ޙަބަރު

ކުރެންދޫ ބަދަރު ތަރައްގީކުރުމުގެ މަސައްކަތް ފަށައިފި

މަރިޔަމް ލީން

1 މިނިޓު
ކުރެންދޫ ބަދަރު ތަރައްގީކުރުމުގެ މަސައްކަތް ފަށައިފި

ޅ. ކުރެންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ޅ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުރެންދޫއަށް ކުރެއްވި ޒިޔާރަތުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި ކުރެންދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ފަށްޓަވައިދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.އަބްދުﷲ މުއްތަލިބެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިޔަށްގެންދާ މި މަޝްރޫއުގެ ދަށުން، 36،363 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 63 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާ އެކު 415 މީޓަރުގެ ސަަރަހައްދެއްގައި ބޭރުތޮށި ލާނެ އެވެ. އަދި 243 މީޓަރުގެ ދިގު ދެ މީޓަރުގެ ފުޅާ އާރްސީ ޖެޓީއެއް ހެދުމުގެ އިތުރުން 60 މީޓަރުގެ ދިގު ދެ މީޓަރުގެ ފުޅާ އާރްސީ ޖެޓީއެއް ހެދުމުގެ މަސައްކަތް ކުރާނެ އެވެ.

މިއީ 53 މިލިއަން ރުފިޔާއަށް 450 ދުވަސް ތެރޭގައި ނިންމާ ގޮތަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

ޝެއާ

ކޮމެންޓު