އެމްޓީސީސީ

ޙަބަރު

އެމްޓީސީސީން ހިއްސާއަކަށް 3 ރުފިޔާ ބެހުމަށް ފާސްކޮށްފި

މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އިން ކޮންމެ ހިއްސާއަކަށް 3 ރުފިޔާ ބެހުމަށް ފާސްކޮށްފި އެވެ. މި ގޮތަށް ފާސްކުރީ އެ ކުންފުނީގެ2025 ވަނަ އަހަރު އަހަރީ ޖަލްސާގައެވެ. މި ޖަލްސާގައި އެ ކުންފުނީގެ59 ހިއްސާދާރުން ވަނި ބައިވެރިވެފައެވެ. އަދި ޕްރޮކްސީ މެދުވެރިކޮން14 ހިއްސާދާރުން ވަނީ ތަމްސީލުކޮށްފައެވެ. މި ޖަލްސާގައި2025 ވަނަ އަހަރަށް ހިއްސާގެ ފައިދާގެ ގޮތުގައި މޫނުމަތީ އަގު 5 ރުފިޔާގެ ކޮންމެ ހިއްސާއަކަށް 3 ރުފިޔާގެ ބެހުމަށް ވަނީ ފާސްކޮށްފައެވެ. އަދި […]

ޙަބަރު

ރާއްޖޭގެ11 ރަށެއްގައި މަގު ހެދުމަށް ލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާ ހަވާލުކޮށްފިއެވެ. މި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް އިސްމާއިލް ހަމީދު އެވެ. އަދި އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޖަމްޝީދުއެވެ. މަގު ހަދަން ހަވާލުކޮށްފަވާ11 ރަށަކީ: އއ. ފެރިދޫ އއ. މަތިވެރި ބ. ދަރަވަންދޫ ބ. ކެންދޫ ފ. ފީއަލީ ނ. މަގޫދޫ ރ. އިންނަމާދޫ ރ. ރަސްގެތީމު ށ. ބިލެތްފަހި ށ. […]

ޙަބަރު

އެސޯސިއޭޝަން އޮފް ޗާޓަރޑް ސެޓިފައިޑް އެކައުންޓެންޓްސް (އޭ.ސީ.ސީ.އޭ) ގެ “އެޕްރޫވްޑް އެމްޕްލޯޔަރ ޕްރޮގްރާމް” ގެ ދަށުން ދޭ ޝަރަފުވެރި ދެ އެކްރެޑިޓޭޝަނެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އަށް ރަސްމީކޮށް ލިބިއްޖެއެވެ. އެމްޓީސީސީން މަޢުލޫމާތު ދެއްވި ގޮތުގައި މި ސެޓިފިކޭޝަންތައް އެ ކުންފުންޏަށް ހާސިލުކުރެވުނީ، އޭސީސީއޭ އިން ކަނޑައަޅާފައިވާ ހަރުދަނާ ޝަރުތުތަކާއި މަތީ މިންގަނޑުތަކަށް އެމްޓީސީސީ ފުރިހަމައަށް ފެތޭކަން، އެ ޖަމްޢިއްޔާއިން ކުރިއަށްގެންދިޔަ ދިރާސާތަކަށްފަހު ކަށަވަރުކުރުމާ ގުޅިގެންނެވެ. މި ޕްރޮގްރާމްގެ ދަށުން އެމްޓީސީސީއަށް ލިބިފައިވާ […]

