އެހީ ފަހިކޮށްދެވޭ ބަޖެޓަކަށް ވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ، ޅ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި އެ އަތޮޅު އޮޅުވެލިފުއްޓަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ، ވާހަކަފުޅުދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި، ރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަން ހިމަނުއްވައިގެން ބަޖެޓު ހުށަހަޅުއްވާނީ، ވެވަޑައިގެންފައިވާ ވައުދުތަކުގެ ތެރެއިން […]

ސިޔާސީ

ޅ އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށްރަށަށާއި މާލެއަތޮޅުގައި މީހުން ދިރިއުޅޭ ތިން ރަށަކަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު، މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ. ރައީސްގެ މި ދަތުރުފުޅުގައި، އެރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ. އަދި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ހާލު ބައްލަވާނެއެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގައި ޅ […]

ޙަބަރު

ރައްޖޭގެ ދެވަނަ ޒަމާނީ ވަޤްފު ބިނާ ދާރުލްއަރްޤަމް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. ދާރުލްއަރްޤަމް އިމާރާތްކުރަނީ 2،000 އަކަފޫޓުގެ ބިމެއްގައި 12 ފަންގިފިލާއަށެވެ. އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި މި މަޝްރޫއުގެ ބަޖެޓަކީ 39.4 މިލިއަން ރުފިޔާއެވެ. މި މަޝްރޫއު 540 ދުވަސް ތެރޭގައި ނިންމަން ހަވާލުކޮށްފައިވަނީ އާރްސީސީއާއެވެ. އެ މިނިސްޓްރީން ބުނި ގޮތުގައި ދާރުލްއަރްޤަމްގެ ބޭސްމަންޓް ހާއްސަކޮށްފައިވަނީ ޕާކިންގްއަށެވެ. ގްރައުންޑް ފްލޯގައި ރިސެޕްޝަން އޭރިއާއަކާއި ޕާކިންގް އޭރިއާއެއް ހިމެނެ އެވެ. އަދި ދާރުލްއަރްޤަމްގައި އޮފީސް ހިންގާނެ […]

ޙަބަރު

އައްޑޫ ސިޓީ ކައުންސިލް އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް އިއްޔެ ނެގި ވޯޓާއި ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާން ގެންގުޅުއްވި ހިޔާލަކީ، ފޭދޫ ދަރިއެއްގެ މިނިވަން އަމިއްލަ ހިޔާލުކަމަށް އޭނާ ވިދާޅުވެއްޖެ އެވެ. އިއްޔެ ނެގި އާންމު ވޯޓުގައި ރައްޔިތުންގެ ހިޔާލު ހޯދާފައިވަނީ، އައްޑޫ ފޭދޫ، ހުޅުދޫ އަދި މީދޫގެ ނަމުގައި ކައުންސިލްތައް އުފައްދަން ފެނޭތޯ ބެލުމަށާއި، ހުޅުދޫ އާއި މީދޫ، އެއް ރަށު ކައުންސިލެއްގެ ދަށުން ހިންގުމަށްޓަކައި، އައްޑޫ ހުޅުމީދޫ ކައުންސިލް […]

ޙަބަރު

އައްޑޫ ސިޓީގައި އިއްޔެ ނެގި ހިޔާލު ހޯދުމުގެ ވޯޓުގައި އެ އަތޮޅު ހުޅުދޫ އަދި މީދޫ، ސިޓީ އިން ވަކިވެ ރަށު ކައުންސިލު ހެދުމަށް ނިންމުމާއި ގުޅިގެން އެ ދެ ރަށުގައި އުފާފާޅުކުރުމުގެ ގޮތުން މިރޭ ހަވާ އަރުވަން ނިންމައިފިއެވެ. ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދާއި މީދޫ ދާއިރާގެ މެންބަރު އަބްދުއްރަހްމާން ގުޅިގެން ބާއްވާ މި ހަރަކާތް އޮންނާނީ މިރޭ 20:30 ގައި ހުޅުމީދޫ މެދު ބަނދަރުގައެވެ. އިންތިހާބުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި، ވަކި […]

