މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ބޮޑު މަޝްރޫޢުގެ ދަށުން، ސެގްމެންޓް 5 ގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފި އެވެ. އެމްޓީސީސީން ކުރި ޓްވީޓެއްގައި ވިދާޅުވީ، ސެގްމެންޓް 5 ގައި އިމާރާތްތަކާވީ ފަޅީގެ ކާބްސްޓޯން ހަރުކުރުމާއި ސެޓްލްމަންޓް ޓޭންކްތަކުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ކީވޯލް ކޮންކްރީޓް ކުރުމުގެ ކުރިން ވާންޖެހޭ ތައްޔާރީތައް ކަމަށް […]
ޙަބަރު
ފަހުގެ ޚަބަރުތައް
ރައީސް އޮފީހުގެ ޕްރެޒިޑެންޝަން އެފެއާޒް މިނިސްޓަރުގެ މަގާމުން އަލީ އާރިފް އިސްތިއުފާ ދެއްވާފައިވައިފިއެވެ. މިކަން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދް ވަނީ ‘ހިރިޔާ’ އަށް ޔަގީންކޮށްދެއްވާފައެވެ. ނަމަވެސް އޭނާ މަގާމުން އިސްތިއުފާ ދެއްވީ ކޮންކަމަކާ ގުޅިގެން ކަމެއް ހާމައެއް ނުކުރައްވަ އެވެ. އަލީ އާރިފް ސިޔާސީ މައިދާނަށް ނިކުމެވަޑައިގަތީ ޑީއާރުޕީންނެވެ. އޭގެ ފަހުން ޕީޕީއެމްގަޔާއި ޖުމްހޫރީ ޕާޓީގައި މަސައްކަތް ކުރައްވާފަައިވެއެވެ. އަދި އޭނާ ވަނީ ކެލާ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާފައެވެ. އޭނާ ރައީސް މުއިއްޒާ […]
ދިވެހިރާއްޖޭގެ ދެކުނުން އިންޑިއާ ކަނޑުގައި އޮންނަ ޗާގޯސް އައިލެންޑްސް ނުވަތަ ފޯޅަވަހީގެ ރަށްތައް މޮރިޝަސްއާ ހަވާލުކުރުމުގެ މަސައްކަތް އިނގިރޭސިވިލާތުގެ ސަރުކާރުން މަޑުޖައްސާލުމާ ގުޅިގެން، އެ ނިންމުމަށް ދިވެހި ސަރުކާރުން މަރުހަބާ ވިދާޅުވެއްޖެއެވެ. އިނގިރޭސިވިލާތުން މި ނިންމުން ނިންމާފައިވަނީ، ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ތާއީދު ނުލިބޭތީއެވެ. އިނގިރޭސި ސަރުކާރުގެ ތަރުޖަމާނަކު ހާމަކުރެއްވި ގޮތުގައި، އެ ގައުމުން އަބަދުވެސް ދެކެމުން އައީ މި އެއްބަސްވުމަކީ އެމެރިކާގެ ފުރިހަމަ ތާއީދާއެކު މެނުވީ ކުރިއަށް ގެންދެވޭނެ ކަމެއް […]
ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގެ ރަސްމީ ނަތީޖާ އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިޢުލާންކޮށްފައިވާއިރު، އެ ނަތީޖާ ދައްކާގޮތުން ވެރިކަން ކުރާ ޕީއެންސީން 78 ރަށެއްގެ ކައުންސިލް މެޖޯރިޓީ ކާމިޔާބުކޮށް އިންތިޚާބުގެ ކުރިހޯދައިފި އެވެ. އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، އިދިކޮޅު އެމްޑީޕީއަށް ލިބިފައިވަނީ 68 ރަށު ކައުންސިލްގެ މެޖޯރިޓީއެވެ. މީގެ އިތުރުން 19 ރަށެއްގެ މެޖޯރިޓީ އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓުން ހޯދިއިރު، އެމްޑީއޭއަށް ތިން ރަށެއްގެ މެޖޯރިޓީ އަދި ދަ ޑިމޮކްރެޓްސްއަށް އެއް […]
،ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ބެލެނިވެރިންނަށް ވެސް ފްލެޓަށް ކުރިމަތިލެވޭ ގޮތަށް ސަރުކާރުގެ ބޯހިޔާވެހިކަމުގެ މަޝްރޫއުގެ އުސޫލު އިސްލާހުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ. އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު މިކަން ހާމަކުރެއްވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ވިދާޅުވީ، ސަރުކާރުގެ އާއިލީ ބޯހިޔާވަހިކަން ޕްރޮގްރާމުގެ ދަށުން “ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީ” ގެ ދަށުން ވަކިން ފްލެޓަށް ކުރިމަތިލާ ފަރާތްތަކަށް، ނުވަތަ ހާއްސަ ހާލަތުގައި ތިބި ފަރާތްތަކުގެ ބަދަލުގައި […]
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި މިއަދު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ. މި\ ހަރަކާތްތައް ރަސްމީކޮށް ފެށީ މިއަދު ހެނދުނު 6:00 ގައެވެ. އެއަރޕޯޓުގެ ޓާރމިނަލް 1 ގެ ކުރިމަތީގައި ބޭއްވި ދިދަނެގުމުގެ ޚާއްޞަ ރަސްމިއްޔާތެއްގައި ދިދަ ނަންގަވައިދެއްވީ އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރު އަދި ސީއީއޯ އިބްރާހިމް ޝަރީފް މުޙައްމަދާއި، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު މުޖުތަބާ ލަތީފެވެ. މި ރަސްމިއްޔާތުގައި ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ލަމްޢާންގެ […]
މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ތެލުގެ ބާޒާރަށް ބޮޑެތި ލޮޅުންތަކެއް ކުރިމަތިވެފައިވީ ނަމަވެސް، ރާއްޖެއަށް ބޭނުންވާ ތެލާއި ގޭހުގެ ޝިޕްމަންޓުތައް ތާވަލުކޮށްފައިވާ ތާރީޚުތަކަށް ބަދަލެއް ނެތި ލިބެމުންދާނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ޔަގީންކަން ދެއްވައިފިއެވެ. އީރާނާއި އިސްރާއިލާއި އެމެރިކާ ހިމެނޭ ގޮތަށް މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ދަތިތައް ދިރާސާކޮށް ހައްލު ހޯދުމަށް ސަރުކާރުން ވަނީ ވަޒީރުންގެ ހާއްސަ ކޮމިޓީއެއް އެކުލަވާލައިފައެވެ. އެ ކޮމިޓީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ […]
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ސިނާންގެ މެންބަރުކަމުގެ ޝަރުތު އުނިވެ، އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ސުޕްރީމް ކޯޓުން މިގޮތަށް ހުކުމް ކުރީ އެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ. މި މައްސަލައިގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު އިއްވެވި ރައުޔަށް، ބެންޗުގައި ތިއްބެވި އެހެން ހުރިހާ ފަނޑިޔާރުން ވަނީ ތާއީދު ކުރައްވައިފައެވެ. ފަނޑިޔާރުންގެ ބެންޗުގައި ދެން ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު […]
މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަބްދުލްމަތީން މުހައްމަދު މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ. މަތީން މަގާމުން އިސްތިއުފާ ދެއްވިކަން ހާމަކުރެއްވީ އޭނާގެ ފޭސްބުކް ޕޭޖުގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި މަތީން ވިދާޅުވީ ސަރުކާރުގެ ފެން ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަމުން އޭނާ މިއަދު ވަކިވެވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް، ވެރިކަން ކުރާ ޕީއެންސީގެ ހަރަކާތްތަކުގައިވެސް އިސްކޮށް އުޅުއްވާ މަތީން، މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް […]
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަންނަ މަހު ސްރީލަންކާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިއްޖެއެވެ. މި ދަތުރުފުޅާ ގުޅޭގޮތުންނާއި، ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް، ޚާއްސަކޮށް މަސްވެރިކަމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް މިހާރު ވަނީ މަޝްވަރާތައް ފަށާފައެވެ. ސްރީލަންކާގެ “ޑެއިލީ މިރާ” ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ރައީސް މުއިއްޒުގެ މި ދަތުރުފުޅަށް ތައްޔާރުވުމުގެ ގޮތުން ލަންކާގެ ފިޝަރީޒް މިނިސްޓަރު ރާމަލިންގަމް ޗަންދުރަސޭކަރް އާއި ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނަރު ވަނީ އެ […]
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކްޓިވް އޮފިސަރުގެ މަގާމުގައި ހުންނެވި ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް ފަރުހަތު ޝަހީރު މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ. ފަރުހަތު މިފްކޯގެ އިސްވެރިޔާގެ މަގާމުން އިސްތިއުފާ ދެއްވިކަން “ވަގުތު” އަށް ކަށަވަރުވެފައިވީ ނަމަވެސް، އޭނާ މަގާމުން ވަކިވެވަޑައިގަތީ ކޮން ސަބަބަކާ ހުރެ ކަމެއް އަދި ސާފެއް ނުވެއެވެ. ފަރުހަތު މި މަގާމަށް އައްޔަންކުރެއްވީ މިދިޔަ އަހަރުގެ މާރިޗް މަހުގެ 5 ވަނަ ދުވަހު […]
ލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން، ރާއްޖޭގެ 16 އަތޮޅެއްގެ ރަށު ކައުންސިލްތަކުގެ ރައީސުން ހޮވުމަށް ބޭއްވި ވޯޓުގައި ވެރިކަންކުރާ ޕީއެންސީން ބޮޑު ކުރިއެރުމެއް ހޯދައިފިއެވެ. ނަމަވެސް، ސިޓީތަކުގެ މޭޔަރުންނާއި ކައުންސިލް ގޮނޑިތައް ހިމެނޭހެން މުޅި ރާއްޖޭގެ ޖުމްލަ ނަތީޖާއަށް ބަލާއިރު، އިދިކޮޅު އެމްޑީޕީން ވަނީ އެންމެ ގިނަ ގޮނޑި އާއި ޖުމްލަ ވޯޓުގެ ބޮޑު އިންސައްތައެއް ކާމިޔާބުކޮށްފައެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނަތީޖާ ދައްކާގޮތުން، ސިޓީތައް ނުހިމަނައި އަތޮޅުތަކުގެ ރަށު ކައުންސިލް ރައީސުންގެ ގޮނޑިތަކަށް […]











