ޙަބަރު

ފަހުގެ ޚަބަރުތައް

ސަފުހާ 53 / 179

ޙަބަރު

އޮންލައިން ނޫސް “އަދަދު” އިން ތައްޔާރުކޮށް އާންމުކުރި “އައިޝާ” ޑޮކިއުމެންޓްރީއާ ގުޅިގެން ފުލުހުން ފަށާފައިވާ ތަހުގީގަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނުވަތަ ސަރުކާރުގެ އެއްވެސް އިދާރާއަކުން އަންގައިގެން ކުރިއަށްގެންދާ ކަމެއް ނޫން ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މުންދު ވިދާޅުވީ، ރާއްޖޭގައި ގާނޫނީ ގޮތުން ތަހުގީގެއް ހިންގަން އެންގުމުގެ ބާރު އޮންނަނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ކަމަށެވެ. […]

އަޕްޑޭޓު
ޙަބަރު

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ދިވެހިރާއްޖެ ފަހަތަށް ސިފަވަމުންދަނީ ހަމައެކަނި ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ނޫން ކަމަށާއި، އެއީ އެންމެންގެ ޒިންމާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެއެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރާއްޖޭގެ ދަރަޖަ ހަތަރު ދަރަޖަ ދަށަށް ގޮސްފައިވަނީ ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލްތަކާއި މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން އުފެއްދުމާ ގުޅިގެންތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މުންދު ވިދާޅުވީ، ޕްރެސް […]

ޙަބަރު

ސަރުކާރުގެ މަސައްކަތްތަކާއި ގުޅޭ މަޢުލޫމާތުތައް ހާމަކަން ބޮޑު ގޮތެއްގައި ނޫސްވެރިންނަށް ފޯރުކޮށްދިނުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު ކޮންމެ ހަފުތާއަކު ނޫސްވެރިންނާ ބައްދަލުކުރެއްވުމުގެ ހާއްސަ ޕްރޮގްރާމެއް މިއަދު ފައްޓަވައިފިއެވެ. “ޕްރެސަރ ވިތު ދަ ސްޕޯކްސް” ގެ ނަމުގައި މިއަދު ފެށި މި ޕްރޮގްރާމުގެ ފުރަތަމަ ބައްދަލުވުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ވަނީ ބާއްވާފައެވެ. މި ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވަމުން ތަރުޖަމާނު ވިދާޅުވީ، އޭނާ މާލޭގައި ހުންނަވާ ކޮންމެ ހަފުތާއެއްގެ ބުރާސްފަތި ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވައި މަޢުލޫމާތު ހިއްސާކުރައްވާނެ […]

ޙަބަރު

ރާއްޖޭގައި ދިގު މުއްދަތަކަށް ތެޔޮ ރައްކާކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، ތެލުގެ ރިޒާވް ޤާއިމްކުރުމަށް މާލެ ސަރަޙައްދުގެ ދެ ފަޅެއް ބަލަމުންދާ ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އެކުލަވާލާފައިވާ ކްރައިސިސް ކޮމިޓީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޒަމީރު ވިދާޅުވީ، މި މަޝްރޫޢަކީ މާލީ ވުޒާރާއާއި އިޤްތިޞާދީ ވުޒާރާ އަދި އެސްޓީއޯ ގުޅިގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެއް ކަމަށެވެ. […]

ޙަބަރު

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވުމާ ގުޅިގެން ބާއްވާ ބައި-އިލެކްޝަންގައި، ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކީ އަހުމަދު ސައީދު (ސޮޑާ) ކަމަށް އެ ޕާޓީން މިއަދު އިއުލާނުކޮށްފިއެވެ. ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމު ވަނީ އެކަން އިއުލާންކުރައްވާފައެވެ، މި ބައްދަލުވުމުގައި ކެންޑިޑޭޓް އަހުމަދު ސައީދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ސައީދަކީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެ ޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވައި ނާކާމިޔާބީއާ ކުރިމަތިލާންޖެހުނު ކެންޑިޑޭޓެއް […]

ޙަބަރު

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިޚާބުވާ ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ވަކިކުރުމުން މެންބަރުކަމުގެ ގޮނޑި ގެއްލޭގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލުކުރެވޭނެ ގާނޫނީ ހަމައެއް ނެތްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ. މި މައްސަލައަކީ ގާނޫނީ ވަކީލު އަދި މަޖިލީހުގެ ކުރީގެ މެންބަރު އަލީ ހުސައިންގެ ފަރާތުން މިދިޔަ އަހަރު ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައެކެވެ. މި މައްސަލައިގެ ހުކުމް އިއްވުން ލަސްވެގެން ދިޔައީ ކޯޓުގެ ބެންޗަށް އައި ބޮޑެތި ބަދަލުތަކަކާ ގުޅިގެންނެވެ. އެގޮތުން މައްސަލައިގެ […]

