ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ޒިންމާދާރުކަމާއެކު ބޭނުންކުރަންޖެހޭ ހައްގެއް ކަމަށާއި، އެ މިނިވަންކަން ބޭނުންކުރަންވާނީ އިސްލާމްދީނާއި ގާނޫނީ އިމުގެ ތެރެއިންކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. މިކަން ހާމަކުރައްވައި ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ، ރާއްޖޭގެ ނޫސްވެރިންނަށް ގާނޫނުއަސާސީން ފުރިހަމަ މިނިވަންކަން ލިބިދީފައިވާއިރު، އެ ހައްގު ރައްކާތެރިކޮށް އިތުރަށް ހަރުދަނާކުރުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ. އަދި ދުނިޔޭގެ ނިސްބަތުން ނޫސްވެރިކަމުގެ މިނިވަންކަން އެންމެ […]
ޙަބަރު
ފަހުގެ ޚަބަރުތައް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާ ދެކޮޅަށް ދޮގު މައުލޫމާތު ފެތުރި މައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގުމުގެ ފުރިހަމަ ހައްގާއި މަސްއޫލިއްޔަތު ފުލުހުންނަށް އޮންނާނެ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ވަޒީރު މިފަދައިން ވިދާޅުވީ “އަދަދު” ނޫހުން އާންމުކުރި ޑޮކިއުމެންޓްރީއަކާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ އިސްތަށިފުޅުގައި ދޮގު އިލްޒާމު އެޅުވި މައްސަލައިގައި އެ ނޫހުގެ އޮފީސް ފުލުހުން ބަލައި ފާސްކުރަން ފެށުމާ ގުޅިގެންނެވެ. ވަޒީރު އިޙްސާން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އަސާސެއް ނެތް […]
ސަރުކާރުގެ ބައެއް ވަޒީރުން މަގާމުން ވަކިކުރެއްވީ އެ ބޭފުޅުންގެ މަސައްކަތުގެ ފެންވަރު ދަށްވެގެން ނޫން ކަމަށާއި، އެއީ ސަރުކާރުގެ ހިންގުން ހަރުދަނާކޮށް ހަރަދު ކުޑަކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން ނެންގެވި ފިޔަވަޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު މަދުކުރުމާއި، ދައުލަތުގެ އިދާރީ ހަރަދުތައް ކުޑަކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުންދާ […]
ރައީސްގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށް، އަދަދު ނޫހުން ނެރުނު ‘އައިޝާ’ ޑޮކިއުމެންޓްރީ ރައީސް ދޮގުކުރައްވައިފިއެވެ. ރައީސް މިކަން ދޮގުކުރެއްވީ މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އަދަދު ނޫހުން މިކަމާ ވިދިގެން ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. ރައީސް ވިދާޅުވީ އެ ޑޮކުމެންޓްރީގެ ހުރިހާ ވާހަކަތަކަކީ ވެސް ދޮގު ވާހަކަ ތަކެއްކަމަށެވެ. އަދި މިފަދަ ދޮގުވާހަކަ ދެއްކި ހުރިހާ ފަރާތްތަކާ ދެކޮޅަށް ދައުވާ ކުރާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ. “ކަނޑައެޅީގެން ދޮގު ވާހަކަ އެއް. […]
ރާއްޖޭގެ ފަތުރުވެރިކަން ދުނިޔޭގެ ބާޒާރުގައި އިޝްތިހާރުކޮށް ކުރިއެރުވުމުގެ މައިގަނޑު މަސްއޫލިއްޔަތު އަދާކުރާ ކުންފުނި، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު އާ ހަތަރު މެންބަރަކު އައްޔަންކޮށްފިއެވެ. ސަރުކާރުގެ ކުންފުނިތަކުގެ ބޯޑުތަކަށް ބަދަލު ގެނައުމުގެ ޒިންމާ އޮންނަ ޕީސީބީން ވިދާޅުވި ގޮތުގައި، ވިޒިޓް މޯލްޑިވްސްގެ ބޯޑަށް މިއަދު އައްޔަންކުރެއްވި ހަތަރު ބޭފުޅުންނަކީ: ހުދާ ފަހީމް (ކ. ތުލުސްދޫ / ވިލަރެސް) އާއިޝަތު މަލްހާ (ރ. ރަސްގަތީމް / […]
މާލެ ސިޓީގައި 500 ސޯޝަލް ހައުސިންގް ޔުނިޓް ތަރައްގީކުރުމަށް ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދު މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޗައިނާގެ ވެރިރަށް ބެއިޖިންގައި މިދިޔަ އަންގާރަ އަދި ބުދަ ދުވަހު ކުރިއަށްދިޔަ “ތާޑް ހައި-ލެވެލް ކޮންފަރެންސް އޮން ގްލޯބަލް އެކްޝަން ފޯ ޝެއާޑް ޑިވެލޮޕްމަންޓް” ކޮންފަރެންސްގެ ހަވާސާގައެވެ. ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ހާމަކުރި ގޮތުގައި، މި މަޝްރޫއަކީ މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު […]
މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމަށް މަގުމަތިން ހަމަލާދޭން އުޅުނު މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން އަމިއްލަ އިސްނެންގެވުމުގެ މަތިން ތަޙުޤީޤުކުރަން ފަށައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބޭއްވި ހަރަކާތެއްގެ ތެރެއިންނެވެ. މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، މީހަކު މޭޔަރު އާޒިމަށް ހަމަލާދޭން މަސައްކަތް ކުރުމުން، އެ ވަގުތު އޭނާގެ އަރިހުގައި ތިބި މީހުން ވަނީ އެ މީހާ ހުއްޓުވާފައެވެ. […]
400 މިލިއަން އެމެރިކާ ޑޮލަރުގެ ކަރަންސީ ސްވެޕް އެގްރިމަންޓުގެ ދަށުން ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަން ޖެހޭ ފައިސާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދައްކާ ހަލާސްކޮށްފިއެވެ. މި ފައިސާއަކީ “ފްރޭމްވޯކް އޮން ކަރަންސީ ސްވޮޕް އެރޭންޖްމަންޓް ފޯ ސާކް ކަންޓްރީޒް 2024-2027” ގެ ދަށުން، މިދިޔަ އޮކްޓޫބަރު މަހު އެމްއެމްއޭ އާއި ރިޒާވް ބޭންކް އޮފް އިންޑިއާ (އާރް.ބީ.އައި) އާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން ބޭނުންކުރި ފެސިލިޓީއެކެވެ. ހާރިޖީ ވުޒާރާއިން މިއަދު ނެރުނު […]
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބޭއްވި ޕްރައިމަރީ، އެ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާން ކާމިޔާބު ކުރައްވައިފިއެވެ. މިދިޔަ ހޮނިހިރު ދުވަހު އައްޑޫ ސިޓީގައާއި މާލޭގައި ކުރިއަށްދިޔަ މި އިންތިޚާބުގައި ސިނާނާ ވާދަކުރެއްވީ އައްޑޫ ސިޓީ ކައުންސިލްގެ ހިތަދޫ މޫލެކެޑެ ދާއިރާގެ މެންބަރު އަހުމަދު ސައީދު (ސޮޑާ) އެވެ. މި ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 727 މީހުންގެ ތެރެއިން […]
ރާއްޖޭގެ ތިން އަތޮޅެއްގެ ރަށްތަކުގައި ފެނަކަ ކޯޕަރޭޝަނުން ފޯރުކޮށްދެމުން އައި ޔޫޓިލިޓީ ޚިދުމަތްތައް، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އާ މިއަދު ރަސްމީކޮށް ހަވާލުކޮށްފިއެވެ. މި ބަދަލަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ނިންމެވުމުގެ މަތިން، ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ސަރުކާރުން ފައްޓަވާފައިވާ މަސައްކަތްތަކުގެ ތެރެއިން ގެނައި ބަދަލެކެވެ. މި ނިންމުމާއެކު ބ، ޅ އަދި މ އަތޮޅުގެ ރަށްތަކުގެ ހުރިހާ ޔޫޓިލިޓީ ޚިދުމަތެއް ދެން […]
ސްވިޒަލޭންޑުގެ މަޝްހޫރު އެއަރލައިން، އެޑަލްވިސްއިން ކުރިއަށް އޮތް ސަމާ މޫސުމާ ދިމާކޮށް ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރުމަށް ނިންމައިފިއެވެ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ހާމަކޮށްފައިވާ ގޮތުގައި، އެޑަލްވިސްއިން މިހާރު ކުރަމުންދާ ދަތުރުތަކުގެ އިތުރުން، ޖުލައި މަހުގެ 4 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ހަފުތާއަކު އިތުރު ދެ ފްލައިޓް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުތައް ކުރުމަށް ތާވަލުކޮށްފައިވަނީ ކޮންމެ ހަފުތާއެއްގެ ބުދަ އަދި […]
މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ “އާއިލީ ބޯހިޔާވަހިކަން” ޕްރޮގްރާމުގެ ދަށުން، ގޯއްޗާއި ފްލެޓަށް އެދި މިހާތަނަށް 20،000 އަށްވުރެ ގިނަ ފޯމު ހުށަހަޅާފައިވާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު މުއްތަލިބް ވިދާޅުވީ، ސިސްޓަމަށް މިހާތަނަށް 20،000 އަށްވުރެ ގިނަ ފޯމު ފުރިހަމަކޮށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ހުށަނާޅައި، ފުރުމުގެ […]









