ފަލަސްޠީނުގެ ޙައްޤުގައި ރާއްޖެއިން އަބަދުވެސް ދެމިއޮންނާނެކަމުގެ ޔަޤީންކަން އޯ.އައި.ސީ ގެ ބައްދަލުވުމެއްގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ދެއްވައިފި އެވެ. ވަޒީރު މި ޔަޤީންކަން ދެއްވާފައިވަނީ، އިސްރާއިލުން މެދުކެނޑުމެއްނެތި ފަލަސްޠީނުގެ ރައްޔިތުންނަށް ދެމުންގެންދާ ޙަމަލާތަކާ ގުޅޭގޮތުން އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) ގެ އެގްޒެކެޓިވް ކޮމިޓީ އިން ސައުދީ ޢަރަބިއްޔާގެ ޖިއްދާގައި ޚާރިޖީ ވަޒީރުންގެ ފެންވަރުގައި އިއްޔެ ބޭއްވި އެކްސްޓްރާ އޯޑިނަރީ އޯޕަން-އެންޑަޑް ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ތަގުރީރު ކުރައްވަމުން ވަޒީރު ޑރ. ޚަލީލް […]
ޙަބަރު
ފަހުގެ ޚަބަރުތައް
ތ. ވިލުފުށީ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތުގެ 98% ނިމިފައިވާ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލްއިން ވިދާޅުވެއްޖެއެވެ. އެމްއޭސީއެލް އިން މި މަސައްކަތް ފަށާފައިވަނީ 2025 ނޮވެންބަރު 14 ވަނަ ދުވަހުގައެވެ. މިހާތަނަށް 79 ހެކްޓަރު ބިން ހިއްކާ ނިންމާފައިވާ އިރު އެއީ މި މަސައްކަތުގެ 98% މަސައްކަތް ކަމަށް ވެސް އެކުންފުނިން މައުލޫމާތު ދެއެވެ. މި މަސައްކަތުގެ ތެރެއިން ޖުމްލަ 81 ހެކްޓަރުގެ ބިން ހިންކަން […]
ޑިމޮކްރަސީގެ ހަމަތަކަށް ބަލާއިރު ވެސް ރަނގަޅީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވެފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ޕީއެންސީން ބޭއްވި “ކޮންގުރެސް ތަރާވީސް” އިވެންޓުގައެވެ. ރައީސް ވިދާޅުވިގޮތުގައި ކޮންމެ ފަސް އަހަރަކުން ތިން އިންތިހާބު ބޭއްވި ނަމަވެސް އެންމެ ގިނަ ރައްޔިތުން ވޯޓުލާން ނިކުންނާނީ ރިޔާސީ އިންތިހާބުގައެވެ. އެހެންވެ، މި އިންތިހާބުގެ ހަ މަސްފަހުން ބާއްވާ މަޖިލިސް އިންތިހާބަށް ވޯޓުލާން ނިކުންނަ މީހުންގެ […]
ޗާގޯސްގެ ޖަޒީރާ ރަށްތަކާ މެދު އުފެދިފައިވާ ހިލާފުތަކާ ގުޅިގެން، ރާއްޖެއާ އެކު، ހާރިޖީ ގުޅުން ސަސްޕެންޑްކުރަން މޮރިޝަސްގެ ސަރުކާރުން ނިންމައިފި އެވެ. ޗާގޯސްގެ ޖަޒީރާގެ ރަށްތަކުގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތް ކަމަށް ރާއްޖޭން ގަބޫލުކުރަން ދެކޮޅުހަދާ ކަމަށާއި، އިނގިރޭސި ސަރުކާރާ އެކު އެކުލަވައިލަން މަސައްކަތްކުރާ އެއްބަސްވުމަށް ވެސް ރާއްޖެއިން ދެކޮޅުހަދާކަމަށް ވެސް މޮރިޝަސްގެ ކެބިނެޓުގެ ނިންމުމުގައި ވަނީ ފާހަގަކޮށްފައެވެ. މި ސަބަބުތަކާއި އެކު މި ވަގުތުން ފެށިގެން ރާއްޖެއާ އެކު އޮތް ހާރިޖީ ގުޅުން […]
