ޙަބަރު

ބަޖެޓް 2026: އުމްރާނީ ތަރައްގީއަށް 8.3 ބިލިއަން، އެންމެ ބޮޑު އިންސައްތަ ބޯހިޔާވަހިކަމަށް

މަރިޔަމް ލީން

1 މިނިޓު
ބަޖެޓް 2026: އުމްރާނީ ތަރައްގީއަށް 8.3 ބިލިއަން، އެންމެ ބޮޑު އިންސައްތަ ބޯހިޔާވަހިކަމަށް

އަންނަ 2026 ވަނަ އަހަރުގެ ބަޖެޓުގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް 8.3 ބިލިއަން ރުފިޔާ ކަނޑައަޅައިފި އެވެ. މީގެތެރެއިން އެންމެ ބޮޑު އިންސައްތައެއް ކަނޑައަޅާފައިވަނީ ބޯހިޔާވަހިކަމަށެވެ.

އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ ތެރޭގައި، ބޯހިޔާވަހިކަމުގެ އިތުރުން، ބިންހިއްކުމާއި، ބްރިޖް އަދި އެއާޕޯޓްތަކާއި މަގުތައް ހެދުންފަދަ މުހިންމު މަޝްރޫއުތައް ހިމެނެއެވެ. އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން، ޕީއެސްއައިޕީ ހިމެނޭހެން ބޯހިޔާވަހިކަމުގެ ދާއިރާއަށް ޖުމްލަ 2.4 ބިލިޔަން ރުފިޔާ ހޭދަކުރުމަށް ވަނީ ކަނޑައަޅާފަ އެވެ. ދެން އެންމެ ބޮޑު ހޭދައެއް ކުރަން ކަނޑައަޅާފައިވަނީ ދަތުރުފަތުރާ ބިނާރީ ތަރައްގީގެ ދާއިރާއިންނެވެ. އެދާއިރާއަށް 2.3 ބިލިޔަން ރުފިޔާ ކަނޑައަޅާފައި ވެއެވެ.

ޕީއެސްއައިޕީ ބަޖެޓުގެ ތެރެއިން، ބްރިޖްތަކާއި ޓަނަލް އެޅުމަށް 798.6 މިލިޔަން ރުފިޔާ ހިމަނާފައިވާއިރު، އެއާޕޯޓްތަކާއި އޭވިއޭޝަންގެ ދާއިރާއަށް 540.6 މިލިއަން ރުފިޔާ، މަގުތަކާއި ހައިވޭތައް ހެދުމަށް 556 މިލިއަން ރުފިޔާ، އަދި ހޮސްޕިޓަލް އެޅުމަށް 430.4 މިލިއަން ރުފިޔާ ހިމަނާފައި ވެއެވެ.

މީގެއިތުރުން ބިންހިއްކުމަށް 429.7 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، ބަނދަރުތައް ހެދުމަށް393.6 މިލިއަން، ގޮނޑުދޮށް ހިމާޔަތްކުރުމަށް 218.6 މިލިއަން ވަނީ ކަނޑައަޅާފަ އެވެ. އާންމު ދަތުރުފަތުގެ ނިޒާމަށް 89.3 މިލިއަން ހާއްސަކޮށްފައިވާއިރު، އާރބަން ޑިވެލޮޕްމަންޓަށް 90 މިލިއަން ވަނީ ކަނޑައަޅާފައެވެ.

ބަޖެޓް ހުށައަޅުއްވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ މިއަހަރާ އަޅާބަލާއިރު، އަންނަ އަހަރު ކެޕިޓަލް ހަރަދު 31.7 އިންސައްތައަށް އިތުރުވާނެކަމަށެވެ.

“މިއަހަރާ އަޅާބަލާއިރު ކެޕިޓަލް ހަރަދު % 31.7 އަށް އިތުރުވެ، 9.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ބެލެވޭ. ސަބަބަކ،ީ ހިނގަމުންދާ އަހަރުގެ ޕީއެސްއައިޕީ ސިޔާސަތު އަންނަ އަހަރު ވެސް ހަމަ އެފަދައިން ކުރިއަށްގެންދިއުމާ އެއްކޮށް އުމްރާނީ ތަރައްގީގެ އިތުރު މަޝްރޫއުތަކެއް އަންނަ އަހަރު ތަންފީޒުކުރަން ފަށަން ރާވާފައިވާތީވެ” މިނިސްޓަރު ޒަމީރު

ޕީއެސްއައިޕީގެ ހަރަދުގެ ޖުމުލަ ކަނޑައެޅުމުގައި ޑޮމެސްޓިކް ބަޖެޓުން ފަންޑުކުރާ މިންވަރު 70 އިންސައްތައަށްވުރެ ބޮޑުނުވާނެ މިންވަރެއްގައި ހިފެހެއްޓޭނެކަމަށްވެސް ޒަމީރު ވަނީ ވިދާޅުވެފަ އެވެ.

ޝެއާ

ކޮމެންޓު