ފުވައްމުލަކު ސިޓީގައި ސިޓީ ހޮޓަލަކާއި އެކު، އީކޯ ޓޫރިޒަމް މަޝްރޫއުއެއް ކުރިޔަށް ގެންދިއުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕަނީ ލިމިޑެޓް (އެމްއޭސީއެލް) އާ ހަވާލުކޮށްފި އެވެ. މި މަޝްރޫއު ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ސިޓީއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ރައްޔިތުންނާ ބާއްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގަ އެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، ޓޫރިޒަމް މިނިސްްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނަޝާތު ރަޝީދެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު […]
ފަހުގެ
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލުން ޔޫއެސް-ބަންގްލާ އެއާލައިންސް އަށް ހިދުމަތް ދޭން ފަށައިފި އެވެ. ޔޫއެސް-ބަންގްލާ އެއާލައިންސް އަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ޓާމިނަލުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރާއްޖޭގެ އެއާލައިންސް އޮޕަރޭޓާސް ކޮމިޓީގެ ޗެއާމަން މުނާޒް އަލީއެވެ. އެ ރަސްމިއްޔާތުގައި ޔޫއެސް-ބަންގްލާ އެއާލައިންސްގެ ސްޓޭޝަން މެނޭޖަރު ޒަހިދުލް އިސްލާމް އަދި އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ. މިރަސްމިއްޔާތުގައި ޔޫއެސް-ބަންގްލާ އެއާލައިންސްގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް […]
ސަރުކާރުން މަސައްކަތް ކުރައްވަނީ ރައްޔިތުންގެ އިޙްސާސްތަކާއި ވިންދު އެނގިވަޑައިގެންކަމަށާ، މުސާރަ އެއްހަމަކުރެވިގެން ދިޔަދިއުމާ މެދު ކަންބޮޑުވުމެއް ނުބޭއްވެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ. އެމަނިކުފާނު މިފަދައިން އެދިވަޑައިގަތީ، ފުވައްމުލައް ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ ސިޓީގެ ރައްޔިތުންނާ ރޭ ބައްދަލުކުރައްވާ، ވާހަކަފުޅުދައްކަވަމުންނެވެ. ތިން ދާއިރާއެއްގެ މުވައްޒަފުންގެ މުސާރަ، މި ނޮވެންބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ވަނީ އެއްހަމަކޮށްފަ އެވެ. ރައީސް ވިދާޅުވީ، އެކަން ކުރެއްވީ ވަރަށް ބޮޑަށް ދިރާސާކުރައްވައިގެން ކަމަށާ، މުވައްޒަފުންގެ […]
ފުވައްމުލައް ސިޓީގައި ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކެއް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ރައީސް ޑރ މުހައްމަދު މުއިއްޒު ފުވައްމުލައް ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި އެކޮމަޑޭޝަން ބްލޮކަކީ 11,946 އަކަފޫޓުގެ […]
