ޙަބަރު

ހުޅުދޫ އާއި މީދޫ ގައި މިރޭ ހަވާ އަރުވަނީ

Hafeez

1 މިނިޓު
USA america united states new year or Independence Day celebration holiday background greeting card – Blue red white firework on dark night sky
USA america united states new year or Independence Day celebration holiday background greeting card – Blue red white firework on dark night sky

އައްޑޫ ސިޓީގައި އިއްޔެ ނެގި ހިޔާލު ހޯދުމުގެ ވޯޓުގައި އެ އަތޮޅު ހުޅުދޫ އަދި މީދޫ، ސިޓީ އިން ވަކިވެ ރަށު ކައުންސިލު ހެދުމަށް ނިންމުމާއި ގުޅިގެން އެ ދެ ރަށުގައި އުފާފާޅުކުރުމުގެ ގޮތުން މިރޭ ހަވާ އަރުވަން ނިންމައިފިއެވެ.

ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދާއި މީދޫ ދާއިރާގެ މެންބަރު އަބްދުއްރަހްމާން ގުޅިގެން ބާއްވާ މި ހަރަކާތް އޮންނާނީ މިރޭ 20:30 ގައި ހުޅުމީދޫ މެދު ބަނދަރުގައެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި، ވަކި ކައުންސިލެއް ހަދަން ފެންނަ ކަމަށް މީދޫން 847 މީހަކު ވޯޓުދިންއިރު ނުފެންނަ ކަމަށް 144 މީހަކު ވޯޓުދިނެވެ. އަދި، ހުޅުދޫގައި ވަކި ކައުންސިލެއް ހަދަން 623 މީހަކު ވޯޓުދިންއިރު ނުފެންނަ ކަމަށް ވޯޓުދިނީ 329 މީހުންނެވެ.

ފޭދޫ އިން ވަކި ކައުންސިލެއް ހަދަން ނުފެންނަކަމަށް ނިންމާފައިވާއިރު، ފޭދޫން ނުފެންނަ ކަމަށް 1،784 މީހަކު ވޯޓުދިނެވެ. އަދި ފެންނަކަމަށް ވޯޓު ދިނީ 616 މީހަކެވެ.

ޝެއާ

ކޮމެންޓު