ޙަބަރު
ތިލަފުށީގައި ބޮޑު ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް އަންނަ މަހު ފަށަނީ

މާލޭގެ މައި ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، ބިންގާ އެޅުމުގެ ރަސްމިއްޔާތު އަންނަ ޖުލައި 6 ގައި ބޭއްވުމަށް ސަރުކާރުން ނިންމައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، މިއީ ރާއްޖޭގެ އިގްތިސާދު ހަރުދަނާކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސައްވުރުގެ ދަށުން ހިންގާ އެންމެ މުހިންމު އެއް މަޝްރޫއު ކަމަށެވެ.






ކޮމެންޓު