ޙަބަރު

ޕީ.އެމް.އައި މެލޭޝިޔާގެ ފަރާތުން އިންތިޒާމުކޮށްގެން، ބޭއްވި “ޕްރިޒަމް އެންޑް އިގްނައިޓް 2026” ކޮންފަރެންސްގައި އެމްޓީސީސީގެ އިސް ބޭފުޅުން ހިމެނިވަޑައިގަންނަވާ ވަފުދެއް ބައިވެރިވެވަޑައިގެންފިއެވެ. މި ކޮންފަރެންސް ކުރިއަށް ގެންދިޔައި މި އޮކްޓޫބަރު މަހުގެ 12 އިން 13 އަށް ކުއާލަލަމްޕޫރުގައެވެ. މި ކޮންފަރެންސްގައި އެމްޓީސީސީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ، އެ ކުންފުނީގެ ޗެއާޕާސަން އަލްފާޟިލާ ސާޢަދާ އިބްރާހީމާއި، ސީނިއާ ޖެނެރަލް މެނޭޖަރު އަލްފާޟިލް އުމަރު ޒާހިރާއި، ޖެނެރަލް މެނޭޖަރު އަލްފާޟިލް އިބްރާހީމް ޙަސަންގެ އިތުރުން ކޮންސްޓްރަކްޝަން އެންޑް ޑްރެޖިންގ ޑިވިޜަންގެ […]

އަޕްޑޭޓު
ޙަބަރު

ހއ. ދިއްދޫގައި ތަރައްގީކުރި ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ކޯޓު ހުޅުވައިދެއްވީ ޔޫތު، އެމްޕަވަރމަންޓް، ސްޕޯޓްސް، އެންޑް ފިޓްނަސް މިނިސްޓަރ ޢަބްދުﷲ ރާފިޢުއެވެ. މި ވޮލީ ކޯޓު ހެދުމުގެ މަސައްކަތުގެ ދަށުން، ބިންގަނޑު އެއްވަރު ކުރުމާއި، ކޮންކްރީޓް މަސައްކަތްތަކާއި، ދަގަނޑުގެ މަސައްކަތްތަކާއި، އިކުއިޕްމަންޓް ހަރުކުރުމުގެ މަސައްކަތްތަކާއި، ޓާރފް އެޅުމާއި، ކަރަންޓުގެ މަސައްކަތްތައް ވަނީ ކޮށްފައެވެ. މިއީ 1.24 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. 4186 މީހުންގެ އާބާދީއެއް އޮންނަ ހއ. ދިއްދޫގައި […]

ޙަބަރު

މާލޭ އުތުރު ފަރާތު ބަނދަރުގައި ހަދަމުންދާ ފިންގަރ ޖެޓީތަކުގެ ތަނބުތައް ޖެހުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އެމްޓީސީސީން ބުނެފިއެވެ. އެމްޓީސީސީން ބުނީ ތަނބުތައް ޖެހުމުގެ އިތުރުން ދަގަނޑު އެތުރުމާއި ޝަޓަރިންގެ މަސައްކަތްތައް ވެސް ވަރަށް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ. މި މަޝްރޫޢަކީ ޖުމްލަ 18.98 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫޢެކެވެ. މި މަސައްކަތުގެ ދަށުން 25 މީޓަރު ދިގު، 6 މީޓަރު ފުޅާ 3 ޖެޓީއާއި، 15 މީޓަރު ދިގު، 6 މީޓަރު ފުޅާ […]

ޙަބަރު

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، އަމީނީ މަގުގެ ސެގްމަންޓް 1 އަދި 2 ގެ މަސައްކަތް އެއްކޮށް ނިންމައި މިއަދު އާންމުންނަށް ހުޅުވާލައިފިއެވެ. މި މަޝްރޫޢުގެ ދަށުން އަމީނީ މަގާއި، ޢިއްޒުއްދީން މަގު މަރާމާތުކުރުމުގެ މަސައްކަތްތައް ދަނީ ބާރަށް ކުރިއަށެވެ. އެގޮތުން، ސެގްމަންޓް 1 ގެ ދަށުން ކުރިން އަޅާފައިވާ އެގްރިގޭޓް ބޭސް ކޯސް (އޭބީސީ) އާއި ތާރު ނެގުމަށްފަހު، 794.62 އަކަމީޓަރުގެ ސަރަޙައްދެއްގައި ސަބްގްރޭޑް، ސަބްބޭސް އަދި އޭބީސީ އެޅުމަށްފަހު އަލުން […]

