ބ. އަތޮޅުގެ ވެރިކަން ކުރާ ރަށް، ބ. އޭދަފުށީގައި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ އައު ކެމްޕަހެއް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން ބިންގާ އެޅުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މި މަޝްރޫއުގެ ބިންގާ އަޅުއްވައިދެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދެވެ. އޭދަފުށީގައި ބޭއްވި މި ހާއްސަ ރަސްމިއްޔާތުގައި އެ ރަށު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު އަހުމަދު ސަލީމާއި، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު، އަހުމަދު ސައުދީގެ އިތުރުން އެމްއެންޔޫގެ ވައިސް […]
ޙަބަރު
ފަހުގެ ޚަބަރުތައް
ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ ޖަލުތަކަށް 400 ގައިދީންގެ ޖާގަ އިތުރުކޮށް، ޖާގަ ނެތުމުގެ ސަބަބުން މުޖުތަމަޢަށް ދޫވެފައި ތިބި ކުށްވެރިން އަނބުރާ ޖަލަށް ގެނައުމުގެ ބޮޑު މަޝްރޫޢެއް ފަށާފައިވާ ކަމަށް ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙުސާން އިޢުލާން ކުރައްވައިފިއެވެ. ވުޒާރާގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ، ކުރީ ސަރުކާރުން މާލޭ ޖަލާއި ކަސްޓޯޑިއަލް ފެސިލިޓީ އުވާލުމުގެ ސަބަބުން 450 މީހުންގެ ޖާގަ ގެއްލި، ގިނަ އަދަދެއްގެ […]
ވޭތުވެދިޔަ ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި ރާއްޖެއަށް އެތެރެކުރަން އުޅުނު 83 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއި، ގަވާއިދާ ހިލާފަށް އެތެރެކުރި ދެ މިލިއަން ސިނގިރޭޓް އަތުލައިގެންފައިވާކަން ސަރުކާރުން ހާމަކޮށްފިއެވެ. މިކަމާ ގުޅޭ ތަފުސީލުތައް ހިއްސާކުރެއްވީ މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހްސާން އެވެ. މިނިސްޓަރު ވިދާޅުވީ، މަސްތުވާތަކެތީގެ ސަޕްލައި މަދުކުރުމަކީ މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީގެން ކުރަމުންދާ އެއް މަސައްކަތް ކަމަށެވެ. ކަސްޓަމްސްއާއި […]
ޖަލުތަކަށް މަނާ ތަކެތި ވެއްދުން ހުއްޓުވުމަށް އަލަށް ބެހެއްޓި ބޮޑީ ސްކޭނަރުގެ ސަބަބުން، މާފުށީ ޖަލުން ކުރަމުން އައި ސްކޭމް ކޯލްތައް ބޮޑުތަނުން މަދުވެގެންދާނެ ކަމުގެ ޔަޤީންކަން ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙުސާން ދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ވަޒީރު އިހުސާން ވިދާޅުވީ، ޖަލުގައި ތިބޭ ގައިދީން ފޯނު ބޭނުންކޮށްގެން ހިންގާ ސްކޭމްތައް ހުއްޓުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން، މި […]
ހަނގުރާމަވެރި އެކި ސަރަހައްދުތަކުގައި ތާށިވެފައި ތިބި 60 އެއްހާ ދިވެހިން އަނބުރާ ގައުމަށް ގެނައުމުގެ މަސައްކަތް ސަރުކާރުން ބާރަށް ކުރިއަށް ގެންދާކަން ދާހިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިހުސާން ހާމަކުރައްވައިފި އެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު އިހުސާން ވިދާޅުވީ، ހަނގުރާމަވެރި ސަރަހައްދުތަކުގައި ތާށިވެފައި ތިބި ދިވެހި އާއިލާތަކުގެ ހާލަތު ނިމުމަކަށް ގެނެސް، އެ މީހުން ވީހާވެސް އަވަހަކަށް ރާއްޖެ ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އަންގަވާފައި […]
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދިއުމާ އެކު، އެސްޓީއޯ އިން ވިއްކާ ތެލުގެ އަގަށް ވެސް ބަދަލު ގެނެސްފިއެވެ. ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ)އިން އެކްސްގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނީ، މިއަދުން ފެށިގެން އެ ކުންފުނިން ޕެޓްރޯލް ލީޓަރެއް ވިއްކާނީ 16.01ރުފިޔާއަށެވެ. މީގެ ކުރިން ޕެޓްރޯލް ލީޓަރެއް ވިއްކަމުން ދިޔައީ 13.50 ރުފިޔާއަށެވެ. އެހެން ކަމުން މިއީ 2.51 ރުފިޔާގެ އިތުރުވުމެކެވެ. ޑީސެލް ލީޓަރެއް މިއަދުން ފެށިގެން ވިއްކާނީ، 17.54ރުފިޔާއަށެވެ. މީގެ […]
