ޙަބަރު

ފަހުގެ ޚަބަރުތައް

ސަފުހާ 36 / 179

ޙަބަރު

އިންޑިއާއިން ދިވެހިރާއްޖެއަށް އެކްސްޕޯޓްކުރާ ޕެޓްރޯލިއަމްގެ އުފެއްދުންތަކުން (ޕެޓްރޯލާއި ޑީސަލުން) ނަގަމުން އައި ޓެކްސްތަކެއް މާފުކުރުމަށް އިންޑިއާ ސަރުކާރުން ނިންމައިފިއެވެ. އިންޑިއާގެ ސެންޓްރަލް ބޯޑް އޮފް އިންޑައިރެކްޓް ޓެކްސަސް އެންޑް ކަސްޓަމްސް އިން ހާމަކޮށްފައިވާ ގޮތުގައި، މި ބަދަލާއެކު ރާއްޖެއަށް ފޮނުވާ ތެލުން ނަގާ ސްޕެޝަލް އެޑިޝަނަލް އެކްސައިޒް ޑިއުޓީ އަދި ރޯޑް އެންޑް އިންފްރާސްޓްރަކްޗަރ ސެސްސްޕެޝަލް އެޑިޝަނަލް އެކްސައިޒް ޑިއުޓީ އަދި ރޯޑް އެންޑް އިންފްރާސްޓްރަކްޗަރ ސެސް ވަނީ މާފުކޮށްދީފައެވެ. މީގެ ކުރިން މި ދެ ޓެކްސް ނެގުމުން […]

އަޕްޑޭޓު
ޙަބަރު

ސިވިލް ސަރވިސްގެ މުވައްޒަފުން އޮފީހަށް ހާޒިރުވުމުގައި ދިމާވާ ކުއްލި ދަތިތަކަށް ލުޔެއް ދިނުމުގެ ގޮތުން، ރަސްމީ ގަޑި ފެށޭފަހުން 30 މިނިޓުގެ ލުއި ވަގުތެއް (ބަފަރ ޓައިމް) ދިނުމަށް ސިވިލް ސަރވިސް ގަވާއިދަށް އިޞްލާޙު ގެނެސްފިއެވެ. ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އިން ހާމަކުރި ގޮތުގައި، މި ބަދަލުގެ ދަށުން އޮފީސް ފެށޭ ގަޑިން ފެށިގެން ފުރަތަމަ 30 މިނިޓު ތެރޭގައި އޮފީހަށް ހާޒިރުވާ މުވައްޒަފުން ކުރިން ހުއްދަ ހޯދާކަށް ނުޖެހޭނެއެވެ. ނަމަވެސް، 30 މިނިޓަށްވުރެ ލަސްވެއްޖެ […]

އަޕްޑޭޓު
ޙަބަރު

ކުށުގެ މާހައުލުތަކާއި މަސްތުވާތަކެތީގެ ނުރައްކަލަށް ހުށަހެޅިފައިވާ ކުޑަކުދިން އެފަދަ މާހައުލުތަކުން ސަލާމަތްކޮށް، މުޖުތަމައަށް ބޭނުންތެރި، އަބުރުވެރި އަދި ބިނާކުރަނިވި ބަޔަކަށް ހެދުމަކީ މި ސަރުކާރުގެ އެންމެ އިސް ސިޔާސަތު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެއެވެ. ރައީސް އޮފީހުން ގެނެސްދޭ “ދަ ޕަލްސް” ޕޮޑްކާސްޓްގެ ތިންވަނަ އެޕިސޯޑުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލައަށް އޮތް އެންމެ ބޮޑު ހައްލަކީ އެފަދަ ނޭދެވޭ މާހައުލުތަކުގައި ތިބި ކުދިން ސަލާމަތްކުރުން ކަމަށެވެ.ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ކުށުގެ މާހައުލަށް […]