ޙަބަރު

އަމީނީމަގުގެ ދެވަނަ ސެގްމަންޓުގައި ތާރުއެޅުމުގެ މަސައްކަތް މިހާރު އެއްކޮށް ނިމިފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ. އެމްޓީސީސީ ބުނީ ފެންވަރު ރަނގަޅު މަގުތަކެއް ގާއިމުކުރެވުމުގެ ސަބަބުން، މާލޭގެ ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި މީގެ ސަބަބުން މާލެއަކީ އެއްތަނުން އަނެއްތަނަށް ފަސޭހަކަމާއެކު ދަތުރުކުރެވޭ، ފުރިހަމައަށް ގުޅާލެވިފައިވާ ސިޓީއަކަށް ވެގެންދާނެ ކަމަށެވެ. އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއަކީ މާލޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، މަގުތައް ބޭނުންކުރާ ފަރާތްތަކަށް ދިމާވާ ދަތިތަކަށް […]

ޙަބަރު

މާލޭގެ ބޮޑުތަކުރުފާނު މަގު ފުޅާކޮށް، ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ވެސްޓްޕާކް ސަރަހައްދު ބަނދުކުރމާއި ގުޅުގެން އެ ސަރަހައްދަށް ބަސް ދަތުރުކުރުން މެދުކަނޑާލާފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ. އެމްޓީސީސީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިއަދުން ފެށިގެން ވެސްޓަޕާކަށް ދިމާއަށް އޮންނަ ހަވީރި ހިނގުން މަގު ބަންދުކުރުމާއި ގުޅިގެން އޯކިޑް ރޫޓް އަދި އޮރެންޖް ހިޔާ ރޫޓްގެ ބަސްތައް ވެސްޓްޕާކް ބަސް ސްޓޯޕަށް މަޑުނުކުރާނެ ކަމަށެވެ. އެ ކުންފުނި ނެރުނު ބަޔާނުގައި ވަނީ ވެސްޓްޕާކާ ދިމާލުން […]

ޙަބަރު

މާލެ ސަރަހއްދުގެ ދަތުރުފަތުރުގެ ނިޒާމަށް ތައާރަފުކުރި “މާލެ ޓެކްސީ ލައިން” މޯބައިލް އެޕްލިކޭޝަނަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބި، ފާއިތުވީ ތިން މަސްދުވަހުގެ ތެރޭގައި 157،000 އަށްވުރެ ގިނަ ދަތުރު ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ. އެމްޓީސީސީން ހާމަކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި އެޕްލިކޭޝަން ތައާރަފުކުރި ފަހުން ވޭތުވެދިޔަ ތިން މަސްދުވަހުގެ ތެރޭގައި ޖުމްލަ 157,971 ދަތުރު ވަނީ ކާމިޔާބުކަމާއެކު ނިންމާލާފައެވެ.މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ފެށި މި ހިދުމަތް ބޭނުންކުރުމަށް […]

ޙަބަރު

އަމީނީ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން، އެ މަގުގެ ފުރަތަމަ ސެގްމެންޓުގައި ތާރު އެޅުމުގެ އަމަލީ މަސައްކަތް މި ހަފުތާގެ ތެރޭގައި ފެށުމަށް ތައްޔާރުވެފައިވާކަމަށް، އެމްޓީސީސީ އިން ބުނެފިއެވެ. އެމްޓީސީސީއިން ބުނި ގޮތުގައި އަމީނީ މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާއިރު، ފުރަތަމަ ސެގްމެންޓުގައި އެގްރިގޭޓް ބޭސް ކޯސް (އޭބީސީ) އެޅުމާއި ޕްރައިމް ކޯޓު ހޭކުމުގެ މަސައްކަތް މިދިޔަ ހަފުތާގައި ވަނީ ނިންމާލާފައެވެ. ތައްޔާރީ މަސައްކަތްތައް ނިމުމާ އެކު، މި ހަފުތާގެ ތެރޭގައި އެ ސަރަހައްދުގައި ތާރު އެޅުމުގެ […]

ޙަބަރު

ހއ. މާރަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމާއި ރ. އިންނަމާދޫ ފަތާ ސަރަހައްދު ހެދުމުގެ މަޝްރޫޢު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް ހަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދެވެ. އެމްޓީސީސީއިން ބުނި ގޮތުގައި، ހއ. މާރަންދޫ ގޮނޑުދޮށް […]