އައްޑޫ ސިޓީގެ ހުޅުދޫ އާއި މީދޫ ރައްޔިތުން ބޭނުންވަނީ، ސިޓީ ކައުންސިލުން ވަކިވެ، އެ ދެރަށް ވަކި ދެ ކައުންސިލެއްކަމަށާއި، ފޭދޫން ބޭނުން ވަނީ މިހާރު އޮތް ގޮތަށް ސިޓީ ކައުންސިލާއެކު އޮތުމަށްކަމަށް މިއަދު ނެގި ހިޔާލު ހޯދުމުގެ ވޯޓުގެ ވަގުތީ ނަތީޖާއިން ދައްކައިފި އެވެ. އާންމު ވޯޓުގައި ރައްޔިތުންގެ ހިޔާލު ހޯދާފައިވަނީ، އައްޑޫ ފޭދޫ، އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫގެ ނަމުގައި ކައުންސިލްތައް އުފައްދަން ފެނޭތޯ ބެލުމަށާއި، އައްޑޫ ހުޅުދޫ އާއި އައްޑޫ މީދޫ، […]
ފަހުގެ
ފުޓުބޯޅަ އިތުރަށް ކުރިއަރުވަން މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ދެއްވައިފި އެވެ. ރައީސް މިހެން ވިދާޅުވީ، އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އެސޯސިއޭޝަން ފުޓްބޯލް (ފީފާ) ގެ ރައީސް ޖިއަނީ އިންފަންޓީނޯއަށް ރާއްޖެއިން ކީ މަރުހަބާއަށް ޝުކުރު އަދާކުރައްވާ ކުރެއްވި ޕޯސްޓެއްގަ އެވެ. ރައީސް ވަނީ ރާއްޖޭގައި ފުޓުބޯޅަ ފުޅާކުރުމަށް ފީފާއިން ކެނޑިނޭޅި ފޯރުކޮށްދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި، ފުޓުބޯޅަ އިތުރަށް ކުރިއެރުވުމަށް ހާއްސަ އަހައްމިއްޔަތެއް ދެއްވާނޭކަން ތަކުރާރުކުރައްވާފައެވެ. އެގޮތުން، ހުކުރު ދުވަހު ބޭއްވި […]
މިހާރު ކުރިޔަށްދާ، އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގައި، ދޭއް ޖެހުމާއި ހަމައަށް ވޯޓުލީ 21 އިންސައްތަ މީހުންކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ. އާންމު ވޯޓުގައި ރައްޔިތުންގެ ހިޔާލު ހޯދަނީ، އައްޑޫ ފޭދޫ، އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫގެ ނަމުގައި ކައުންސިލްތައް އުފައްދަން ފެނޭތޯ ބެލުމަށާއި، އައްޑޫ ހުޅުދޫ އާއި އައްޑޫ މީދޫ، އެއް ރަށު ކައުންސިލެއްގެ ދަށުން ހިންގުމަށްޓަކައި، އައްޑޫ ހުޅުމީދޫ ކައުންސިލް އުފައްދަން ފެނޭތޯ […]
އާމްދަނީ އާއި ހިލޭ އެހީ 8 އިންސައްތަ އިތުރުވެ، ދައުލަތަށް 30 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ. ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ، ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓްގައިވާގޮތުން މިދިޔަ ހަފްތާގެ ނިޔަލަށް ޖުމުލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 30.7 ބިލިއަން ރުފިޔާ ލިބިފައި ވެއެވެ. އެއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 8.5 އިންސައްތަ އިތުރު އަދަދެކެވެ. ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 23 ބިލިއަން ރުފިޔާ އެވެ. މިއާއެކު މިއަހަރުގެ […]
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އައު ފަސިންޖަރު ޓާމިނަލުން ޗައިނާގެ ޗޮންޗިން އެއާލައިނަށް ހިދުމަތް ދޭން ފަށައިފިއެވެ. އައު ޓާމިނަލުން ޗޮންޗިން އެއާލައިނަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއޭސީއެލްގެ ބޯޑް ޑިރެކްޓަރު އިބްރާހިމް މަހުދީއެވެ. މި ރަސްމިއްޔާތުގައި ވިލާ ޓްރެވަލްސްގެ އެއާޕޯޓް ސްޓޭޝަން މެނޭޖަރު މުހައްމަދު ފައްޔާޒު އަދި އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ. މިއަދުގެ ރަސްމިއްޔާތުގައި ޗޮންޗިން އެއާލައިންގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި, […]
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އައު ފަސިންޖަރު ޓާމިނަލުން ބްރިޓިޝް އެއާވޭސް އަށް ހިދުމަތް ދޭން ފަށައިފިއެވެ. އައު ޓާމިނަލުން ބްރިޓިޝް އެއާވޭސްއަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެކްޓިން ހައިކޮމިޝަނަރު މުހައްމަދު ތައުފީގު ވައްހާބް އެވެ. މި ރަސްމިއްޔާތުގައި ބްރިޓިޝް އެއާވޭސްގެ އެއާޕޯޓް މެނޭޖަރު މުހައްމަދު ނިހާން އަދި އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ. މިއަދުގެ ރަސްމިއްޔާތުގައި ބްރިޓިޝް އެއާވޭސްގެ […]
