ޙަބަރު

ފަހުގެ ޚަބަރުތައް

ސަފުހާ 60 / 179

ޙަބަރު

މިދިޔަ ހޮނިހިރު ދުވަހު މުޅި ރާއްޖޭގައި ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ރަސްމީ ނަތީޖާ ދައްކާގޮތުން، ރަށްރަށުގެ ކައުންސިލް ރައީސްކަމުގެ ގޮނޑިތަކުގެ ތެރެއިން އެންމެ ގިނަ ގޮނޑި ވެރިކަން ކުރާ ޕީއެންސީން ކާމިޔާބުކޮށްފި އެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާންމުކޮށްފައިވާ ނަތީޖާތަކަށް ބަލާއިރު، ސިޓީތައް ނުހިމަނައި ރަށްރަށުގެ ކައުންސިލް ރައީސްކަމުގެ 74 ގޮނޑި ޕީއެންސީން ވަނީ ކާމިޔާބުކޮށްފައެވެ. އިދިކޮޅު އެމްޑީޕީއަށް މި އިންތިހާބުގައި ކާމިޔާބު ކުރެވުނީ 71 ރަށުގެ ކައުންސިލް ރައީސްކަމެވެ. މިއާއެކު ދެ ޕާޓީގެ […]

ޙަބަރު

ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރެއިން “އާއިލީ ބޯހިޔާވަހިކަން” އަށް ކުރިމަތިލާއިރު، މާލޭގައި ދިރިއުޅުނު މުއްދަތު ސާބިތުކުރުމަށްޓަކައި ނޮތަރައިޒްކޮށްފައިވާ އެފިޑެވިޓްގެ އިތުރުން އެހެން ރަސްމީ ލިޔެކިޔުންތައް ވެސް ބަލައިގަންނާނެ ކަމަށް މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން ހާމަކޮށްފިއެވެ. ހައުސިން މިނިސްޓްރީން ކުރި އެކްސް (ޓުވިޓާ) ޕޯސްޓެއްގައި ވިދާޅުވީ، މާލޭގައި ދިރިއުޅެފައިވާ ގޭގެ ވެރިފަރާތުންދޭ ނޮތަރައިޒްކޮށްފައިވާ އެފިޑެވިޓް ނޫން ލިޔެކިޔުމަކުން ވެސް މާލޭގައި ދިރިއުޅުނު މުއްދަތު ސާބިތުވާނަމަ، ނޮތަރައިޒްކޮށްފައިވާ އެފިޑެވިޓް ހުށަހަޅާކަށް ނުޖެހޭނެ ކަމަށެވެ. […]

ޙަބަރު

މި މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުނު ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ އިތުރުން، އިންތިހާބުތައް އެއްކޮށް ބޭއްވުމާ ގުޅޭގޮތުން ނެގުނު ފެންނަ ނުފެންނަ ވޯޓާ ގުޅިގެން ހުށަހެޅި ޝަކުވާތަކާމެދު އިލެކްޝަންސް ކޮމިޝަނުން (އީސީ) ނިންމާ ނިންމުންތައް ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް 14 ދުވަހުގެ މުއްދަތެއް ދީފިއެވެ. އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދު މިއަދު ވިދާޅުވީ، މި އިންތިހާބުތަކާ ގުޅިގެން ގައުމީ ކޮމްޕްލެއިންސް ބިއުރޯއަށް ޖުމުލަ 170 ޝަކުވާއެއް ލިބިފައިވާ ކަމަށެވެ. […]

ޙަބަރު

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިޔުޑީސީ)ގެ އިންތިހާބުގައި، އެއްވަރުވުމުގެ ސަބަބުން ނުވަތަ އެހެންވެސް ސަބަބަކާ ހުރެ ދެވަނަ ބުރަކަށް ދާންޖެހޭ ދާއިރާތަކުގެ ވޯޓުލުން އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވައިފިއެވެ. މިކަން ހާމަކުރެއްވީ އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ޒާހިދު ވިދާޅުވި ގޮތުގައި، ދެވަނަ ބުރަށްދާ ދާއިރާތަކުގެ އިންތިހާބު ބާއްވާނީ މި އޭޕްރިލް މަހުގެ 18 ވާ ހޮނިހިރު ދުވަހުއެވެ. އަދި މި […]

