ޙަބަރު

ފަހުގެ ޚަބަރުތައް

ސަފުހާ 72 / 179

ޙަބަރު

ދިވެހި ސަރުކާރުން ކުރިއަށް ގެންދާ ވަތަނީ ޚިދުމަތުގެ ޕްރޮގްރާމުގެ ތިންވަނަ ބުރުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ. މި ޕްރޮގްރާމަކީ ދިވެހި ޒުވާނުންގެ ހިތްތަކުގައި ގައުމިއްޔަތާއި އިސްލާމްދީނަށް ލޯބި ޖައްސައި، ކާރިސާތަކާއި ގޮންޖެހުންތަކުގައި ގައުމަށް ޚިދުމަތްކުރާނެ ހަރުދަނާ ޖީލެއް އުފެއްދުމުގެ މަގުސަދުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިސްނަންގަވައިގެން ފައްޓަވާފައިވާ ޕްރޮގްރާމެކެވެ. ތިން މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މި ތަމްރީނު ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މެއި މަހުގެ ފަހު ހަފުތާގައި ޅ. މާފިލާފުށީ ހުންނަ […]

ޙަބަރު

ކަނޑުމަގުން ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެ މީހަކު ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މއ. ތަރިޖެހިއާގެ، މާލެ، ޢިސްމާއީލް އަބާން އަބްދުﷲ (25އ) އާއި ސ. މަރަދޫ، ރަތްމާގެ، އަހުމަދު ދާން ފަރްހޫދު (19އ) އެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައެވެ. ފުލުހުން މައުލޫމާތު ދީފައިވާ […]

ޙަބަރު

މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކަށް އަނިޔާކުރި ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން، އެފަދަ އެއްވެސް ޝަކުވާއެއް އެ މީހާގެ ފަރާތުން ލިބިފައިނުވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކޮށްފިއެވެ. މި މައްސަލައަކީ މިދިޔަ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހު ތިން ކިލޯގެ ޑުރަގާއެކު ހައްޔަރުކުރި ބިދޭސީއަކަށް ފުލުހުން އަނިޔާކުރި ކަމަށް ބުނެ ފެންމަތިވެފައިވާ މައްސަލައެކެވެ. މިކަމާ ގުޅިގެން ފުލުހުން ރޭ ބުނީ، އެ މީހާ ބަންދުކުރުމުގެ މަރުހަލާގައި ވެސް އަދި ބަންދުގައި […]

ޙަބަރު

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ އުފެއްދުންތައް ޖަޕާނުގެ މާކެޓުގައި އިތުރަށް ފުޅާކޮށް، ވިޔަފާރީގެ އައު ފުރުސަތުތައް ހޯދުމާ ގުޅޭގޮތުން ޖަޕާނު ސަރުކާރުގެ އިދާރާއެއް ކަމަށްވާ ޖަޕާން އެކްސްޓާނަލް ޓްރޭޑް އޯގަނައިޒޭޝަން (ޖެޓްރޯ) އާއެކު މިއަދު މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ. މި ބައްދަލުވުން ކުރިއަށްދިޔައީ މިފްކޯގެ ވަފުދެއް މިހާރު ޖަޕާނުގެ ޓޯކިޔޯއަށް ކުރަމުންދާ ދަތުރުގެ ތެރެއިން، ޓޯކިޔޯގައި ހުންނަ ޖެޓްރޯގެ މައި އިދާރާގައެވެ. މިފްކޯއިން ހާމަކުރި ގޮތުގައި އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ޖަޕާނު […]

ޙަބަރު

ގދ. މަޑަވެލީގައި ކުރިއަށްގެންދާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދެވަނަ ފޭސްގެ މަސައްކަތް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ސަރުކާރުން ހަވާލުކޮށްފިއެވެ. މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި މަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބް އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު […]

ޙަބަރު

ބައިވެރިޔާގެ ނަމުގައި ބޯހިޔާވަހިކަމެއް އޮތް ނަމަވެސް ގޯއްޗަށް ކުރިމަތިލެވޭ ގޮތަށް ސަރުކާރުން އައު ޕްރޮގްރާމެއް މިއަދު އިފުތިތާހުކޮށްފިއެވެ. މި ޕްރޮގްރާމާ ގުޅޭ ގޮތުން ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ، “ބޯހިޔާވަހިކަން އެންމެންނަށް” ސްކީމަށް މިހާތަނަށް 18،399 އެޕްލިކޭޝަން ލިބިފައިވާ ކަމަށެވެ. އެ ސްކީމް ހުޅުވައިލިއިރު ވެސް 20،000 އަށް ވުރެ ގިނަ ފަރާތްތައް ކުރިމަތިލާނެ ކަމަށް ލަފާކުރެވުނު ނަމަވެސް، ގޯއްޗަށް އެދޭ […]