ޙަބަރު

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެމްޕީއެލްއިން އަލިފާން ނިވާ ފުޅި ރީފިލްކޮށްދިނުމުގެ ޚިދުމަތް އެކަމަށް ޚާއްސަ ސެންޓަރަކާއެކު ފަށައިފިއެވެ. އެމްޕީއެލްގެ ހެލްތު އެންޑް ސޭފްޓީ ޑިޕާޓްމަންޓްގެ ބެލުމުގެ ދަށުން ހުޅުވި މި ސެންޓަރގެ ޚިދުމަތް ރަސްމީކޮށް ފެށުމަށްޓަކައި ޚާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވައިފައެވެ. އެމްޕީއެލްގެ ހެލްތު އެންޑް ސޭފްޓީ ބިލްޑިންގައި ބޭއްވި މި ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ ޑީސީޕީ ރިޓަޔަރޑް މުޙައްމަދު ރިޝްވާން އަދި ކުންފުނީގެ މެނޭޖްމަންޓްގެ އިސް ބޭފުޅުން ބައިވެރިވަޑައިގަތެވެ. މި ސެންޓަރުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި […]

އަޕްޑޭޓު
ޙަބަރު

ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކޮށް ބަނގުރާ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހުޅުމާލޭން ތިން ބިދޭސީއަކު ހައްޔަރުކޮށްފި އެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝަށް ނިސްބަތްވާ ދެމީހަކާއި ޕާކިސްތާނު މީހެކެވެ. އެގޮތުން އެމްޑީ ރިޔާސް އުއްދީން، ބަންގްލަދޭޝް (19އ) އާއި އެމްޑީ އަޝްރަފުލް އަލަމް، ބަންގްލަދޭޝް (27) އަދި ޔާސިރް ހަމީދު، ޕާކިސްތާން (24އ) ވަނީ ހައްޔަރުކޮށްފަ އެވެ. މި ތިން މީހުން ވެސް ހައްޔަރުކޮށްފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ހުޅުމާލެ ފޭސް އެކެއްގެ ފުލުހުން […]

ޙަބަރު

މި އަހަރުގެ ޕީކް ސީޒަނަށް ތައްޔާރުވުމުގެ މަސައްކަތް، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ފަށައިފި އެވެ. އެގޮތުން އެމްއޭސީއެލްގެ ޑިޕާޓްމަންޓްތަކުން ވަނީ ބައްދަލުވުމެއް ބާއްވާފަ އެވެ. މި ބައްދަލުވުމުގެ މަގުސަދަކީ ޕީކް ސީޒަންގެ އޮޕަރޭޝަންސްތައް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިއުމުގައި ކުރިމަތިވެދާނެ ގޮންޖެހުންތަކާއި އެކަންކަމަށް ހައްލު ހޯދުމަށް އެއް ޑިޕާޓްމަންޓުން އަނެއް ޑިޕާޓްމަންޓަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމެވެ. މި ބައްދަލުވުން ފައްޓަވައިދެއްވަމުން އެމްއޭސީއެލްގެ ޗީފް ކޮމާޝަލް އޮފިސަރު (ސީސީއޯ) މުހައްމަދު […]

ޙަބަރު

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އައު ފަސިންޖަރު ޓާމިނަލުން ވާޖިން އެޓްލާންޓިކަށް ހިދުމަތް ދޭން ފަށައިފިއެވެ. އައު ޓާމިނަލުން ވާޖިން އެޓްލާންޓިކްއަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މޯލްޑިވްސް ނޭޝަނަލް އެއާ ޓްރެފިކް ސާވިސް (އެމްނެޓްސް)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ތޯހާއެވެ. މި ރަސްމިއްޔާތުގައި ވާޖިން އެޓްލާންޓިކްގެ އެއާޕޯޓް މެނޭޖަރު އާސިމް ޝައިހް އަދި އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ. މިއަދުގެ ރަސްމިއްޔާތުގައި ވާޖިން އެޓްލާންޓިކްގެ ޗެކިން […]

ޙަބަރު

ގައުމު ބިނާކުރުމުގައި ޕްރައިވެޓް ސެކްޓާއިން މުހިއްމު ދައުރެއް އަދާކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ. އެކަމަނާ މިހެން ވިދާޅުވީ ކްލިކް ކޮލެޖްގެ ރިހިޔޫބީލް ފާހަގަކުރުމަށް، ރޭ މާގިރި ހޮޓަލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މެޑަމް ސާޖިދާ ވިދާޅުވީ، ތައުލީމީ ނިޒާމުގައި ސިއްހަތު، އައު ވިސްނުންތައް، އަދި މަސައްކަތްތެރިކަމާއި ހުނަރުވެރިކަމަށް އިސްކަންދެވެނީ ދަރިވަރުންގެ ފިކުރީ އަދި އަމަލީ ގާބިލިއްޔަތު ކުރިއެރުވުމަށްކަމަށެވެ. މީގެއިތުރުން، އުފެއްދުންތެރިކަން، ވިޔަފާރި، އަދި ސިޔާސަތު ފަދަ ދާއިރާތަކުން ދަރިވަރުން ތަމްރީނުކުރެވެނީ […]