މިލިޓަރީ ޑިސްޕްލޭގެ ރިހާސަލަށް މާލޭގެ ބައެއް މަގުތައް ބަންދުކޮށްފިއެވެ. ފުލުހުން ބުނީ ނަސްރުގެ ދުވަހު ބާއްވާ މިލިޓަރީ ޑިސްޕްލޭގެ ރިހާސަލްތަކަށް، މިއަދުން ފެށިގެން ނޮވެމްބަރު މަހުގެ ދެވަނަ ދުވަހަށް ކޮންމެ ދުވަހެއްގެ 15:30 އިން 18:00 އަށް ބައެއް މަގުތައް ބަންދުވާނެ ކަމަށެވެ. އަދި ރޭގަނޑު 23:00 ފެށިގެން ރިހާސަލް ނިމެންދެން ޓްފެކް ފްލޯއަށް ބަދަލު ގެނެސްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ. ފުލުހުން މިއަދު ކުރި ޕޯސްޓެގައި ވަނީ ބަންދުކޮށްފައިވާ މަގުތަކުގެ ޗާޓު އާންމުކޮށްފައެވެ. އެ […]
ފަހުގެ
ޔޫތު މިނިސްޓްރީން ކުރި އިއުލާންތައް ބާތިލު ކޮށް، މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާ ބެހޭ އެންމެހައި ކަންކަން އެމްއެމްބީސީ އާ ޙަވާލު ކުރުމަށް ނިންމަފައިވާ ކަމަށް މިނިސްޓްރީން ބުނެފިއެވެ. މިނިސްޓަރީން މިއަދު ގެޒްޓް ކޮށްފައި ބުނެފައި ވަނީ މިނިސްޓްރީން ކުރި އިއުލާންތައް ބާތިލު ކޮށް، މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާ ބެހޭ އެންމެހައި ކަންކަން އެމްއެމްބީސީ އާ ހާވާލު ކުރުމަށް ނިންމައިވާ ކަމަށެވެ. މިނިސްޓަރީ ބުނީ މި ގޮތަށް ނިންމެވީ ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް މާލީ […]
2026 ވަނަ އަހަރަށް ލަފާކޮށް 64 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށައަޅައިފި އެވެ. އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ހުށައަޅުއްވައިދެއްވީ މިހާރު ކުރިޔަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފިނޭންސް މިނިސްޓަރު މުސާ ޒަމީރެވެ. 2026 ވަނަ އަހަރަށް ލަފާކޮށް ހުށައަޅާފައި ވަނީ ޖުމްލަ 64,202,565,720 (ފަސް ދޮޅަސްް ހަތަރު ބިލިއަން ދުއިސައްތަ ދެ މިލިއަން ފަސް ލައްކަ ފަސްދޮޅަސް ފަސް ހާސް ހަތް ސަތޭކަ ވިހި ރުފިޔާ) އެވެ. މިއީ މި ހިނގާ 2025 ވަނަ އަހަރުގެ […]
ސިއްޚީ ވުޒާރާއިން ގެނައުމަށް ނިންމާފައިވާ 56 އެމްބިއުލާންސްގެ ތެރެއިން 18 އެމްބިއުލާންސެއްގެ އިންސްޕެކްޝަންތައް ފުރިހަމަކޮށް ރާއްޖެ ގެނައުމަށް ތައްޔާރުވެއްޖެއެވެ. މި އިންސްޕެކްޝަންތައް ކުރިއަށް ގެންދިޔައީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި ހެލްތު މިނިސްޓްރީ ހިމެނޭ ޓީމަކުން ދުބާއީގަ އެވެ. މި އިންސްޕެކްޝަންތަކުގައި، ރާއްޖެއަށް ގެނައުމަށް ހަމަޖެހިފައިވާ އެމްބިއުލަންސްތަކުގެ ފެންވަރާއި، ބޭނުންވާ މިންގަނޑުތަކަށް ފެތޭތޯ ބަލާފައިވާ ކަމަށް އެމްޕީއެލުން މައުލޫމާތުދެއެވެ. އެއާއެކު އެ 18 އެމްބިއުލާންސްގެ ބެޗު ރާއްޖެއަށް ގެނައުމަށް ތައްޔާރުވެފައިވާ ކަމަށް އެމްޕީއެލް އިން ވަނީ […]