އަޕްޑޭޓު
ޙަބަރު

މާލޭ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫޢުގެ (ފޭސް 1) ތާރު އެޅުމުގެ މަސައްކަތަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް ނިމި، އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ. އެމްޓީސީސީއިން ހާމަކުރި ގޮތުގައި، މަޝްރޫޢުގެ ސައިޓަށް ބޭނުންވާ ތާރު އަޅާ މެޝިނަރީޒް މިހާރު ވަނީ ގެންގޮސްފައެވެ. މީގެއިތުރުން، ސެގްމެންޓް 4 އަދި 5 ގެ ސަބް–ބޭސް މަސައްކަތްތައް މިހާރު ވަނީ ފެށުމަށް ތައްޔާރުވެފައެވެ. އެމްޓީސީސީއިން ބުނީ، ޝީޓް ޕައިލް ކުރުމުގެ މަސައްކަތްތައް ވެސް ބާރު ދުވެލީގައި ކުރިއަށްދާ ކަމަށެވެ. ހަމަމިއާއެކު، […]

ޙަބަރު

ދުންފަތުގެ ބައެއް ބާވަތްތަކާއި ސިނގިރޭޓުން ނަގަމުން އައި އިމްޕޯޓް ޑިއުޓީ ކުޑަކުރުމަށްޓަކައި އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ގެނައި އިސްލާހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފިއެވެ. މި އިސްލާހަކީ 2026 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ނުވަވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ. ރައީސް މި ބިލު ތަސްދީގުކުރައްވައި، ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރެއްވުމާއެކު މިހާރު ވަނީ މި ގާނޫނަށް ރަސްމީކޮށް އަމަލުކުރަން ފަށާފައެވެ. މި ގެނެވުނު ބަދަލާއެކު، ސިނގިރޭޓާއި ބިޑީގެ އިތުރުން ރޯކުރުމެއްނެތި ހޫނުކޮށްގެން […]

އަޕްޑޭޓު
ޙަބަރު

މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ބޯޑް މެންބަރުކަމާއި މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަގާމަށް، ދ. ކުޑަހުވަދޫ، ޝަބްނަމީގެ، އަލްއުސްތާޛް މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް އައްޔަނުކުރައްވައިފިއެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ވަނީ ރަސްމީކޮށް މިކަން ހާމަކޮށްފައެވެ. ހައްޖު ކޯޕަރޭޝަންގެ އެންމެ އިސްވެރިޔާގެ މަގާމާ މިއަދު ފިރުޒުލް ހަވާލުވެވަޑައިގެންފައިވާއިރު، އޭނާއަކީ ގާނޫނީ ދާއިރާގެ ބޭފުޅެކެވެ.މަގާމަށް އައްޔަނުކުރެއްވުމުގެ ކުރިން ފިރުޒުލް ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ ގެ މަގާމުގައެވެ. […]

އަޕްޑޭޓު
ޙަބަރު

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުން އައި ހުރިހާ ރީޓެއިލް ފާމަސީތަކެއް، ސަރުކާރުގެ އައު ބޭސް ކުންފުނި “ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިސް ކޯޕަރޭޝަން ލިމިޓެޑް” (ސްޓޭޓް ފާމާ) ގެ ދަށަށް ރަސްމީކޮށް ބަދަލުކޮށްފިއެވެ. ސްޓޭޓް ފާމާ އިން އެކްސްގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނީ، އެކުންފުނީގެ މައިގަނޑު މަގުސަދަކީ މުޅި ރާއްޖޭގައި ބޭހުގެ ހިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދީ، ހިދުމަތް އތުރަށް ހަރުދަނާކޮށް ފެންވަރު ރަނގަޅުކުރުމުގައި ސާބިތުކަމާއެކު ދެމިތިބުން […]