ޙަބަރު

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި ވާދަކޮށް، އދ. މަންދޫ ކައުންސިލްގެ އަންހެން މެންބަރު ކަމަށް އިންތިޚާބުވި ޝަހީމާ ޝިހާބު، ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ސޮއިކޮށްފިއެވެ. ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަން އިއުލާން ކުރައްވަމުން އެ ޕާޓީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވީ، ޝަހީމާ ޕީއެންސީއާ ގުޅިވަޑައިގަތުމަށް ނިންމެވި ނިންމެވުމަށް ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ […]

ޙަބަރު

ބައެއް ސިޔާސީ ޕާޓީތަކުން މިދުވަސްވަރު ކުރިއަށްގެންދާ ހަރަކާތްތަކަކީ ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ހިންގާ ހަރަކާތްތަކަކަށް ހެދުމަށް އިލެކްޝަންސް ކޮމިޝަނުން ދެ ސިޔާސީ ޕާޓީއަކަށް އަންގައިފިއެވެ. މިކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ސިޓީ ފޮނުވާފައިވަނީ އިދިކޮޅު މައި ޕާޓީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަދި ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އަށެވެ. އިލެކްޝަންސް ކޮމިޝަނުން އިއްޔެ ފޮނުވި ސިޓީގައި ބަޔާންކޮށްފައިވަނީ، މި ދެ ޕާޓީން މާލޭގައި ސިލްސިލާކޮށް ކުރިއަށްގެންދާ ސިޔާސީ ހަރަކާތްތަކުގައި އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު […]

ޙަބަރު

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިވާ މުއްދަތު އިލެކްޝަންސް ކޮމިޝަނުން އިތުރުކޮށްފިއެވެ. އިލެކްޝަންސް ކޮމިޝަނުން މިއަދު ހާމަކުރި ގޮތުގައި، މި އިންތިޚާބުގައި ވާދަކުރުމަށް އެދި ހުށަހެޅުމުގެ ސުންގަޑި މިހާރު ވަނީ އަންނަ މެއި މަހުގެ ދެވަނަ ދުވަހުގެ މެންދުރުފަހު 3:00 އާ ހަމައަށް އިތުރުކޮށްފައެވެ. މި ދާއިރާގެ ބައި-އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހުއެވެ. ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އެ […]

ޙަބަރު

ޅ. ނައިފަރަށް ދިމާވެފައިވާ ބިމުގެ ދަތިކަން ޙައްލުކުރުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ ބިޔަ މަޝްރޫޢުގެ ބޮޑު ބައެއް ނިމިފައިވާކަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ. މި މަޝްރޫޢާ ގުޅޭގޮތުން އެމްޓީސީސީން ސޯޝަލް މީޑިއާގައި އާންމުކުރި މަޢުލޫމާތުތަކަށް ބަލާއިރު، މުޅި މަޝްރޫޢުގެ 70 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިންމާލެވިފައެވެ. މީގެ ތެރެއިން ބިން ހިއްކުމަށްޓަކައި ވެލި އެޅުމުގެ 95 އިންސައްތަ މަސައްކަތް މިހާރު ވަނީ ފުރިހަމަކޮށްފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ […]

ޙަބަރު

ދޮގު މަޢުލޫމާތު ފެތުރުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށާއި، ހަގީގަތް ހާމަކުރުމަކީ މަޖުބޫރުކަމެއް ކަމަށް މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް ޢަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒަށް އަމާޒުކޮށް “އަދަދު” ނޫހުން ތައްޔާރުކޮށްފައިވާ “އައިޝާ” ޑޮކިއުމެންޓްރީއާ ގުޅިގެން ފުލުހުން އެ ނޫހުގެ އޮފީސް ބަލައި ފާސްކުރަން ފަށާފައިވާއިރު، މި މައްސަލައިގައި ރާފިއު ވަނީ ނޫސްވެރިކަމުގެ އަޚުލާގީ މިންގަނޑުތައް ހިފެހެއްޓުމަށް ގޮވާލައްވާފައެވެ. މިދިޔަ މާރިޗު މަހު “އަދަދު” ނޫހުން އާންމުކުރި މި ޑޮކިއުމެންޓްރީއާ […]

އަޕްޑޭޓު
ޙަބަރު

ނޫސްވެރިކަމުގެ މިނިވަންކަމަކީ ކޮންމެ މީހަކަށްމެ އޮންނަންޖެހޭނެ ހައްގެއް ކަމަށްވީ ނަމަވެސް، އެ ހައްގުގެ ބޭނުން ހިފަންވާނީ ވަކި ހައްދެއްގެ ތެރެއިން ކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަލްސަން އަހުމަދު ވިދާޅުވެއްޖެއެވެ. މެންބަރު އަލްސަން މިފަދައިން ވިދާޅުވީ، “އަދަދު” ނޫހުން އާންމުކުރި “އައިޝާ” ޑޮކިއުމެންޓްރީއާ ގުޅިގެން ފުލުހުން އެ ނޫހުގެ އޮފީސް ބަލައި ފާސްކުރަން ފެށުމާ ގުޅިގެން ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައެވެ. މެންބަރު ވިދާޅުވީ، މީހުންގެ އަބުރު ކަތިލުމާއި ޒިނޭގެ ދޮގު ތުހުމަތު އެޅުވުން ފަދަ […]

އަޕްޑޭޓު