ޙަބަރު

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ފުވައްމުލަކަށް ވަޑައިގަންނަވަނީ

Hafeez

1 މިނިޓު
ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ފުވައްމުލަކަށް ވަޑައިގަންނަވަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ފުވައްމުލަކު ސިޓީއަށް ވަޑައިގަންނަވަން ހަމަޖެހިއްޖެ އެވެ.

ސަރުކާރުގެ އިސް ވަފުދަކާ އެކު އެމަނިކުފާނު އެ ސިޓީ އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައި ވަނީ މިއަދު ހަވީރެވެ. ރައީސްގެ މި ދަތުރުގައި ފުވައްމަލުކުގައި ނިމިފައިވާ ބައެއް މަޝްރޫއުތައް އިފުތިހާހުކޮށް ދެއްވައި، އާ މަޝްރޫތަކެއް އިއުލާން ވެސް ކުރައްވާނެއެވެ.

ފުވައްމުލަކު ދަތުރަށް ފަހު މާދަމާ ރައީސް އައްޑު އަށް ވަޑައިގަންނަވާނެއެވެ. އެގޮތުން އެ މަނިކުފާނު އައްޑޫގެ ހުރިހާ އަވަށަކަށް ވަޑައިގަންނަވާނެއެވެ.

އައްޑޫން ވެސް ރައީސަށް ހޫނު މަރުހަބާއެއް ކިޔަން ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ މެންބަރުން އަންނަނީ ގިނަ ތައްޔާރީތަކެއްވަމުންނެވެ.

ދެހާސް ތޭވީހުގައި ވެރިކަމަށް ވަށައިގަތުމަށް ފަހު އަތޮޅުތަކަށް ރައީސް ފެއްޓެވި ދަތުރުގެ ތެރެއިން މިހާރު ވަނީ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތް ކުރައްވައިފައެވެ.

ރައީސްގެ މި ދަތުރުތަކުގެ ބޭނުމަކީ ރައްޔިތުންނާ ވީހާ ވެސް ގާތުން ބައްދަލު ކުރައްވައި، ރައްޔިތުން ބޭނުންވާ ކަންކަން އޮޅުންފިލުއްވުމެވެ.

ޝެއާ

ކޮމެންޓު