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިސްނަގައިގެން، ދުނިޔޭގެ ފުޓުބޯޅައިގެ މައި ޖަމްއިއްޔާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއެކު ކިޑްސް ފުޓްބޯލް ފެސްޓިވަލްގައި ހާއްސަ އެގްޒިބިޝަން މެޗެއް ބާއްވައިފި އެވެ. ގައުމީ ފުޓުބޯޅަ ދަނޑުގައި އިއްޔެ ހަވީރު ބޭއްވި މި ފެސްޓިވަލްގައި ރައީސް ޑރ މުހައްމަދު މުއިއްޒުވެސް ވަނީ ބައިވެރިވެވަޑައި ގެންފައެވެ. މި ފެސްޓިވަލްގައި އިންފަންޓީނޯ އައީ ރައީސް މުއިއްޒު ބައިވެރިވަޑައިގެންނެވި ހާއްސަ ފުޓުބޯޅަ މެޗެއް ވަނީ ކުރިއަށްގެންގޮސްފަ އެވެ. މި މެޗުގައި ނައިބު ރައީސް […]
އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް ވޯޓުލުން ފަށައިފި އެވެ. މި ވޯޓުގައި ޖުމްލަ 18 ވޯޓު ފޮއްޓެއް ބަހައްޓާފައި ވެއެވެ. އެއީ، ފޭދޫގައި 5 ވޯޓު ފޮށި، ހުޅުދޫގައި 3 ފޮށި، މީދޫގައި 3 ފޮށި އަދި މާލޭގައި 7 ފޮއްޓެވެ. ވޯޓްލުން ކުރިޔަށްދާނީ މިއަދު ހަވީރު 4:00 އަށެެވެ. ވޯޓު ފޮށިތައް ބަންދުކުރާތާ 30 މިނެޓްފަހުން ވޯޓު ގުނައި، ކޮންމެ މަރުކަޒެއްގައިވެސް އެ މަރުކަޒެއްގެ ވަގުތީ ނަތީޖާ އިއުލާން […]
ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ 11 މުވައްޒަފުން، މެލޭޝިއާގެ އިންސީފް ޔުނިވަރސިޓީގައި ކުރިއަށްދާ، ޕްރޮފެޝަނަލް ސެޓްފިކެޓް އިން އިސްލާމިކް ފައިނޭންސް (ޕީ.ސީ.އައި.އެފް) ޕްރޮގްރާމްގެ،އަމަލީ ބައިގައި ބައިވެރިވުމަށް މެލޭޝިއާއަށް ފުރައިފިއެވެ. މި ތަމްރީނަކީ، ޒަކާތު މެނޭޖްމަންޓްގެ ދާއިރާގައި ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް، ޒަކާތު ހައުސްގެ މުވައްޒަފުންގެ ޕްރޮފެޝަނަލް ގާބިލުކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްގެންދާ ތަމްރީނެކެވެ. ޕީސީއައިއެފް ކޯސް މައިގަނޑު ގޮތެއްގައި ބިނާވެގެން ވަނީ ޒަކާތުގެ ނިޒާމު ތަރައްގީކުރުމާއި، ޒަކާތު މެނޭޖްމަންޓް އޮނިގަނޑުތަކާއި، ޒަކާތުގެ އިދާރީ ކަންކަން ހަރުދަނާކުރުމުގެ […]
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސްގެ މަގާމަށް މުހައްމަދު ފަރުޝަތު އައްޔަންކުރަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ރުހުން ދީފި އެވެ. ފަރުޝަތު ވަނީ މީގެކުރިން މީޑިއާ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްކަން ކުރައްވާފަ އެވެ. އަދި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) މެމްބަރުކަންވެސް ކުރައްވާފައި ވެއެވެ. މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ނިންމީ، މީޑިއާ ކޮމިޝަންގެ ރައީސްކަމުގެ މަގާމަށް އެންމެ ގާބިލު ބޭފުޅަކީ ފަރުޝަތުކަމަށެވެ. މިގޮތަށް ނިންމާފައިވަނީ، […]
ވައިގަދަވާނެކަމަށް ލަފާކޮށް، މެޓް އޮފީހުން ނެރުނު ޔެލޯ އެލާޓް ދަންމާލައިފި އެވެ. މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން ތ އަތޮޅުގެ ނިޔަލަށެވެ. މި ސަރަހަށްދުތަކަށް އެންމެ ފުރަތަމަ އެލާޓް ނެރުނީ މިއަދު މެންދުރުފަހު 13:30 ގެ ނިޔަލަށެވެ. މެޓް އޮފީހުން ޔެލޯ އެލާޓް ދަންމާލާފައިވަނީ ހަވީރު 5:30 ގެ ނިޔަލަށެވެ. މެޓް އޮފީހުން ބުނީ، މި ސަރަހަށްދުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް […]
އަންނަ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިފި އެވެ. އެދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވިކަން ހާމަކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުނު ދެންނެވުމުގަ އެވެ. އަންނަ މަހުގެ ދެވަނަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ، ނަސްރުގެ ދުވަހަކީ ސަރުކާރު ބަންދު ދުވަހަކަށް ވުމުން މެދުކެނޑުމެއްނައިސް، މުވައްޒަފުންނަށް ޗުއްޓީ ލިބޭގޮތަށް ހަމަޖެއްސުމަށެވެ. މިއާއެކު މިމަހުގެ 31 އިން ފެށިގެން ނޮވެންބަރު ދެވަނަ ދުވަހާ ހަމައަށް 4 ދުވަހުގެ ޗުއްޓީއެއް […]











