ޙަބަރު
އަމީނީ މަގުގެ ފުރަތަމަ ސެގްމެންޓުގައި ތާރު އެޅުމުގެ މަސައްކަތް މި ހަފުތާގައި ފަށަނީ!

އަމީނީ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން، އެ މަގުގެ ފުރަތަމަ ސެގްމެންޓުގައި ތާރު އެޅުމުގެ އަމަލީ މަސައްކަތް މި ހަފުތާގެ ތެރޭގައި ފެށުމަށް ތައްޔާރުވެފައިވާކަމަށް، އެމްޓީސީސީ އިން ބުނެފިއެވެ.
އެމްޓީސީސީއިން ބުނި ގޮތުގައި އަމީނީ މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާއިރު، ފުރަތަމަ ސެގްމެންޓުގައި އެގްރިގޭޓް ބޭސް ކޯސް (އޭބީސީ) އެޅުމާއި ޕްރައިމް ކޯޓު ހޭކުމުގެ މަސައްކަތް މިދިޔަ ހަފުތާގައި ވަނީ ނިންމާލާފައެވެ. ތައްޔާރީ މަސައްކަތްތައް ނިމުމާ އެކު، މި ހަފުތާގެ ތެރޭގައި އެ ސަރަހައްދުގައި ތާރު އެޅުމުގެ މަސައްކަތް ފެށުމަށް ވަނީ ތާވަލުކޮށްފައެވެ.






ކޮމެންޓު