މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ބަނދަރު ކައިރިން ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ހާދިސާގައި އެކްސްކެވޭޓަރު އެރުވުމަށް ކޮންސައިނީ (މުދާ އެތެރެކުރި ފަރާތް) ހަމަޖެއްސި ލޭންޑިންގ ކްރާފްޓް ދުއްވަން އިނީ ލައިސެންސް ނެތް މީހެއްކަމަށް އެމްޕީއެލްއިން ބުނެފި އެވެ. މި މަހުގެ ދެވަނަ ދުވަހު ލޭންޑިންގ ކްރާފްޓަކަށް ދެ އެކްސްކަވޭޓަރު ބަރުކުރުމުގެ ތެރޭގައި، ލޭންޑިންގ ކްރާފްޓް ބަންޑުން ޖަހާލައި ހިނގި ހާދިސާގައި އެމްޕީއެލްގެ ދެ މުވައްޒަފަކު ވަނީ ނިޔާވެފަ އެވެ. މި ހާދިސާއާ ގުޅިގެން އެމްޕީއެލްއިން ވަނީ އެތެރޭގެ ތަހުގީގެއް ފަށާފަ […]
ފަހުގެ
އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ ފެސިލިޓީތައް ބީއެމްއެލް މޯބައިލް އެޕްލިކޭޝަންއާއި ގުޅުވާލައި އެސްޑީއެފްސީގެ ފެސިލިޓީތަކަށް ބީއެމްއެލް މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ފައިސާ ދެއްކޭނެ މަގުފަހިކޮށްދީފިއެވެ. މަރުޙަލާތަކަކަށް ބަހާލައިގެން ފަށާފައިވާ މި އިންޓަގްރޭޝަނާއިއެކު، އެސްޑީއެފްސީގެ ކަސްޓަމަރުންނަށް އެފަރާތްތަކުގެ ފެސިލިޓީގެ މައުލޫމާތު ފަސޭހައިން ބެލުމާއި، ބީއެމްއެލް އެޕްގައި ހިމެނޭ ބިލްޕޭ ފީޗަރ މެދުވެރިކޮށް ފެސިލިޓީއަށް ފައިސާ ދެއްކުމުގެ ހިދުމަތް މިހާރު ލިބޭނެ އެވެ. މި ހިދުމަތުގެ ސަބަބުން ވިޔަފާރިތަކަށް ފަސޭހަ އަދި ރައްކާތެރިގޮތެއްގައި މާލީ މުއާމަލާތް ކުރުމުގެ […]
ރިސޯޓުތަކުގައި ބޭނުންކޮށް އުކައިލާ ތެޔޮ ވިއްކި ކަމުގެ ތުހުމަތުގައި ހުޅުމާލޭން ބަޔަކު ރޭ ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ އެ މީހުން ހައްޔަރުކޮށްފައިވަނީ އެމްޕީއެލް ކޮންޓެއިނަރ ޖެޓީ ސަރަހައްދުގައި އޮތް ޑިންގީއަކުން ތެޔޮ ހަންތަކެއް ބާލައި ޕިކަޕަކަށް އަރުވަމުންދާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަންގައިކަމަށެވެ. މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝް ފަސް މީހުންނެވެ. މި މީހުން ހައްޔަރުކޮށް، ދޯންޏަކާއި ޑިންގީއަކާއި ޕިކަޕެއް ބަލައިފާސްކުރިއިރު ރިސޯޓުތަކުގައި ބޭނުންކޮށްފައިހުރި 46 ހަން ތެޔޮ ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ. […]
ސަރުކާރުން ބޭނުންވަނީ، ވީހާވެސް ގިނަ މަޝްރޫއުތައް އަމިއްލަ ފަރާތްތަކާ ހަވާލުކޮށް، ރައްޔިތުން މުއްސަނދިކުރުވަންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެެވެ. ރައީސް މިފަދައިން ވިދާޅުވީ، ތަރައްގީގެ މަޝްރޫއުތައް ޕްރައިވެޓް ކޮންޓްރެކްޓަރުންނާ ހަވާލުކުރުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި، އެކިއެކި ދާއިރާތަކުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 206 މަޝްރޫއުއެއް ކުރިޔަށްގެންދިޔުމަށް އަމިއްލަ ކުންފުނިތަކާ ހަވާލުކުރި އެވެ. އެގޮތުން ޖުމްލަ ނުވަ ދާއިރާއަކުން މަޝްރޫއުތައް ކުރިޔަށްގެންދަން ތަފާތު 53 ކުންފުންޏަކާ ވަނީ ހަވާލުކޮށްފަ އެވެ. ރައީސް […]
އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން އަންހެނުންގެ ވިޔަފާރި ދާއިރާ ކުރިއެރުވުމަށް ހާއްސަކޮށް ފަރުމާކޮށްފައިވާ އައު ފައިނޭންސިންގ ސްކީމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. މި ފައިނޭންސިން ސްކީމްގެ މައިގަނޑު މަގުސަދަކީ އަންހެނުން ވިޔަފާރީގެ މައިދާނަށް ނުކުތުމަށް ހިތްވަރުދީ، ވިޔަފާރިވެރި އަންހެނުންނަށް ލުއިފަސޭހަ ގޮތެއްގައި މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ. އަދި، އަންހެނުން އިގްތިސާދީގޮތުން ބާރުވެރިކުރުވައި، މާލީ މިނިވަންކަން އިތުރުކޮށް، އަންހެނުން ހިންގާ ވިޔަފާރިތަކުގެ ކުރިއެރުން ކަށަވަރުކުރުމަށް މަގުފަހިކުރުމެވެ. މި ސްކީމުގެ ދަށުން ވިޔަފާރި މުޅިން […]
ތަރައްގީގެ ގިނަ މަޝްރޫއުތަކެއް އަމިއްލަ ކުންފުނިތަކާއި ހަވާލުކުރެވުމަކީ، މަސައްކަތްތެރި ޒުވާން ޖީލެއް ބިނާކުރުމަށް އެޅިގެންދިޔަ ބިންގަލެއްކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ. އެކިއެކި ދާއިރާތަކުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 206 މަޝްރޫއުއެއް ކުރިޔަށްގެންދިޔުމަށް އަމިއްލަ ކުންފުނިތަކާ މިއަދު ވަނީ ހަވާލުކޮށްފަ އެވެ. އެގޮތުން ޖުމްލަ ނުވަ ދާއިރާއަކުން މަޝްރޫއުތައް ކުރިޔަށްގެންދަން ތަފާތު 53 ކުންފުންޏަކާ ވަނީ ހަވާލުކޮށްފަ އެވެ. މިކަމަށް ހާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ، މި މަޝްރޫއުތަަށް، ސަރުކާރުން […]
އެކިއެކި ދާއިރާތަކުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 206 މަޝްރޫއުއެއް ކުރިޔަށްގެންދިޔުމަށް އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްފި އެވެ. ތަރައްގީގެ މަޝްރޫއުތައް ޕްރައިވެޓް ކޮންޓްރެކްޓަރުންނާ ހަވާލުކުރުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ޖުމްލަ ނުވަ ދާއިރާއަކުން މަޝްރޫއުތައް ހަވާލުކޮށްފައި ވެއެވެ. އޭގެތެރޭގައި ތައުލީމީ، ސިއްހީ، ކުޅިވަރު އަދި ތިމާވެއްޓާއި ދީން ފަދަ މުހިންމު ދާއިރާތައް ހިމެނެއެވެ. އެގޮތުން: • ކުޅިވަރުގެ ދާއިރާ: 52 މަޝްރޫއު • ދާހިލީ ދާއިރާ: 39 މަޝްރޫއު • ތައުލީމީ ދާއިރާ: 31 މަޝްރޫއު • […]
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އައު ކަސްޓަމާ ސާވިސް ސެންޓަރެއް އައްޑޫ ސިޓީ ހިތަދޫގައި ރޭ ހުޅުވައިފިއެވެ. މި ކަސްޓަމާ ސާވިސް ސެންޓަރު ހުޅުވާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ބޭންކިން ވިއުގަ ފުޅާކުރުމަށް މަސައްކަތް ކުރަމުންދާއިރު، ކަސްޓަމަރުންނާ އޮންނަ ގާތް ގުޅުން އިތުރަށް ވަރުގަދަކުރަން މުހިންމު އަހުމިއްޔަތުކަމެއް ދޭ ކަމަށާއި އައްޑޫގައި ހިދުމަތް ފުޅާކުރުމަކީ ކަސްޓަމަރުން ބޭނުންވާފަދަ […]