ރިސޯޓްތަކުން ބޭނުންކުރުމަށްފަހު އުކާލާ ތެޔޮ ބޭނުންކުރާނަމަ ފިޔަވަޅު އަޅާނެކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނެފި އެވެ. އެމްއެފްޑީއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ބައެއް ފަރާތްތަކުން ކާބޯތަކެތި ތައްޔާރުކުރުމަށް ރިސޯޓް ފަދަ ތަންތަނުން އުކާލާ ކައްކާ ތެޔޮ ބޭނުންކޮށް، ވިއްކާކަމުގެ ޝަކުވާ ލިބިފައިވާކަމަށެވެ. އެކަން އެގޮތަށް ކުރުމަކީ މަނާކަމެއްކަމަށާއި، އާންމު ސިއްހަތަށް ނުރައްކާވެދާނެ ފަދަ ކަމެއްކަމަށް 2018 ވަނަ އަހަރު އެ އޮތޯރިޓީން އަންގާފައިވާކަން އެމްއެފްޑީއޭއިން ފާހަގަކޮށްފައި ވެއެވެ. ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގައި ބަޔާންކުރާ […]
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން ކުރިއަށްގެންދިޔަ ޕޮންޒީ ސްކީމްގެ ތެރެއިން ގެއްލުން ލިބުނު މީހުންނަށް ބަދަލުދިނުމުން ދައުވާނުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމަވައިފިއެވެ. މި މައްސަލާގައި މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދައި، އެފައިސާ ލޯންޑަރކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ދައުވާކުރީ އަލްހާންގެ އިތުރުން އޭނަގެ ދެ ކޮއްކޮ، ސަހުބާން ފަހުމީ އަދި ޝަޒްބާން ފަހުމީގެ މައްޗަށެވެ. ޕީޖީ އޮފީހުން ބުނީ، އެ ތިން މީހުންގެ […]
އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެންމެ ބޮޑު ދެ ވަގުފް މަޝްރޫއުއަށް އިންވެސްޓްކުރުމަށް ބޭންކް އޮފް މޯލްޑިވްސްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ. ބީއެމްއެލްއިން ރިއަލް އެސްޓޭޓް ފައިނޭންސިން ހަމަޖެއްސުމަށް ނިންމާފައިވަނީ، ދާރުއްސަލާމް އަދި ދާރުލް އަރްގަމް މަޝްރޫއުއަށެވެ. މިކަމަށްޓަކައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިއަދު ހެނދުނު ކުރިއަށްދިޔަ ހާއްސަ ރަސްމިއްޔާތެއްގައި މިިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ. އަދި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ […]
ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް، ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް މިއަދު އައްޔަންކުރައްވައިފިއެވެ. މިއަދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ހުސްނީ މުބާރިކް ވަނީ ޖޭއެސްސީގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިގުރާރުގައި ސޮއިކުރައްވާފައެވެ. ހުސްނީ މުބާރިކަށް މެންބަރުކަމުގެ ހުވައިލައިދެއްވީ، ރާއްޖޭގެ ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަލްއުސްތާޒު އަލީ ރަޝީދު ހުސައިނެވެ. މި ރަސްމިއްޔާތުގައި ރައީސް ވަނީ، ޖޭއެސްސީގެ މެންބަރުކަމަށް އައްޔަންކުރެއްވިކަމުގެ ލިޔުން ހުސްނީ މުބާރިކާއި ހަވާލުކޮށްދެއްވާފައެވެ. ޖޭއެސްސީގެ މެންބަރުކަމަށް ހުސްނީ މުބާރިކް […]