މާރިޗު މަހުގައި މުޅި ރާއްޖެއަށް އާންމުކޮށް އިހުސާސް ކުރެވޭ ފިނި ހޫނުމިން ކުޑަކޮށް މަތިވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފިއެވެ. އެ އިދާރާއިން އާންމު ކޮށްފައިވާ ތަފާސްހިސާބު ތަކުން ދައްކާ ގޮތުގައި، އަންނަ މަހު މުޅި ރާއްޖޭގައި ފިނި ހޫނު މިން އެންމެ މައްޗަށް ދާނެ މިންވަރާއި ދަށަށް ދާނެ މިންވަރު ވެސް އާންމު މިންވަރަށް ވުރެ ކުޑަކޮށް މަތިވާނެއެވެ. މާރިޗު މަހު އުތުރުގެ އަތޮޅުތަކަށް އާންމުކޮށް ވާރޭ ވެހޭ މިންވަރަށް ނުވަތަ އެއަށް […]
ބ. ދަރަވަންދޫ އެއާޕޯޓުގެ ރަންވޭ ބޮޑުކުރަން ބިން ހިއްކުމުގެ މަސައްކަތް ކުރަން ނިންމާފައިވާ ކަމަށް ބުނެ ދައްކަމުންދާ ވާހަކަތައް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ރޭ ދޮގުކުރައްވައިފި އެވެ. ބ. އަތޮޅުގެ ބަޔޮސްފިއަރ ރިޒާވުގައި ހިމެނޭ ހަނިފަރު ބޭ ކައިރީ އޮންނަ ދަރަވަންދޫ އިން އެ ސަރަހައްދާ ވަރަށް ކައިރިން އެއާޕޯޓަށް ބިން ހިއްކަން އުޅޭ ކަމަށް ބުނެ ސޯޝަލް މީޑިއާ އަދި ބައެއް ޚަބަރުފަތުރާ ވަސީލަތްތަކުގައި ވަނީ ރިޕޯޓުކޮށްފަ އެވެ. އެކަން ދޮގުކޮށް މިނިސްޓަރ ކުރެއްވި […]
ކުރިއަށް އޮތް ލޯކަލް ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ކުޅުދުއްފުށި ސިޓީގެ ކައުންސިލާއި އަންހެނުންގެ ކޮމިޓީތަކަށް ވާދަކުރައްވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓުންގެ މާލޭ ކެމްޕެއިން އޮފީސް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ރޭ ހުޅުވައިދެއްވައިފިއެވެ. މާލޭގައި ބޭއްވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުންގ އިތުރުން ކޮންގްރެސް ޕާޓީގެ އިސްވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ޕީއެންސީގެ ޓިކެޓުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރުކަމަށާއި ކައުންސިލުގެ މެންބަރުކަމަށް، އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ […]
ވެރިކަން ކުރުމުގައި އަބަދުވެސް އިސްކުރާނީ އިހުލާސްތެރިކަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ވެރިކަން ކުރާ ޕީއެންސީގެ ފަރާތުން އާޓިފިޝަލް ބީޗްގައި ބޭއްވި ތަރާވީހުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ވެރިކަމުގެ ޒިންމާ އަކީ ﷲ އެމަނިކުފާނާ މަތި ކުރެވި އަމާނާތެއް ކަމަށެވެ. އަދި މި މަސްއޫލިއްޔަތު އަދާ ކުރުމުގައި އަބަދުވެސް އިހްލާސްތެރިކަމާއި، ތެދުވެރިކަން އިސްކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. މިގޮތުން، ރައްޔިތުން ހިޔާލު ހޯދަންޖެހޭ ކަންކަމުގައި އާއި ރައްޔިތުން ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމުގައިވެސް އިހްލާސްތެރިވެ، […]
