އުމްރާވެރިން ދިވެހި ހާރިޖިއްޔާގެ އިލްތިމާސްތަކަށް ތަބާވުމަށް މިނިސްޓަރ ޝަހީމް އިލްތިމާސްކުރައްވައިފި
މެދު އިރުމަތީގައި ހިނގަމުންދާ ކަންކަމާ ގުޅިގެން ރާއްޖޭގެ އުމްރާވެރިން ދިވެހި ޚާރިޖިއްޔާގެ އިލްތިމާސްތަކާއި ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުގެ އިރުޝާދުތަކަށް ތަބާވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު އިލްތިމާސް ކުރައްވައިފި އެވެ. މިނިސްޓަރ އެކްސްގައި ކުރެވި ޕޯސްޓެއްގައި އިތުރަށް ވިދާޅުވެފައިވަނީ، މެދު އިރުމަތީގައި ހިނގަމުންދާ ކަންކަމާ ގުޅިގެން ރާއްޖޭގެ އުމްރާވެރިންގެ ކަންކަން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ. މީގެ އިތުރުން، މި ރޯދަމަހާ ދިމާކޮށް ހައްޖު ކޯޕަރޭޝަންގެ އިތުރުން 20 ކުންފުންޏަކުން ޖުމުލަ 2 ހާހަށް ވުރެ […]











