ޙަބަރު
ފާއިތުވި ދެ އަހަރާއި ބައިގައި އަތުލައިގަތް މަސްތުވާތަކެތި 31.1 އިންސައްތަ އިތުރުވެއްޖެ!

ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި ކަސްޓަމްސް އިން އަތުލައިގަތް މަސްތުވާތަކެތީގެ މިންވަރު އޭގެ ކުރީގެ ތިން އަހަރާ އަޅާބަލާއިރު 31.1 އިންސައްތަ ގިނަ ކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ކަސްޓަމްސް އިން ހާމަކުރިގޮތުގައި، ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި ކަސްޓަމްސް އިން 324 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ 147 މައްސަލައެއް ތަހުގީގުކޮށްފައިވާއިރު، އޭގެ ކުރީގެ ތިން އަހަރު އަތުލައިގަތީ 247 ކިލޯގެ މަސްތުވާތަކެތީގެ އިތުރުން 116 މައްސަލައެވެ. އެހެންކަމުން މައްސަލަތައް ރިޕޯޓްކުރި ނިސްބަތް ވަނީ 27 އިންސައްތަ އިތުރުވެފައެވެ.






ކޮމެންޓު