މި ސަރުކާރުގެ ބޯހިޔާވެހިކަމުގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ “ގޯތިގެދޮރު” ޕްރޮގްރާމްގެ ތެރެއިން، މާލޭގައި ދިރިއުޅޭ މީހުންނަށް ބިން ދޫކުރުމުގެ އުސޫލު މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން މިއަދު އާންމުކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް އެކުލަވާލާފައިވާ މި އުސޫލަކީ، 18 އަހަރުން މަތީގެ ދިވެހި ރައްޔިތުންގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް މާލެ ސަރަހައްދުންނާއި ރަސްމާލެއިން ބަންޑާރަ ގޯތި ދޫކުރުމަށް އެކުލަވާލާފައިވާ އުސޫލެކެވެ. މި ޕްރޮގްރާމްގެ ދަށުން ރަސްމާލެއިން ދޫކުރާ […]
މާލޭގެ ކުދިކުދި ޖާގަތަކުގައި އިންސާނުން ދިރިއުޅެން އެކަށީގެންނުވާ ފަދަ ހާލަތްތަކުގައި ދިރިއުޅެމުންދާ އާއިލާތައް ދެނެގަނެ، އެ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ހާއްސަ މަސައްކަތްތަކެއް ސަރުކާރުން ފައްޓަވައިފިއެވެ. މިކަން ހާމަކުރެއްވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އެަރބަން ޑިވެލޮޕްމަންޓް ޑރ. އަބްދުﷲ މުއްތަލިބެވެ. މިނިސްޓަރު މުއްތަލިބު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާލޭގެ އެކި ގެތަކަށް ޒިޔާރަތްކުރައްވައި ބައްލަވާއިރު، މާލެއަށް ނިސްބަތްވާ ބައެއް އާއިލާތަކަށް ތަފާތު ސަބަބުތަކާ ހެދި ގެދޮރު […]
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫޢު “ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން ފްލެޓާއި ގޯއްޗަށް އެދުމަށް ހުޅުވާލި ފުރުޞަތުގައި، މިހާތަނަށް 5,909 ފޯމު ހުށަހަޅާފައިވާ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބޯހިޔާވަހިކަމުގެ ފުރުޞަތުތަކަށް “ހިޔާވެހި” ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ހުޅުވާލާފައިވަނީ މިދިޔަ ޖަނަވަރީ މަހުގެ 18 ވަނަ ދުވަހުއެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބު ވިދާޅުވީ ޕޯޓަލް […]
ޑިމާންޑް ބޮޑުވި ނަމަވެސް ސަރުކާރުން އެޅުއްވި ހަރުދަނާ ފިޔަވަޅުތަކާއި އެކު އަގުތައް އެއްވަރެއްގައި ހިފެހެއްޓިފައި ވާކަމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާ އިން ބުނެފިއެވެ. އެ ވުޒާރާއިން ހާމަކުރިގޮތުގައި މި ބަރަކާތްތެރި ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން، ގަނޑުކޮށް މުދާ ހޯދުމާއި ރަށްރަށަށް މުދާ ފޯރުކޮށްދިނުމުގައި ދުރާލައި އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން، މުދަލަށް އޮތް ޑިމާންޑް ބޮޑުވި ނަމަވެސް ބާޒާރުގެ އަގުތައް ވަނީ އެއްވަރެއްގައި ހިފެހެއްޓިފައެވެ. އެގޮތުން، އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކުރެވުނު 23 […]
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރި މުދަލުގެ ތެރެއިން، ނިމިދިޔަ ހަފްތާގައި ޖުމްލަ 1،495 ކޮންޓެއިނަރުގެ މުދާ ކްލިއާކޮށްފައިވާ ކަމަށް އެ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އެމްޕީއެލްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހަފްތާގައި ކްލިއާކުރި ކޮންޓެއިނަރުތަކުގެ ތެރޭގައި އާންމުކޮށް ކެއިންބުއިމަށް ބޭނުންކުރާ ގިނަ ބާވަތްތަކެއް ހިމެނޭއިރު، އެންމެ ގިނައިން ކްލިއާކޮށްފައި ވަނީ ކުކުޅު ބިހެވެ. އެގޮތުން 21،761 ޕެކޭޖުގެ ބިސް ވަނީ ކްލިއާކޮށްފައެވެ. އެހެން ދުވަސްތަކާ ހިލާފަށް މި ރަމަޟާންމަހު އެންމެ ގިނައިން […]
މެދުއިރުމަތީގައި މިހާރު ކުރިޔަށްދާ ހަނގުރާމައާ ގުޅިގެން މިއަދު އެކަނިވެސް 18 ފްލައިޓު ކެންސަލްކޮށްފި ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީން ވަނީ ދެ ދާއިރާއަކުން އެ މިނިސްޓްރީގެ އަދާހަމަ ހާމަކޮށްފައެވެ. އަމީން ވިދާޅުވީ މެދުއިރުމައްޗަކީ ރާއްޖެއަށް އެންމެ ގިނަ އެއާ ކަނެކްޓިވިޓީ އޮތް އަދި އެންމެ ގިނަ ފަތުރުވެރިން، ހަބެއްގެ ގޮތުގައި މެދުއިރުމަތިން ރާއްޖެ އަންނަ ކަމަށާއި ހަނގުރާމައާ ގުޅިގެން ދަތުރުފަތުރުގެ ނިޒާމަށް އަސަރުކުރަމުންދާ ކަމަށެވެ. އެގޮތުން […]











