ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އައު ފަސިންޖަރު ޓާމިނަލުން އަޒަރްބައިޖާންގެ ގައުމީ އެއާލައިން, އަޒަރްބައިޖާން އެއާލައިންސް އަށް ހިދުމަތް ދޭން ފަށައިފިއެވެ. އައު ޓާމިނަލުން އަޒަރްބައިޖާން އެއާލައިންސް އަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ޓާމިނަލްގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަންގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމްއެވެ. މިރަސްމިއްޔާތުގައި އަވިއާ މޯލްޑިވްސްގެ ޑިރެކްޓަރު އަހުމަދު އަރުޝަދު އަދި އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ. މިރަސްމިއްޔާތުގައި އަޒަރްބައިޖާން އެއާލައިންސްގެ […]
ފަހުގެ
ގައުމުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް، ރެކޯޑް މުއްދަތެއްގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު، ޒިޔާރަތްކުރައްވައި ރާއްޖޭގެ ސިޔާސީ މައިދާނުގައި ތާރީހީ ކާމިޔާބީއެއް ހާސިލުކުރައްވައިފިއެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް، އެންމެ އެއް އަހަރާ 11 މަސްދުވަހުގެ ތެރޭގައި ދަތުރުފުޅުކުރައްވައި، ރައީސް، މި ތާރީޚީ ކާމިޔާބު ހާސިލުކުރައްވާފައި ވަނީ، ޅ އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށްރަށާއި، މާލެއަތޮޅުގެ ތިން ރަށަކަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅުގެ […]
މޯލްޑިވްސް ޕޯޓްސް ލިިމިޓަޑް (އެމްޕީއެލް) އިން އިންތިޒާމްކުރާ “މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް”ގެ ދެވަނަ އެޑިޝަން 2026 ވަނަ އަހަރުގެ އޭޕްރީލް މަހު ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ. މޯލްޑިވްސް މެރިޓައިމް ކޮންފަރެންްސްއަކީ މެރިޓައިމް ދާއިރާގެ ބައިނަލްއަގުވާމީ ތަޖުރިބާކާރުންނާއި ސްޓޭކްހޯލްޑަަރުންނާއި ދާއިރާއާ ގުޅުންހުރި ފަރާތްތައް ބައްދަލުކޮށް، ދާއިރާގެ ކުރިއެރުމާއި ގުޅޭ ގޮތުން މަޝްވަރާކޮށް، ހިޔާލު ބަދަލުކުރުމުގެ ގޮތުން ބާއްވާ ބައިނަލްއަގުމީ ކޮންފަރެންސްއެކެވެ. އެމްޕީއެލްއިން އެންމެ ފުރަތަމަ މި ކޮންފަރެންސް އިންތިޒާމްކުރީ 2024 ވަނަ އަހަރެވެ. އެ އަހަރުގެ މޯލްޑިވްސް […]
ބަންޑް ވޯލް ޖެހުމާއި، ގޮނޑުދޮށް ހިމާޔަތް ކުރުމާއި، ބޭރު ތޮށިލުން ހިމެނޭހެން، ކުރިއަށް އޮތް 12 މަސްދުވަހުގެ ތެރޭގައި، ދިއްފުށީގައި 23 ހެކްޓަރުގެ ބިންހިއްކައި ނިމޭނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ، މާލެއަތޮޅުގެ މީހުން ދިރިއުޅޭ ތިން ރަށަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު ދިއްފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. މިއަދު އެ ރަށުގައި އަމަލީ ގޮތުން ފެށި، ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަށް އިޝާރާތްކުރައްވަމުން އެމަނިކުފާނު […]
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ޑޮލަރުތަކެއް ފޭރުނު މައްސަލާގައި ހައްޔަރުކުރި ހަތަރު މީހުންގެ ވަނަވަރު އާންމުކޮށްފި އެވެ. ވީއައިއޭގެ އައު ޓާމިނަލަށް ވަންނަން ދިޔަ ބޭންކުގެ ދެ މުވައްޒިފެއްގެ އަތުން ފައިސާ ހުރި ސޫޓް ކޭހެއް، މޫނު ނިވާކޮށްގެން ތިބި ބަޔަކު ފޭރިގަނެފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ އިއްޔެ ރޭ ފަތިހު 4:25 ހާއިރު އެވެ. މި މައްސަލާގައި ފުލުހުން ކުރަމުން އަންނަ ތަހުގީގުގައި އިއްޔެ ވަނީ، ކުށްކުރުމަށް ބޭނުންކުރި ލޯންޗު ހޯދައި ތުހުމަތުކުރެވޭ ހަތަރު […]
ޅ. ނައިފަރު ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. ނައިފަރުގައި ބިން ހިއްކުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޅ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ނައިފަރަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށްޓަވައިދެއްވީ ޕްލޭނިން މިނިސްޓަރު ޑރ އަބްދުﷲ މުއްތަލިބާއި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސައުދީއެވެ. މި މަސައްކަތުގެ ދަށުން 44.8 ހެކްޓަރުގެ ބިން ރަށަށް އިތުރުކުރާނެ […]