ފުވައްމުލަކާއި އައްޑޫއަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ޑރ މުހައްމަދު މުއިއްޒު، މާލެ ވަޑައިގަންނަވައިފިއެވެ. ރައީސްގެ މި ދަތުރުފުޅުގައި ވަނީ، ފުވައްމުލަކާއި އައްޑޫގެ ސިޓީ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، ސަރަހައްދީ ތަރައްގީއަށް ރައްޔިތުން ދެކޭ ތަސައްވުރު އޮޅުންފިލުއްވާފަ އެވެ. މި ދަތުރުފުޅުގައި ފުވައްމުލަކުގައި ވަނީ، ތައުލީމާއި، ސިއްހަތާއި، ބޯހިޔާވަހިކަމާއި، ދަތުރުފަތުރު ފަދަ ތަފާތު ދާއިރާތަކުން ހިންގަވަން ނިންމަވާފައިވާ މަޝްރޫޢުތަކުގެ އަމަލީ މަސައްކަތުގެ އެކި މަރުޙަލާތައް ފައްޓަވާފަ […]
އައްޑޫ ހުޅުދޫ އާއި މީދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް އިތުރުކުރާ އިމާރާތުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި އެވެ. އެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ހުޅުދޫ-މީދޫ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައެވެ. މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމެވެ. އަދި މި މަސައްކަތް ހަވާލުކޮށްފައިވާ ގްލެޓް އިންވެސްޓްމެންޓްގެ ފަރާތުން ސޮއިކުރީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝިޔާމެވެ. ހުޅުދޫ-މީދޫ […]
އެމްއެންޑީއެފްގެ ފުރަތަމަ ވައިގެ މަރުކަޒު ރައީސް ޑރ. މުހައްމަދު މުއިއްޒު އިފްތިތާޙުކޮށްދެއްވައިފި އެވެ. ގަން އެއާ ސްޓޭޝަންގެ ނަމުން ނަން ދީފައިވާ މި ވައިގެ މަރުކަޒު އިފްތިތާހުކޮށްދެއްވީ އައްޑޫއަށް ރައީސް އިއްޔެ ކުރެއްވި ދަތުރުފުގެ ތެރެއިންނެެވެ. މިދިޔަ ހޯމަ ދުވަހު ރައީސް މުއިއްޒު ވަނީ ގާނޫނުއަސާސީ އާއި ސިފައިންގެ ގާނޫނުގެ ދަށުން ސިފައިންގެ އެންމެ މަތީވެރިޔާގެ ހައިސިއްޔަތުން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ބާރާއި އިހުތިޔާރުގެ ދަށުން އެމްއެންޑީއެފްގެ އެއާ ކޯގެ ފުރަތަމަ ސްޓޭޝަންގެ އޮޕަރޭޝަން ފެށުމަށް އަންގަވައިފަ އެވެ. […]
ސ. އަތޮޅު ސްކޫލުގައި އޮފީސް އިމާރާތެއް އެޅުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފި އެވެ. މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޑޫއަށް ކުރެއްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ހުޅުމީދޫގައި ހުންނަ އެ ސްކޫލުގައި އޮފީސް އިމާރާތެއް އެޅުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން ސައީދު މުހައްމަދެވެ.އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ […]