އަޕްޑޭޓު
ޙަބަރު

ނިމިދިޔަ އަހަރު ފާހަގަކުރި ރާއްޖޭގެ މިނިވަންކަމުގެ 60 ވަނަ އަހަރީ ދުވަހުގެ ރަސްމީ ހަރަކާތްތަކަށް ޖުމްލަ 4،137،884 (ހަތަރު މިލިއަން އެއްލައްކަ ތިރީސް ހަތްހާސް އަށްސަތޭކަ އަށްޑިހަ ހަތަރު) ރުފިޔާ ޚަރަދުވެފައިވާ ކަމަށް މިނިސްޓަރ އޮފް އަރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ހީނާ ވަލީދު ހާމަކުރައްވައިފިއެވެ. މިނިސްޓަރު ހީނާ މިކަން ހާމަކުރެއްވީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެެވެ. ހީނާ ވިދާޅުވީ، މިނިވަން ދުވަހުގެ މުނާސަބަތުގައި ހިނގި ހުރިހާ ޚަރަދަކީ ހަމައެކަނި […]

ޙަބަރު

މާލޭގެ މައި ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، ބިންގާ އެޅުމުގެ ރަސްމިއްޔާތު އަންނަ ޖުލައި 6 ގައި ބޭއްވުމަށް ސަރުކާރުން ނިންމައިފިއެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، މިއީ ރާއްޖޭގެ އިގްތިސާދު ހަރުދަނާކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސައްވުރުގެ ދަށުން ހިންގާ އެންމެ މުހިންމު އެއް މަޝްރޫއު ކަމަށެވެ. މާލޭގެ ބަނދަރު ބަދަލުކުރަން ޖެހުނު […]

ޙަބަރު

ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި ކަސްޓަމްސް އިން އަތުލައިގަތް މަސްތުވާތަކެތީގެ މިންވަރު އޭގެ ކުރީގެ ތިން އަހަރާ އަޅާބަލާއިރު 31.1 އިންސައްތަ ގިނަ ކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. ކަސްޓަމްސް އިން ހާމަކުރިގޮތުގައި، ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި ކަސްޓަމްސް އިން 324 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ 147 މައްސަލައެއް ތަހުގީގުކޮށްފައިވާއިރު، އޭގެ ކުރީގެ ތިން އަހަރު އަތުލައިގަތީ 247 ކިލޯގެ މަސްތުވާތަކެތީގެ އިތުރުން 116 މައްސަލައެވެ. އެހެންކަމުން މައްސަލަތައް ރިޕޯޓްކުރި ނިސްބަތް […]

ޙަބަރު

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން، މިއަހަރުގެ މާރިޗު އަދި އޭޕްރީލް މަހު ރާއްޖޭގެ ފަތުރުވެރިކަން ދަށަށް ދިޔަ ނަމަވެސް، ސަރުކާރާއި އިންޑަސްޓްރީ ގުޅިގެން އެޅި ފިޔަވަޅުތަކާއެކު މިހާރު ހާލަތު ރަނގަޅުވެ، މި މަހުން ފެށިގެން ކުރިއެރުން ލިބެމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން އަމީން ވިދާޅުވީ، ޖެޓް ފިއުލްގެ އަގު ހެޔޮކޮށް، ބަދަލު ރޫޓުތައް ހަމަޖެއްސުމުން، 2026 ގެ ފަހު ކުއާޓަރުތަކުގައި ފަތުރުވެރިކަން 2025 ވަނަ […]

ޙަބަރު

މި އަހަރުގެ މެއި މަހު ޒަކާތު ފަންޑަށް 7.59 މިލިއަން ރުފިޔާ ބަލައިގަނެ، އެ ފަންޑުން 2.7 މިލިއަން ރުފިޔާ ބަހައިފިކަމަށް މޯލްޑިވްސް ޒަކާތު ހައުސް އިން ހާމަކޮށްފިއެވެ. މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކުރި ގޮތުގައި މިއަހަރުގެ މޭ މަހު މުދަލު ޒަކާތުގެ ގޮތުގައި 7.5 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ބަލައިގަނެފައެވެ. އަދި ހަމަ އެ މަހުގެ ތެރޭގައި އެކި އެހީތަކަށާއި މަޝްރޫއުތަކަށް ޒަކާތު ފަންޑުން 2.6 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ދޫކޮށްފައެވެ. ޒަކާތު […]

އަޕްޑޭޓު