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މުވައްޒަފުންނަށް މިދިޔަ ތިން މަސް ދުވަހުގެ ތެރޭގައި 447 ތަމްރީން ޕްރޮގްރާމެއް ހިންގައިފިއެވެ. މި ތަމްރީން ޕްރޮގްރާމްތަކަކީ އެމްއޭސީއެލްގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ހުނަރުވެރި އަދި ގާބިލު ބައެއްކަން ކަށަވަރު ކުރުމަށް, ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އެމްއޭސީއެލްގެ ލާނިން އެންޑް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓުން މި އަހަރުގެ ތިންވަނަ ކުއާޓާގައި ހިންގި ޕްރޮގްރާމްތަކެއްކަމަށް އެކުންފުނިން ބުނެ އެވެ. އެގޮތުން މިދިޔަ ތިން މަސް ތެރޭގައި ހިންގި ތަމްރީން ޕްރޮގްރާމްތަކުގައި 7,773 ބައިވެރިން […]
ޅ ނައިފަރުގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުފުޅުތައް ރަނުން ރަނަށް ފުއްދަވައިދެއްވާނެކަމަށާއި، ނައިފަރުގެ ތަރައްގީ ހަގީގަތަކަށް ހެއްދެވުމަކީ ލިބިވަޑައިގަންނަވާ އުފަލެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙަހަމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ، ޅ އަތޮޅަށް ކުރެއްވ ދަތުރުފުޅުގައި އެ އަތޮޅު ނައިފަރަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ރޭ ބައްދަލުކުރައްވާ، ވާހަކަފުޅުދައްކަވަމުންނެވެ. މި ދަތުރުފުޅުގައި ނައިފަރުގެ ތަރައްގީއަށްޓަކައި ގިނަ މަޝްރޫއުތަކެއްގެ އެއްބަސްވުމުގައި ސޮއިކުރެއްވުމާއި، އަމަލީ މަސައްކަތްތައް ފެއްޓުން ހިމެނިފައިވާއިރު، މިއީ ހުރިހާ ގޮތަކުން ހަމަޖެހިފައިވާ ކަންކަންކަމުގައި […]
ޅ ހިންނަވަރުގައި 100 ހައުސިންގ ޔުނިޓު ތަރައްގީކުރުމުގެ މަޝްރޫއެއް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ޅ މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު ހިންނަވަރު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. ހިންނަވަރަކީ އާބާދީ ބޮޑު، ބައިބޯ ރަށެއްކަން ފާހަގަކުރައްވައި ރައީސް ވަނީ، ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގައި ރައްޔިތުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުން ކުރެއްވުމަށް ނިންމަވާފައިވާ ކަންކަމުގެ ތަފުސީލު ހިއްސާކުރައްވާފައެވެ. އެގޮތުން، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާފައިވާ […]
ޅ. ކުރެންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ޅ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުރެންދޫއަށް ކުރެއްވި ޒިޔާރަތުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި ކުރެންދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ފަށްޓަވައިދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.އަބްދުﷲ މުއްތަލިބެވެ. އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިޔަށްގެންދާ މި މަޝްރޫއުގެ ދަށުން، 36،363 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި […]
ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ އަންނަ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ބޮޑުކުރުމަށް ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ރައީސް މިފަދައިން ވިދާޅުވީ ޅ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ އަތޮޅު ކުރެންދޫއަށް ވަޑައިގެން ވާހަކަދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ސިވިލް ސާވިސް މުވައްޒަފުންނާއި އެއް ގިންތިއަކަށް ރާއްޖޭގެ ހުރިހާ ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންވެސް ގިންތިކުރުމަށް ނިންމާފައިވާ ކަމަށެވެ. ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ […]
ޅ. އޮޅުވެލިފުށީގައި ގާއިމުކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފި އެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕަނީ ލިމިޓެޑް (އެމްއޭސީއެލް) އާއެެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓާފައިވަނީ، ރައީސް ޑރ މުހައްމަދު މުއިއްޒު ޅ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އޮޅުވެލިފުއްޓަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގެ ތެެރެއިންނެވެ. އޮޅުވެލިފުށީ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އެވެ. މި ރަސްމިއްޔާތުގެ ތެރެއިން ވަނީ، އެ […]