ފެބްރުއަރީ 15 އިން 21 އަށް، މާލޭގެ ބަނދަރުން ޖުމްލަ 29,322 ޓަނުގެ މުދާ ކްލިއާކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހާމަކޮށްފިއެވެ. އެމްޕީއެލްއިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މި މަހުގެ 15 އިން 21 އަށް މާލޭގެ ބަނދަރުން ޖުމްލަ 29,322 ޓަނުގެ މުދާ ވަނީ ކްލިއާކުރިއިރު، މީގެ ތެރެއިން 26,469.21 ފްރައިޓް ޓަނަކީ ކޮންޓޭނަރު އުފުލާ ބޯޓުފަހަރުން ގެނައި މުދަލެވެ. އަދި ބާކީ 2,852.78 ފްރައިޓް ޓަނަކީ އާންމު މުދާ އުފުލާ […]
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026 މިއަހަރު އޮކްޓޫބަރު މަހު ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ. ދިވެހިންގެ އުފެއްދުންތެރިކަން ކުރިއަރުވައި، ދިވެހި ފަންނުވެރިންގެ ހުނަރާއި މަސައްކަތް ދައްކާލުމަށްޓަކައި ރާއްޖެގައި ބާއްވާ އެންމެ ބޮޑު މައުރަޒު ކުރިއަށްގެންދަން ހަމަޖެހިފައިވަނީ 23 އޮކްޓޫބަރު އިން ފެށިގެން 31 އޮކްޓޫބަރުގެ ނިޔަލަށެވެ. މި ހިނގާ 2026 ވަނަ އަހަރަކީ “އުފެއްދުންތެރިކަމުގެ އަހަރު” ގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައި ވަނީ އެކަން ވަނީ އިއުލާނު ކުރައްވާފަ އެވެ. މިއަހަރުގެ މައުރަޒުގައި […]
ފޯޅަވަހީގެ ސިޔާދަތީ ބާރަށް ދައުވާކުރުމުގެ ހައްގު އެންމެ ބޮޑީ ރާއްޖެއަށް ކަމަށް އިނގިރޭސިވިލާތުގެ ރިފޯމް ޕާޓީގެ ލީޑަރު އަދި ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ނައިޖަލް ފަރާޖް ވިދާޅުވެއްޖެ އެވެ. އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގައި ދެއްކެވި ވާހަކަގައި ނައިޖަލް ވިދާޅުވި ގޮތުގައި، ތާރީހީ ގޮތުންނާއި އަދި ޖިއޮގްރަފީގެ ގޮތުން ބެލި ނަމަވެސް އެ ހައްގު އެންމެ ބޮޑީ ދިވެހީންނަށް ކަމަށާއި، އެކަމުގެ ސާފު ހެކި ފެންނަ ކަމަށެވެ. އަދި އެފަދަ އެއްވެސް ހެއްކެއް މޮރިޝަސްއާ ގުޅޭގޮތުން ނެތް […]
ފާއިތުވެ ދިޔަ ދެ އަހަރުގެ ތެރޭގައި ލާމަރުކަޒީ ނިޒާމު ވަރުގަދަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިގޮތަށް ވިދާޅުވެފައި ވަނީ ލާމަރުކަޒީ ދުވަހުގެ މުނާސަބަތުގައި، އެމަނިކުފާނު ފޮނުއްވި ހިތާބުގައެވެ. އެމަނިކުފާނުގެ ހިތާބުގައި ފާއިތުވެ ދިޔަ ދެ އަހަރުތެރޭގައި ލާމަރުމަޒީ ހިދުމަތްތައް ފުޅާކުރުމަށް އިތުރު ބާރާއި، ރައްޔިތުންގެ އިތުބާރު ހޯދައިދިނުމަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށް ވިދާޅުވެފައިވެއެވެ. އެގޮތުން، ކައުންސިލްތަކަށް އާމްދަނީ ލިބޭނެ މަގުތައް އިތުރަށް ފަހިކޮށްދީ، ކައުންސިލް މުވައްޒަފުންގެ […]