އަންނަ 2026 ވަނަ އަހަރުގެ ބަޖެޓުގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް 8.3 ބިލިއަން ރުފިޔާ ކަނޑައަޅައިފި އެވެ. މީގެތެރެއިން އެންމެ ބޮޑު އިންސައްތައެއް ކަނޑައަޅާފައިވަނީ ބޯހިޔާވަހިކަމަށެވެ. އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ ތެރޭގައި، ބޯހިޔާވަހިކަމުގެ އިތުރުން، ބިންހިއްކުމާއި، ބްރިޖް އަދި އެއާޕޯޓްތަކާއި މަގުތައް ހެދުންފަދަ މުހިންމު މަޝްރޫއުތައް ހިމެނެއެވެ. އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން، ޕީއެސްއައިޕީ ހިމެނޭހެން ބޯހިޔާވަހިކަމުގެ ދާއިރާއަށް ޖުމްލަ 2.4 ބިލިޔަން ރުފިޔާ ހޭދަކުރުމަށް ވަނީ ކަނޑައަޅާފަ އެވެ. ދެން އެންމެ ބޮޑު ހޭދައެއް ކުރަން […]
އަންނަ ރަމަޟާން މަހަށް ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތަށް ބޭނުންވާ ލިސްޓު އެކުލަވާލުމުގެ މަސައްކަތް، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސްއާއި ކައުންސިލްތައް ގުޅިގެން ފަށަފައިފިއެވެ. ބައެއް ކައުންސިލްތަކުން ވަނީ ކައުންސިލުން ކަނޑައަޅާ ތާރީހުތަކަށް އެ މައުލޫމާތުތައް ފޯރުކޮށްދިނުމަށް އިއުލާނުކޮށްފަ އެވެ. ރޯދަ ހަދިޔާއަކީ ގޭބިސީތަކުގެ އަދަދަށް ބެލުމަށްފަހު ދޭ ހަދިޔާއެކެވެ. އެގޮތުން އެއް ގެއެއްގައި ގިނަ ގޭބިސީތަކަށް ދިރިއުޅޭނަމަ، އެ ގޭބިސީތައް ވަކިވަކިން ރެޖިސްޓަރ ކުރަންޖެހޭނެއެވެ. ހަދިޔާ ލިބޭ ލިސްޓް ތައްޔާރުކޮށް […]
އަންނަ އަހަރަށް ލަފާކޮށް ހުށައެޅި ބަޖެޓުގައި ސިއްހީ ދާއިރާއަށް 8.8 ބިލިއަން ރުފިޔާ އަދި ތައުލީމީ ދާއިރާއަށް 5.6 ބިލިއަން ރުފިޔާ ހާއްސަކޮށްފި އެވެ. ބަޖެޓުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ސިއްހީ އަދި ތައުލީމީ ދާއިރާއަށެވެ. 2026 ގެ ބަޖެޓުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ސިއްހީ ދާއިރާއަށް ވަށާޖެހޭ ތަރައްގީއެއް ހޯދައިދިނުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މީގެކުރިން ވިދާޅުވެފައި ވެއެވެ. އެގޮތުން އަންނަ އަހަރަށް ލަފާކޮށް ހުށައެޅި ބަޖެޓުގައި ސިއްހީ ދާއިރާގެ އެކި […]
ގަތަރުގެ ދޯހާގައި ބޭއްވުމަށް ހަމަޖެހިފައިވާ، “ސެކަންޑް ވަރލްޑް ސަމިޓް ފޯރ ސޯޝަލް ޑިވެލޮޕްމަންޓް” ގައި ބައިވެރިވެވަޑައިގަތުމަށް ނައިބުރައީސް އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފު، ރޭ ފުރާވަޑައިގެންފިއެވެ. މި ސަމިޓްގައި ދުނިޔޭގެ ގިނަ ގައުމުތަކެއްގެ އިސްވެރިން ބައިވެރިވެވަޑައިގެން އިޖްތިމާއީ ތަރައްގީ ކުރިއެރުވުމާއި، ފަގީރުކަން ނައްތާލުމާއި، ވަޒީފާގެ ބާޒާރު ހަރުދަނާކުރުމާ، ޝާމިލް މުޖްތަމައެއް ބިނާކުރުމާބެހޭގޮތުން، މަތީފެންވަރުގެ މަޝްވަރާތަކެއް ކުރެއްވުމަށްވަނީ ހަމަޖެހިފައެވެ. މި މަޝްވަރާތައް ކުރިޔަށްދާނީ 2030 ވަނަ އަހަރާ ހަމަޔަށް ހާސިލުކުރުމަށް ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކާ ގުޅުވައިގެންނެވެ. އދ.ގެ […]