ޙަބަރު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ ހޯމް ކޮންސްޓްރަކްޝަން ފައިނޭންސިންގ އަށް ބޮޑު ބަދަލެއް ގެނެސް، އާންމުން އަމިއްލައަށް ކުރަންޖެހޭ ޚަރަދު ނުވަތަ އިކުއިޓީގެ ނިސްބަތް ބޮޑުތަނުން ކުޑަކޮށްފިއެވެ. ބޭންކުން ހާމަކުރި ގޮތުގައި، މި ފައިނޭންސިންގގެ ދަށުން ކުރިން ނަގަމުން އައި %20 ގެ އިކުއިޓީ މިހާރު ވަނީ %5 އަށް ދަށްކޮށްފައެވެ. މި ބަދަލާއެކު، ގެދޮރު އިމާރާތްކުރުމަށް ބޭންކުން އެހީތެރިކަން ހޯދާ ފަރާތްތަކަށް މާލީ ގޮތުން ބޮޑު ލުޔެއް ލިބިގެންދާނެއެވެ. ބީއެމްއެލް އިން ބުނީ މި […]

ޙަބަރު

ސްްރީލަންކާގެ ކޮލަމްބޯ ބަނދަރުގައި ތާށިވެފައިވާ ކޮންޓެއިނަރުތަކުގެ ސަބަބުން ރާއްޖޭގެ ބާޒާރަށް ދިމާވެދާނެ ދަތިތަކުން ސަލާމަތްވުމަށްޓަކައި، 80 ކޮންޓެއިނަރެއް އަވަހަށް ރާއްޖެ ގެނައުމުގެ މަސައްކަތް ސަރުކާރުން ފަށައިފި އެވެ. މިކަން ހާމަކުރެއްވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިގްތިސާދީ ތަރައްގީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދުއެވެ. ވަޒީރު ސައީދު ވިދާޅުވި ގޮތުގައި، ކޮލަމްބޯ އާއި ރާއްޖެއާ ދެމެދު މުދާ އުފުލުމުގެ ދަތުރުތައް ކުރިއަށް ދިޔަ ނަމަވެސް، އެކި ސަބަބުތަކާ ހުރެ ބައެއް ކޮންޓެއިނަރުތައް […]

ޙަބަރު

މާލޭގެ ބޮޑުތަކުރުފާނު މަގުގެ ސެގްމަންޓް 1 ގެ ޝީޓް ޕައިލް ކުރުމުގެ މަސައްކަތް ފެށުމަށްޓަކައި، އެ ސަރަހައްދުގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމައިފިއެވެ. އެމްޓީސީސީން އިއްޔެ ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، ބޮޑުތަކުރުފާނު މަގުގެ ސެގްމަންޓް 1 ގެ ފޭސް 2 އިން ފެށިގެން 4 އާ ހަމައަށް ޝީޓް ޕައިލް ކުރުމުގެ މަސައްކަތް ފެށުމަށް މިހާރު ތައްޔާރުވެފައިވާ ކަމަށެވެ. މި މުހިންމު މަޝްރޫޢުގެ ދަށުން ކުރިއަށްދާ […]

ޙަބަރު

އިހަވަންދިއްޕޮޅުގައި ސަރުކާރުން އަލަށް ފެށި ބަންކަރިން ޚިދުމަތުން ދައުލަތަށް މިހާތަނަށް 730 މިލިއަން ރުފިޔާ (ގާތްގަނޑަކަށް 47 މިލިއަން ޑޮލަރު) ލިބިފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ހާމަކުރައްވައިފިއެވެ. މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ސަޢީދު ވިދާޅުވީ، ބަންކަރިންގެ ވިޔަފާރި ރާއްޖޭގައި ރަސްމީކޮށް ފެށިފަހުން މިދިޔަ މާރިޗު މަހުގެ 31 ވަނަ ދުވަހާ ހަމައަށް މި ބޮޑު އާމްދަނީ ލިބިފައިވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. “މާރިޗު 31އާ ހަމައަށް […]