ޙަބަރު

ކ.ހުރާގެ ކަރަންޓާއި ފެނުގެ ހިދުމަތް ފޯރުކޮށްދިނުމާ ސްޓެލްކޯއިން ހަވާލުކޮށްފިއެވެ. ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ހިދުމަތް ސްޓެލްކޯއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ފެނަކައިގެ ފަރާތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ މުހައްމަދު ނަޖާހު އަދި ސްޓެލްކޯގެ ފަރާތުން އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ޑރ.އަލީ އަޒްވަރެވެ. މި ރަސްމިއްޔާތުގައި ހުރާ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޑރ.އަނާރާ ނައީމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. މި އެއްބަސްވުމާއެކު މާލެ އަތޮޅާއި، އއ އަދި އދ އާއި […]

ޙަބަރު

‘ދަ ގްރޭޓާ އައްޑޫ’ ވިޝަންގެ ތަފްސީލް ރޭ އާޓިފިޝަލް ބީޗްގައި ބޭއްވި ހާއްސަ ހަފްލާއެއްގައި ލޯންޗުކޮށްފިއެވެ. މި ހަފްލާގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުއާއި ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ފަލާހް ބައިވެރިވެވަޑައިގަނެފައިވެއެވެ. އަދި އައްޑޫ ސިޓީގެ ރައްޔިތުންނާއި ޕީއެންސީގެ މެންބަރުންނާއި އެޕާޓީގެ ގިނަ ސަޕޯޓަރުން ވެސް ވަނީ ބައިވެރިވެފައެވެ. މި ހަފްލާގައި އައްޑޫ ތަރައްގީ ކުރުމަށް މިސަރުކާރުން، ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދިއުމަށް ނިއްމާފައިވާ ކަމުގެ އުފާވެރި ހަބަރު ވަނީ ދީފައެވެ. މި […]

ޙަބަރު

“އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން” (އައިއޯއާރްއޭ) އަކީ ސަރަހައްދީ އެއްބާރުލުން އިތުރުކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ޖަމިއްޔާއެއް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ. މިއަދު ފާހަގަކުރަމުންދާ އައިއޯއާރްއޭ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރު ދެއްވި މެސެޖެއްގައި ވިދާޅުވީ، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަކީ ރާއްޖޭގެ ދެމިއޮތުމާއި ކުރިމަގުގެ ތަނަވަސްކަމާ ސީދާ ގުޅިފައިވާ ކަމެއް ކަމަށާއި ރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް މި ޖަމިއްޔާގެ ބޭނުންތެރިކަން ބޮޑުކަމަށެވެ. މިގޮތުން […]

ޙަބަރު

މާލޭގެ އުތުރު ފަރާތުގައި ހުންނަ މަސްޖިދުއްސުލްތާން މުހައްމަދު ޝަމްސުއްދީން ނުވަތަ މަޝްހޫރު ނަމުން ނަމަ ބަންޑާރަ މިސްކިތް ހުރި ތަނުގައި އާ މިސްކިތެއް ބިނާކުރުމާ މެދު އާންމުންގެ މެދުގައި ބޮޑެތި ބަހުސްތަކެއް އުފެދިފައި ވަނިކޮށް، އެކަމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ. މި މައްސަލަ ފެންމަތިވީ، ބަންޑާރަ މިސްކިތް ހުރި ތަނުގައި ޒަމާނީ ބޮޑު މިސްކިތެއް އެޅުމަށް ދީލަތި ފަރާތަކުން އެހީތެރިކަން ހަމަޖައްސައިދީފައިވާ ކަމަށާއި، […]

ޙަބަރު

ކުރިއަށް އޮތް20 އަހަރަށް އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުވެގެންދާނެ މަޝްރޫއެއްގައި ސޮއިކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވެފައި ވަނީ ‘ދަ ގްރޭޓާ އައްޑޫ’ ވިޝަންގެ ތަފްސީލް ލޯންޗު ކުރުމަށް ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުންނެވެ. ރައީސް ވިދާޅުވި ގޮތުގައި އެތައް ދައުރެއް ނިމިގެން ދިޔަ އިރުވެސް އައްޑޫ ސިޓީގައި އަދާ ހަމައަށް ހައްލު ނުވެ އޮތް އެންމެ ބޮޑު މައްސަލައަކީ ކަރަންޓުގެ މައްސަލަ އެވެ. އެހެންވެ، މި […]

އަޕްޑޭޓު
ޙަބަރު

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އަލަށް ފެށި “ސީ-ޓު-އެއާ ކާގޯ” ހިދުމަތަށް ބޮޑު ކުރިއެރުމެއް ލިބެމުންދާކަން އެ ކުންފުނިން ހާމަކޮށްފި އެވެ. އެމްޕީއެލުން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ނިމިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި އެކަނިވެސް މި ހިދުމަތް މެދުވެރިކޮށް 99 ޓަނަށް ވުރެ ގިނަ މުދާ ވަނީ އުފުލާފައެވެ. ކަނޑު މަގުން ގެންނަ މުދާ ވައިގެ މަގުން ދުނިޔޭގެ އެކި ހިސާބުތަކަށް ފޮނުވައިދޭ މި ހިދުމަތަކީ 2024 ވަނަ އަހަރު ރާއްޖޭގައި އަލަށް ފެށި ހިދުމަތެކެވެ. […]