ޙަބަރު

އެކި ދާއިރާތަކުން އަމިއްލަ ކުންފުނިތަކަށް 206 މަޝްރޫއުއެއް

މަރިޔަމް ލީން

1 މިނިޓު
އެކި ދާއިރާތަކުން އަމިއްލަ ކުންފުނިތަކަށް 206 މަޝްރޫއުއެއް

އެކިއެކި ދާއިރާތަކުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 206 މަޝްރޫއުއެއް ކުރިޔަށްގެންދިޔުމަށް އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްފި އެވެ.

ތަރައްގީގެ މަޝްރޫއުތައް ޕްރައިވެޓް ކޮންޓްރެކްޓަރުންނާ ހަވާލުކުރުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ޖުމްލަ ނުވަ ދާއިރާއަކުން މަޝްރޫއުތައް ހަވާލުކޮށްފައި ވެއެވެ. އޭގެތެރޭގައި ތައުލީމީ، ސިއްހީ، ކުޅިވަރު އަދި ތިމާވެއްޓާއި ދީން ފަދަ މުހިންމު ދާއިރާތައް ހިމެނެއެވެ. އެގޮތުން:

• ކުޅިވަރުގެ ދާއިރާ: 52 މަޝްރޫއު

• ދާހިލީ ދާއިރާ: 39 މަޝްރޫއު

• ތައުލީމީ ދާއިރާ: 31 މަޝްރޫއު
• ސިއްހީ ދާއިރާ: 30 މަޝްރޫއު
• ތިމާވެށީގެ ދާއިރާ: 24 މަޝްރޫއު

• ދީނީ ދާއިރާ: 14 މަޝްރޫއު

• ގެދޮރުވެރިކަމާއި ބިނާވެށީގެ ދާއިރާ: 13 މަޝްރޫއު
• މަސްވެރިކަމުގެ ދާއިރާ: 2 މަޝްރޫއު
• ޒުވާނުންގެ ދާއިރާ: 1 މަޝްރޫއު

މިމަޝްރޫއުތައް ހަވާލުކޮށްފައިވަނީ، ތަފާތު 53 ކުންފުންޏަކަށެވެ.

އަމިއްލަ ކުންފުނިތަކަށް ގިނަ އަދަދެއްގެ މަޝްރޫއުތަކެއް ހަވާލުކުރާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ މިދިޔަ މަހުގެ 21 ވަނަ ދުވަހު ލ. ގަމުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ، މީގެ ސަބަބުން އެތައް ކުންފުންޏަކަށް ފައިސާ ލިބޭނެ ގޮތް ހަމަޖެހި، ދިވެހި އެތައް އާއިލާއަކަށް ތަނަވަސްކަން ލިބުމުގެ މަގުފަހިވާނެކަމަށެވެ.

ޝެއާ

ކޮމެންޓު