ޙަބަރު

މިލިޓަރީ ޑިސްޕްލޭގެ ރިހާސަލަށް މާލޭގެ ބައެއް މަގުތައް ބަންދުކޮށްފި

Hafeez

1 މިނިޓު
މިލިޓަރީ ޑިސްޕްލޭގެ ރިހާސަލަށް މާލޭގެ ބައެއް މަގުތައް ބަންދުކޮށްފި

މިލިޓަރީ ޑިސްޕްލޭގެ ރިހާސަލަށް މާލޭގެ ބައެއް މަގުތައް ބަންދުކޮށްފިއެވެ.

ފުލުހުން ބުނީ ނަސްރުގެ ދުވަހު ބާއްވާ މިލިޓަރީ ޑިސްޕްލޭގެ ރިހާސަލްތަކަށް، މިއަދުން ފެށިގެން ނޮވެމްބަރު މަހުގެ ދެވަނަ ދުވަހަށް ކޮންމެ ދުވަހެއްގެ 15:30 އިން 18:00 އަށް ބައެއް މަގުތައް ބަންދުވާނެ ކަމަށެވެ. އަދި ރޭގަނޑު 23:00 ފެށިގެން ރިހާސަލް ނިމެންދެން ޓްފެކް ފްލޯއަށް ބަދަލު ގެނެސްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުން މިއަދު ކުރި ޕޯސްޓެގައި ވަނީ ބަންދުކޮށްފައިވާ މަގުތަކުގެ ޗާޓު އާންމުކޮށްފައެވެ. އެ ޗާޓުގައިވާ ގޮތުން، އެއްގަމު އުޅަނދު ފަހަރަށް، ބޮޑުތަކުރުފާނު މަގުން މަސް މާރުކޭޓާ ހިސާބުން ފެށިގެން ބީއެމްއެލް ހެޑް އޮފީހާ ހަމައަށް ބަންދުވާނެއެވެ.

އަދި އޯކިޑް މަގުގެ އެސްޓީއޯ ޕީޕަލްސް ޗޮއިސްއާ ހިސާބުން ފެށިގެން އަމީރު އަހުމަދު މަގުން ރައީސް އޮފީހާ ހަމައަށް އެ މަގު ބަންދުވާނެއެވެ.

ޗާންދަނީ މަގުގެ ސީގަލް ކަންމަތިން ފެށިގެން ޖުމްހޫރީ މައިދާނާ ހަމައަށް ވެސް ބަންދުވާނެ ކަމަށް ޗާޓްގައިވެއެވެ.

ޗާންދަނީ މަގު ޖުމްހޫރީ މައިދާނާ ހިސާބުން ފެށިގެން ރައީސް އޮފީހާ ހަމައަށް ވަށައިގެން އޮންނަ ސަރަހައްދަށް ރިހާސަލް ކުރިއަށްދާ ގަޑިތަކުގައި އާންމުން ވަނުން ވެސް ވަނީ މަނާކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

ޝެއާ

ކޮމެންޓު