ޙަބަރު

ފަހުގެ ޚަބަރުތައް

ސަފުހާ 61 / 179

ޙަބަރު

ނިމިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރަކަށް ޕްރޮގްރެސިވް ކޮންގްރެސް ޕާޓީ (ޕީއެންސީ) ގެ ފަރާތުން ވާދަކުރެއްވި މޫސާ އަލީ ޖަލީލް، އޭނާއަށް ތާއީދުކޮށް ވޯޓު ދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފިއެވެ. އެ އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރުމުގެ ފުރުސަތު ދެއްވި ކަމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒަށާއި، ޕާޓީގެ ލީޑާޝިޕްގެ އިތުރުން މެންބަރުން ދެއްވި އެއްބާރުލުމަށް މޫސާ އަލީ ޖަލީލް ވަނީ ހާއްސަ ޝުކުރެއް ދަންނަވާފައެވެ. […]

ޙަބަރު

ތ. ވޭމަންޑޫ ބިން ހިއްކުމުގެ މަސައްކަތް އެންމެ 23 ދުވަހުން ނިންމާލައިފިއެވެ. ތަރައްގީއަށްޓަކައި ސަރުކާރުން ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މަޝްރޫއުތަކުގެ ތެރެއިން ވޭމަންޑޫގައި ހިންގުމަށް ހަމަޖެހިފައިވާ އެންމެ ބޮޑު އެއް މަޝްރޫޢަކީ އެ ރަށުގެ ބިން ހިއްކުމުގެ މަޝްރޫޢެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު ވޭމަންޑޫއަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، އެ ރަށުގެ ބިން ހިއްކުމުގެ މަޝްރޫޢު ކުރިއަށްގެންދަވާނެކަމަށް ވިދާޅުވެފައިވެއެވެ. އެ މަޝްރޫއުގެ ދަށުން 27 […]

ޙަބަރު

ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށް ސައިންސްގެ ބޭނުން ހިފުން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ދުނިޔޭގެ ސިއްހަތު ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ، ދުނިޔޭގެ ސިއްހީ ނިޒާމު ހަރުދަނާކުރުމަށްޓަކައި ސައިންޓިފިކް ހޯދުންތަކުގެ މައްޗަށް ބިނާވެފައިވާ ގުޅިފައިވާ މަސައްކަތްތަކެއް ކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ. މި ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ސިއްހީ ދާއިރާއިން ނިންމާ ނިންމުންތަކާއި އެކުލަވާލާ ސިޔާސަތުތަކަކީ ސައިންޓިފިކް ހެކިތަކުގެ މައްޗަށް […]

ޙަބަރު

ނިމިދިޔަ ހޮނިހިރު ދުވަހު ބޭއްވުނު ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި، ސަރުކާރު ހިންގާ ޕީއެންސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ފާހަގަކޮށްލެވޭ ފަދަ ބޮޑު ކާމިޔާބީއެއް ހޯދާފަ އެވެ. މި އިންތިހާބުގައި އެމްޑީޕީގެ ވަރުގަދަ މެޖޯރިޓީ އޮތް ބައެއް ރަށްތަކުގެ ކޮންޓްރޯލް އެ ޕާޓީއަށް ވަނީ ގެއްލިފައެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 253,714 މީހުންގެ ތެރެއިން ޖުމްލަ 214,898 […]

ޙަބަރު

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ އިޤްތިޞާދަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުގެ އަސަރު ދިވެހިރާއްޖެއަށް ކުޑަކުރުމަށްޓަކައި، ދައުލަތުން އަޅަމުންދާ ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށް ނިންމައިފިއެވެ. ޕީޖީ އިން ހާމަ ކުރިގޮތުގައި މި ބަދަލުތަކަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ މިއަދުން ފެށިގެން 31 މޭ 2026 ގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި ޕީޖީ އޮފީހުގެ ހިންގުމަށް ގެނައުމަށް ހަމަޖެހިފައިވާ މައިގަނޑު ބަދަލުތަކުގެ ތެރޭގައި ހިމެނެނީ: […]

ޙަބަރު

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ނަޖާހު މިއަދު އެ މަގާމުން ވަކިކޮށްފި އެވެ. ސަރުކާރުގެ ކުންފުނިތަކުގެ ބެލެނިވެރި ފަރާތް، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ ނަޖާހު މަގާމުން ވަކިކުރިކަން ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް، އޭނާ މަގާމުން ވަކިކުރަން ނިންމި ސީދާ ސަބަބެއް އެ ބޯޑުން ހާމަކޮށްފައެއް ނުވެ އެވެ. ނަޖާހު ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރެއްވީ 23 ޑިސެމްބަރު 2024 ގައެވެ. އޭނާ އެ މަގާމަށް […]

ޙަބަރު

“ދިވެހި ވަތަނީ ހިދުމަތް” ޕްރޮގްރާމުގެ ތިންވަނަ ބުރުގައި ބައިވެރިވުމަށް އެދި ފޯމު ހުށަހެޅުމުގެ ސުންގަޑި އިތުރުކޮށްފި އެވެ. ދިފާއީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، މި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ފުރުސަތު އިތުރުކޮށްދިނީ ވީހާވެސް ގިނަ ޒުވާނުންނަށް މި ފުރުސަތުގެ ބޭނުން ހިފުމަށް މަގުފަހިކޮށްދިނުމުގެ މަގްސަދުގައެވެ. އާ އިއުލާނާއެކު، މިހާރު ފޯމު ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ މާދަމާ މެންދުރުފަހު 14:00 އެވެ. މި ޕްރޮގްރާމްގެ ފުރަތަމަ ބެޗުން، ބެޗުން 344 ޒުވާނުން ތަމްރީނުވެ މިދިޔަ އަހަރުގެ ޑިސެމްބަރު […]

