ފަހުގެ

ސަފުހާ 121 / 192

ޙަބަރު

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ތަހުގީގުކުރާ މައްސަލަތަކުގައި ފުލުހުންގެ ފަރާތުންނާއި ކަމާ ގުޅޭ އެހެން އިދާރާތަކުން ބޭނުންވާ މައުލޫމާތު ހޯދަން ކުރެވެން ހުރި ކަންކަމާ ގުޅޭގޮތުން އެ ކޮމިޝަނުން ފުލުހުންނާ މަޝްވަރާކޮށްފިއެވެ. މިއީ އެންއައިސީ އަށް އާ މެންބަރުން އައްޔަން ކުރެއްވި ފަހުން ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީނާއި ފުލުހުންގެ އިސް އޮފިސަރުންނާ އެކު އެ ކޮމިޝަނުން ބޭއްވި ފުރަތަމަ ބައްދަލުވުމެވެ. ފުލުހުންގެ އިދާރާ އިން ބުނީ، ރައްޔިތުންގެ ހައްގުތައް ހޯދައިދޭން ދެ އިދާރާ ގުޅިގެން […]

ޙަބަރު

ޑެޕިއުޓީ ކޮމިޝަނާ އޮފް ކަސްޓަމްސްގެ މަގާމުގައި ހުންނަވަނިކޮށް، އެ މަގާމުން ވަކިކުރި މަހްމޫދު ރިޔާޒުގެ ވަޒީފާ އަލުން އިއާދަ ކުރުމާއެކު، އޭނަ އޮފީހަށް ނުކުންނަވަން ފައްޓަވައިފި އެވެ. މަހްމޫދު ރިޔާޒު އެ މަގާމުން ވަކިކޮށްފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެެވެ. އޭނާ މަގާމުން ވަކިކުރީ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން ދިރާސާކުރި ސިނގިރޭޓް ކާޓޫންތަކެއް ގަވާއިދާއި ހިލާފަށް އެތެރެކުރި މައްސަލައަކާއި، ސިނގިރޭޓް ކާޓުންތަކެއް ބޮންޑެޑްވެއާ ހައުސްއިން ގަވާއިދާއި ހިލާފަށް ބޭރުކުރި މައްސަލައަކާއި ގުޅިގެންނެވެ. ރައީސް […]

ޙަބަރު

މިދިޔަ ހަފުތާގައި ސަރުކާރުން އަމިއްލަ ކުންފުނިތަކާ ގިނަ އަދަދެއްގެ މަޝްރޫއުތަކެއް ހަވާލުކުރި އިރު، ކޮންޓްރެކްޓަރުންނަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ބޯޑުގެ ހުއްދައާ ނުލައި އަދި ލޯނު ދިނުމުގެ އުސޫލާ ހިލާފަށް ފައިސާ ދޫކުރަމުންދާ ކަމަށް ތުހުމަތުކޮށް ދައްކަމުންދާ ވާހަކަތައް ބީއެމްއެލްއިން ދޮގުކޮށްފިއެވެ. ބޭންކުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ބޭންކުގެ ބޯޑާއި މެނޭޖްމަންޓް މަސައްކަތް ކުރަނީ ފުރިހަމަ މިނިވަންކަމާ އެކީގައި ކަމަށާއި ބޭންކުން ހިފަހައްޓަމުން އަންނަ ކޯޕަރޭޓް ގަވަނަންސާއި ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ކަމަށެވެ. އަދި […]

ޙަބަރު

އަންނަ އަހަރު ރާއްޖެ އަށް 2.4 މިލިއަން ޓޫރިސްޓުން ގެންނަންް ޓޫރިޒަމް މިިނިސްޓްރީން އަމާޒު ހިފައިފި އެވެ. މި އަހަރުގެ ޓާގެޓަކީ 2.3 މިލިއަން ޓޫރިސްޓުންނެވެ. މިހާތަނަށް 1.8 މިލިއަން ޓޫރިސްޓުން އައިސްފައިވާ އިރު، އަހަރު ނިމެން މިހާރު އޮތީ ގާތްގަނޑަކަށް ދޮޅު މަހެއްހާ ދުވަހެވެ. އެހެންވެ ޓާގެޓް ހާސިލު ކުރުމަށް 400،000 އަށް ވުރެ ގިނަ ޓޫރިސްޓުން ބޭނުންވެ އެވެ. މިހާރު ރާއްޖެ އަށް ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް އަންނަނީ 6،579 ޓޫރިސްޓުންނެވެ. ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ […]