ބޭންކް އޮފް މޯލްޑިވްސްއިން “ދިވެހީންގެ ބޭންކް – މުޅި ރާއްޖެއަށް” ކެމްޕޭނު މިއަދު އިފްތިތާހުކޮށްފިއެވެ. މި ކެމްޕޭނަކީ ރައްޔިތުންނަށް އެކި ގޮތްގޮތުން އެހީތެރިވެ، ގައުމުގެ އިގްތިސާދު ކުރިއަރުވައި ހަރުދަނާކުރުމުގައި އަދާކުރަމުންދާ މުހިންމު ދައުރު އިތުރަށް ފުޅާކުރުމުގެ ގޮތުން ހިންގާ ކެމްޕޭނެކެވެ. މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި މި ކެމްޕޭނު އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ. މި ރަސްމިއްޔާތުގައި ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފު ވަނީ 1982 ވަނަ އަހަރު ބޭންކް އުފެއްދުމުގެ […]
ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ގޯތި ލިބިލައްވާފައިވާ ފަރާތްތަކަށް އައު ރަޖިސްޓަރީ އަދި އެގްރީމަންޓްގައި ސޮއިކުރުމަށް ފަހު ފުރުސަތު ދީފި އެވެ. ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، ގުޅީ ފަޅުން ގޯތި ލިބުނު މީހުން އެގްރިމެންޓްގައި ސޮއިކުރުމަށް ދިގު މުއްދަތެއް ދިންކަމަށެވެ. ނަމަވެސް އެމުއްދަތުގެ ތެރޭގައި އެއްބަސްވުމުގައި ސޮއިކޮށްފައި ނުވާ ފަރާތްތަކަށް އެފުރުސަތު އަލުން ދިނުމަށް، ހިޔާވަހި ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމަންޓް ހެދުމަށް ހުޅުވާލި ފުރުސަތު 6 ނޮވެމްބަރުގެ ނިޔަލަށް އިތުރުކޮށްފައިވާކަމަށް މިނިސްޓްރީން ވަނީ ބުނެފަ […]
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މަލްޓިކަރަންސީ ޑިޖިޓަލް ވޮލެޓް ‘ސްވައިޕް’ މިއަދު ތައާރަފްކޮށްފި އެވެ. މިއީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ފަސޭހަކަމާއެކު، އަވަހަށް އަދި ރައްކާތެރިކަމާއެކު ފައިސާގެ މުއާމަލާތް ކުރެވޭނެ މަލްޓިކަރަންސީ ޑިޖިޓަލް ވޮލެޓެކެވެ. ސްވައިޕްއަކީ ދިވެހީން އުފައްދައި ތަރައްގީކޮށްފައިވާ 100 އިންސައްތަ ދިވެހި އުފެއްދުމެކެވެ. މި ޑިޖިޓަލް ވޮލެޓަކީ، ދުނިޔޭގެ ޑިޖިޓަލް މާލީ ބާޒާރުގައި ރާއްޖެއާއި ރާއްޖޭގެ ފިންޓެކްގެ ހުނަރުވެރިކަން ދައްކުވައިދޭނެ އުފެއްދުމެއްކަމަށް ބޭންކުން ބުނެ އެވެ. ސްވައިޕް ޑިޖިޓަލް ވޮލެޓް އެޕް ބޭނުންކޮށްގެން، ކަސްޓަމަރުންނަށް […]
ގަވައިދާ ހިލާފަށް ރާއްޖެއަށް ސިނގިރޭޓް އެތެރެކުރަން އެހީތެރިވި މައްސަލައާއި ގުޅިގެން މޯލްޑިވްސް ކަސްޓަމްސްގެ ދެ ޑެޕިއުޓީ ކޮމިޝަނަރުން މިއަދު ވަޒީފާއިން ވަކިކޮށްފި އެވެ. މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޕޯސްޓެއްގައެވެ. ރައީސް ވިދާޅުވީ، އެ ދެމީހުން ވަކިކޮށްފައިވަނީ ހޯކްސް ކުންފުނީގެ ތެޔޮ ބޯޓެއްގައި ވަގަށް ސިނގިރޭޓް އެތެރެކޮށްފައިވާ މައްސަލައާއި، ބޮންޑެޑް ވެއަރހައުސްއެއްގައި ހުރި ސިނގިރޭޓްތަކެއް ކަސްޓަމްސްއަށް ނޭނގި ނެރެފައިވާ މައްސަލައާ ގުޅިގެންކަމަށެވެ. މި މައްސަލަތަކާއި ގުޅިގެން ވަކިކުރުމަށް ނިންމާފައިވަނީ ޑެޕިޔުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސް […]