ޙަބަރު

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑް އޮފިސަރު ޓްރެއިނީން ހޯދަން އިއުލާންކޮށްފި އެެވެ. އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑުން ކުރި އިއުލާނެއްގައި ބުނީ ހަނިމާދޫ އެއާޕޯޓަށް 10 އެވްސެކް ޓްރޭނީ އަންހެން އޮފިސަރުން ބޭނުންވާ ކަމަށެވެ. މި މަގާމުތަކަށް ޝައުގުވެރިވާ މީހުން މި މަހުގެ 13 ވަނަ ދުވަހާ ހަމައަށް ވަޒީފާއަށް އެދި ހުށަހެޅުމުގެ ފުރުސަތު މިވަނީ ހުޅުވާލައިފަ އެވެ. ވަޒީފާއަށް އެދި ހުށަހަޅަން ޖެހޭނީ ހުޅުލޭގައި ހުންނަ ހެޑްކުއާޓާއަށެވެ. އީމެއިލް މެދުވެރިކޮށްވެސް […]

ޙަބަރު

އުމްރާގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މިއަދު ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރި ގޮތުގައި، މި ދަތުރުފުޅަކީ ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ހާއްސަ މެހުމާންދާރީގެ ދަށުން ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ހުރިހާ އިންތިޒާމުތަކަކާއި ހަރަދުތަކެއް ހަމަޖައްސަވައިދެއްވަނީ ސައުދީ ސަރުކާރުގެ ފަރާތުންނެވެ. މި ދަތުރުފުޅާ ގުޅޭ އެންމެހާ ކަންކަން ހަމަޖެހިފައިވަނީ މިއަހަރުގެ ފެބުރުވަރީ މަހުގެ ކުރީކޮޅުގައެވެ. ނަމަވެސް، ރާއްޖޭގެ މަސްލަހަތާއި […]

ޙަބަރު

ލޭގެ އާންމު ދަތުރުފަތުރުގެ ނިޒާމަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމުގެ މަގުސަދުގައި ސަރުކާރުން އިފްތިތާހުކުރި “މާލެ ޓެކްސީ” ލައިނުގެ ޚިދުމަތަށް އާންމު ރައްޔިތުންގެ ފަރާތުން ބޮޑު ތާއީދެއް ލިބެމުންދާކަން ހާމަވެއްޖެ އެވެ. ރޭ އިފްތިތާހުކުރި މި ޚިދުމަތުގައި ބޭނުންކުރާ ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް (އީވީ) ކާރުތަކާ ގުޅޭގޮތުން އާންމުންގެ ޚިޔާލު ހޯދުމަށްފަހު އެމްޓީސީސީން އާންމުކުރި ވީޑިއޯއެއްގައި ރައްޔިތުން ވަނީ މި މަޝްރޫއާ މެދު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ފާޅުކޮށްފައެވެ. މިކަމާ ގުޅޭގޮތުން ވާހަކަދެއްކި ބައެއް އާންމުން ބުނެފައިވަނީ، […]

ޙަބަރު

މިއަދު ކުރިއަށް ދިޔަ ލޯކަލްކައުންސިލް އަދި ރެފަރަންޑަމް އިންތިހާބާ ގުޅިގެން ކުރިއަށް އޮތް އާދިއްތަ އަދި ހޯމަ ދުވަސް، ސަރުކާރު ބަންދުކަމަށް ނިންމަވައިފި އެވެ. ރައީސް އޮފީހުން މިއަދު ނެރުރު ބަޔާނުގައި ބުނެފައިވަނީ ލޯކަލް ކައުންސިލް އިންތިހާބާއި ރެފަރަންޑަމް އިންތިހާބާ ގުޅިގެން، މި އިންތިހާބުގެ އެކި މަސައްކަތްތަކުގައި، ދައުލަތުގެ މުއައްސަސާތަކާއި ސިވިލް ސާވިސްގެ ގިނަ އަދަދެއްގެ މުވައްޒަފުން ހަރަކާތްތެރިވާތީ ކުރިއަށް އޮތް ދެދުވަސް ސަރުކާރު ބަންދުކަމަށެވެ. މި ބަޔާނުގައި އިންތިހާބަށް ފަހު، އިންތިހާބާ ގުޅުން ހުރި މުހިންމު […]

ޙަބަރު

ރައްޔިތުންގެ މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓާއި، ލޯކަލް ކައުންސިލް އިންތިހާބުގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނުން ފެށިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާއިރު، ވޯޓުލާ ގަޑި ހަވީރު 5 އަށް އިތުރުކޮށްފި އެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނި ގޮތުގައި، ވޯޓުލާ ގަޑި މިހާރު ވަނީ މިއަދު ހަވީރު 5:00 އާ ހަމައަށް އިތުރުކޮށްފައެވެ. މި އިންތިހާބުގައި […]