ޙަބަރު

ކެއިންބުއިމުގެ ރަނގަޅު އާދަތަކާއި ހޭލުންތެރިކަމުގެ މައުލޫމާތު ފޯރުކޮށްދޭން މަސައްކަތް ކުރާއިރު، ކާބޯތަކެތި ވިއްކާ ތަންތަނުން ދުޅަހެޔޮ ސިއްހަތަކަށް މަގުފަހިކޮށްދޭ ކާނާ ލިބެން ހުންނަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ. އެކަމަނާ މިހެން ވިދާޅުވީ ”ދުޅަހެޔޮ ދިރިއުޅުން އުފާވެރި މުޖުތަމައު” ކެމްޕެއިން އިފްތިތާހްކުރުމަށް މާލެ އަތޮޅު ގުރައިދޫގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ސާޖިދާގެ ވާހަކަފުޅުގައި، ގައިންގަޔަށް އަރާ ނުރައްކާތެރި ބަލިތަކާ ބެހޭ ގޮތުން މައުލޫމާތު ދޭއިރު، އެ ފަދަ އަމަލުތަކަށް […]

ޙަބަރު

ވޭޕާ ގުޅުން ހުރި ކަންކަމުގައި މިދިޔަ މަހު 220،000 އަށް ވުރެ ގިނަ ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ. އެ އިދާރާއިން އާއްމުކުރި މިދިޔަ މަހުގެ ތަފާސްހިސާބު ދައްކާގޮތުން، ވޭޕް/އީ-ސިނގިރޭޓު ބޭނުންކުރުމުގެ ފަސް މައްސަލައަކާއި އެތަކެތި ގެންގުޅުމުގެ 15 މައްސަލައެއް ހުށައަޅާފައި ވެއެވެ. އަދި ވޭޕް ވިއްކުމާއި ގަތުމުގެ ދެ މައްސަލައާއި އެކަމާ ގުޅުން ހުރި ތިން މައްސަލައެއްވެސް ރިޕޯޓުކޮށްފައި ވެއެވެ. އެ މައްސަލަތަކާ ގުޅިގެން މިދިޔަ މަހު 35 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށް […]

ޙަބަރު

ސައުދީ އަރަބިއްޔާގައި ކިޔަވަން ދިވެހިންނަށް 318 ސްކޮލަޝިޕްގެ ފުރުސަތު އެ ގައުމުން ހުޅުވާލައިފިއެވެ. ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީން ބުނީ އެ ގައުމުގެ ޔުނިވާސީޓީތަކުން ފުރަތަމަ ޑިގްރީއަށް ކިޔެވުމަށް 11 ދާއިރާކުން ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. މީގެ ދަށުން ސައުދީ އަށް ގޮސްގެންނާއި ރާއްޖޭގައި ހުންނަ ސައުދީ އިމާން ޔުނިވަސިޓީގައި ހިލޭ ކިޔެވުމުގެ ފުރުސަތު ލިބޭނެ އެވެ. ސްކޮލަރޝިޕްތައް ހުޅުވާލި ދާއިރާތަކަކީ ބިޒްނަސް މެނޭޖްމަންޓް، މީޑިއާއާ ގުޅުން ހުރި ދާއިރާތައް، ކޮމްޕިއުޓާ ސައިންސް ސްޓަޑީޒް، ލޯ ސައިންސް، […]

ސިޔާސީ

ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން އަންނަ ހުކުރު ދުވަހުގެ ރޭ މާލޭގައި ބާއްވާ ބޮޑު ޖަލްސާ އިން ރާއްޖެ އޮތީ ކޮން ފިކުރެއްގައި ކަމާއި ދިވެހިން ތިބީ ކޮން ލީޑަރެއްގެ ފަހަތުގައިކަން ވަރަށް ބޮޑަށް ސާފުވާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ. ރައީސް އަދި ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވާ އެ ޖަލްސާ އަށް އާންމުކޮށް ދައުވަތު ދިނުމުގެ ހަރަކާތެއް ފެށުމަށް އެ […]