ޙަބަރު

ބ. ހިތާދޫއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން ކުރިއަށްގެންދާ ބިން ހިއްކުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށް އެމްޓީސީސީން ތައްޔާރުވެއްޖެއެވެ. މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ އޮގަސްޓް މަހު އެ ރަށަށް ކުރެއްވި ދަތުރުފުޅުގައި، ރަށުގެ ރައްޔިތުންނާއި ކައުންސިލުން އެދިފައިވާ އެންމެ ބޮޑު އެދުމަށް އިޖާބަދެއްވުމުގެ ގޮތުން ފެއްޓެވި މަސައްކަތެކެވެ. ރަށުގެ ބިމުގެ ޖާގަ އެއްކޮށް ފުރިފައިވުމުގެ ސަބަބުން، ގިނަ އަހަރުތަކެއް ވަންދެން ބަންދުވެފައި އޮތް ބޯހިޔާވަހިކަމުގެ […]

ޙަބަރު

ލ. އަތޮޅުގައި އަލަށް ތަޢާރަފުކުރި “ރާއްޖެ ޓްރާންސްޕޯޓް ލިންކް” (އާރުޓީއެލް) ފެރީގެ ޚިދުމަތް ހިލޭ ތަޖުރިބާކުރުމަށް ދިން މުއްދަތު ހަމަވެ، މާދަމާއިން ފެށިގެން ދަތުރުތަކަށް ޓިކެޓް ވިއްކަން ފަށާނެކަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން އިޢުލާނުކޮށްފި އެވެ. އާންމުންނަށް ޚިދުމަތަށް އަހުލުވެރިވުމަށްޓަކައި ދިން އެއް ހަފްތާގެ މުއްދަތު މިއަދަށް ހަމަވާއިރު، މާދަމާއިން ފެށިގެން އެ އަތޮޅުގައި ފެރީގެ ޚިދުމަތް ހޯދޭނީ ފައިސާ ދައްކައިގެންނެވެ. އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި، ދަތުރުވެރިންނަށް ފަސޭހަކަމާ އެކު އާރުޓީއެލްގެ […]

ޙަބަރު

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢުގެ ދަށުން، ސެގްމެންޓު 5 ގެ ޝީޓްޕައިލް ކުރުމުގެ މަސައްކަތްތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ. މި މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރަމުން އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން މަސްވެރިންގެ ޕާކާ ދެމެދު ކުރިއަށްދާ މި ސެގްމެންޓުގެ 143 މީޓަރުގެ ސަރަހައްދެއްގައި ޝީޓްޕައިލް ކުރުމުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމިފަ އެވެ. […]

ޙަބަރު

ރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއެރުވުމަށާއި ބަލިތަކުން ރައްކާތެރިވުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް ބިނާވެފައިވަނީ ސައިންޓިފިކް ހޯދުންތަކުގެ މައްޗަށް ކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. . ދުނިޔޭގެ ސިއްހަތު ދުވަހާ ގުޅިގެން ދެއްވި ޚިތާބުގައި ޞިއްޙީ ދާއިރާގެ ކުރިމަގާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމުގައި ރާއްޖެއިން ހޯދި ކާމިޔާބީއަކީ ސައިންސަށް ބަރޯސާވުމުގެ މުހިއްމުކަން ހާމަވެގެންދިޔަ ހެއްކެއް ކަމަށެވެ. އަދި މިހާރުވެސް ސަރުކާރުގެ އަމާޒަކީ ސައިންސްގެ […]