އައްޑޫ ހުޅުދޫ އާއި މީދޫ އަކީ މީހުން ދިރިއުޅޭ ވަކި ދެ ރަށުގެ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފި އެެވެ. އެގޮތަށް ނިންމެވީ، އައްޑޫ ސިޓީ ކައުންސިލްގެ ދަށުން އިދާރީ ގޮތުން ވަކިވާން އައްޑޫގައި އެއްފަސްކޮށް އުފެދިފައިވާ ރަށްތަކާ މުޅިން ވަކިން އޮންނަ މީދު އާއި ހުޅުދޫގެ އިތުރުން ފޭދޫގެ ރައްޔިތުންނަށް ފެނޭތޯ ބެލުމަށް މިދިޔަ މަހުގެ 25 ގައި ނެގި ހިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާ އަށް ރިއާޔަތް ކުރައްވައި ނެރުއްވި ގަރާރެއްގަ […]
ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ފުވައްމުލަކު ސިޓީއަށް ވަޑައިގަންނަވަން ހަމަޖެހިއްޖެ އެވެ. ސަރުކާރުގެ އިސް ވަފުދަކާ އެކު އެމަނިކުފާނު އެ ސިޓީ އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައި ވަނީ މިއަދު ހަވީރެވެ. ރައީސްގެ މި ދަތުރުގައި ފުވައްމަލުކުގައި ނިމިފައިވާ ބައެއް މަޝްރޫއުތައް އިފުތިހާހުކޮށް ދެއްވައި، އާ މަޝްރޫތަކެއް އިއުލާން ވެސް ކުރައްވާނެއެވެ. ފުވައްމުލަކު ދަތުރަށް ފަހު މާދަމާ ރައީސް އައްޑު އަށް ވަޑައިގަންނަވާނެއެވެ. އެގޮތުން އެ މަނިކުފާނު އައްޑޫގެ ހުރިހާ އަވަށަކަށް ވަޑައިގަންނަވާނެއެވެ. އައްޑޫން ވެސް […]
ސްކޫލްތަކުން ވޭޕް ސްޓިކް މިހާރު ނުފެނެއޭ ބުނެވޭ ވަރަށް އެ އެއްޗެހި މަދުވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ. އިއްޔެ އިން ފެށިގެން ތަންފީޒުކުރަން ފަށާފައިވާ 2007 އިން އުފަންވެފައިވާ އަދި އޭގެ ފަހުން އުފަންވާނެ ހުރިހާ ދިވެހިންނަށް ދުންފަތް މަނާވާ “ޖެނެރޭޝަނަލް ބޭން”ގެ ހާއްސަ ޓީވީ ކަވަރޭޖަށް ދިން އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ، މީގެ ކުރިން މާލެ ސަރަހައްދުގެ ސްކޫލްތަކުން އެކަނިވެސް ދުވާލަކު 50-60 ވޭޕް ސްޓިކް ފެންނަ ކަމަށެވެ. ރާއްޖެއަށް ވޭޕް […]
ނިޝާން ގާޒީގެ އިއްޒަތުގެ ވެރިޔާ، ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމަށް، ނަސްރުގެ ދުވަހުގެގެ ޝަރަފުގެ ހާއްސަ އައްޑަނައެއް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ. ރައީސް އޮފީހުން ބުނީ ރައީސް މައުމޫނަށް ނޮވެމްބަރު ތިނެއްގެ ޝަރަފުގެ ހާއްސަ އައްޑަނައެއް އަރުވައި، ނޮވެމްބަރު ތިނެއްގެ ޝަހީދުންގެ އާއިލާތަކަށް ހަނދާނީ އައްޑަނައެއް އެރުވުމަށް ރައީސް މުއިއްޒު ނިންމަވާފައިވާ ކަމަށެވެ. މިގޮތަށް ރައީސް ނިންމެވީ، ނޮވެންބަރު މަހުގެ 3 ވަނަ ދުވަހުގެ އުދުވާނީ ހަމަލައިގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ ކުރެއްވި […]