ޙަބަރު

ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު 9 އިންސައްތަ އިތުރުވެފައިވާކަމަށް ޓޫރިޒަމް މިިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ޓުއަރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިއަހަރުގެ މިހާތަނަށް ރާއްޖެެއަށް 1،853،495 ފަތުރުވެރިން ޒިޔާރަތްކޮށްފައި ވެއެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތާއި އަޅާބަލާއިރު 9.8 އިންސައްތައިގެ ކުރިއެރުމެކެވެ. ތަފާސްހިސާބުތައް ދައްކާގޮތުން، މި ހިނގާ ނޮވެމްބަރު މަހުގެ ފުރަތަމަ ހަތަރު ދުވަހު ރާއްޖެއަށް 26،561 ފަތުރުވެރިން ޒިޔާރަތްކޮށްފައި ވެއެވެ. މިއީ މިިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 12.6 އިންސައްތަ އިތުރު އަދެދެކެވެ. މިދިޔަ […]

ޙަބަރު

ލޭންޑިން ކްރާފްޓާއި ޓަގު ބޯޓު ދުއްވުމުގައި އިތުރަށް ސަމާލުވުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އެދިއްޖެ އެވެ. މިނިސްޓްރީން މިކަމަށް އެދިފައި މިވަނީ، މި މަހުގެ ދެވަނަ ދުވަހު ލޭންޑިންގ ކްރާފްޓަކަށް ދެ އެކްސްކަވޭޓަރު ބަރުކުރުމުގެ ތެރޭގައި، ލޭންޑިންގ ކްރާފްޓް ބަންޑުން ޖަހާލައި ހިނގި ހާދިސާގައި އެމްޕީއެލްގެ ދެ މުވައްޒަފަކު ވަނީ ނިޔާވެފައިވާ ދަނޑިވަޅެއްގަ އެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ، ދަގަނޑު ނުވަތަ މައުދަނުން ބަނދެފައިވާ ލޭންޑިންގ ކްރާފްޓާއި ޓަގް އަދި ބާޖު ފަހަރު އޮޕަރޭޓް ކުރުމުގައި […]

ޙަބަރު

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ރަސްމީ ދަތުރުފުޅެއްގައި ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގެންފިއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މިއީ ސައުދީ އަރަބިއްޔާގެ ހައްޖާއި އުމްރާއާއި ބެހޭ ވަޒީރު ޑރ. ތައުފީގު ބިން ފައުޒާން އަލްރާބިއާގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. މިދަތުރުފުޅުގައި ސައުދީގެ ހައްޖު އަދި އުމްރާއާއި ބެހޭ ވަޒީރު ޑރ. ތައުފީގާއި ބައްދަލުކުރެއްވުމަށް ހަމަޖެހިފައި ކަމަށާއި އެ ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ސަރުކާރާއި ސައުދީ ސަރުކާރާއި ދެމެދު 1447 ވަނަ އަހަރުގެ ހައްޖު އެއްބަސްވުމުގައި […]

ޙަބަރު

އައްޑޫގެ އެކި ހިސާބުތަކުގައި ތަރައްގީގެ މަޝްރޫއުތައް ހިންގަން މޯލްޑިވްސް ޓްްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށް، ގިނަ މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ފަށައިފި އެވެ. މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފަށާފައިވަނީ އަޢްޑޫ އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ދަތުރުފުޅުގެ ތެރެއިން ނެވެ. އެގޮތުން، އެމަނިކުފާނު އައްޑޫ ހިތަދޫ އަށް ވަޑައިގެންނެވުމުން ބޭއްވި ރަސްމިއްޔާތެއްގައި ވަނީ އިމާޖެންސީ އޮޕަރޭޝަން ސެންޓަރަކާއި ނެޝަނަލް ލައިބްރަރީގެ ގޮތްޕެއް ގާއިމުކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފަ އެވެ. ހިތަދޫ […]

އަޕްޑޭޓު