ޙަބަރު

ފަހުގެ ޚަބަރުތައް

ސަފުހާ 62 / 179

ޙަބަރު

ދިވެހި ހުރިހާ ރައްޔިތުން ނުކުމެ، ވޯޓުލުމުގެ ގާނޫނީ ހައްގު އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އިލްތިމާސްކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް އިލްތިމާސްކުރެއްވީ، މިހާރު ކުރިއަށްދާ އިންތިޚާބުތަކުގައި ވޯޓުލެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްވި ކުރު ބަސްދީގަތުމެއްގައެވެ. މާފަންނު ދެކުނު ދާއިރާގެ ރައްޔިތުން ވޯޓުލުމަށް ތާޖުއްދީން ސްކޫލުގައި ބަހައްޓާފައި ހުރި ވޯޓު ފޮއްޓަށް ވޯޓުލެއްވުމަށްފަހު ރައީސް ވިދާޅުވީ، ވޯޓުލުމަކީ ކޮންމެ ރައްޔިތަކަށްމެ ލިބިދީފައިވާ އަސާސީ ގާނޫނީ ހައްގެއް ކަމަށެވެ. “އަޅުގަނޑުމެންގެ އަސާސީ ގާނޫނީ ހައްގެކޭ ވޯޓުލުމަކީ. އެހެންވީމާ ރައްޔިތުން […]

ޙަބަރު

މިއަދު ފެށިގެން ކުރިޔަށްދާ އިންތިޚާބުތަކުގެ ވޯޓުލުމުގެ ހުރިހާ ކަމެއްވެސް ހިނގާނީ މިނިވަންކަމާއި އިންސާފުވެރިކަމާއެކުކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ހުރިހާ ތައްޔާރީތަކެއް ވެފައިވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވެއްޖެއެވެ. ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓެވެ. މި އިންތިޚާބުތަކުގައި ވޯޓުލުމުގެ ޙައްޤު ޖުމްލަ 294,876 ރައްޔިތުންނަށް ލިބިގެންވެއެވެ. އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވީ، އެއްވެސް ނުފޫޒެއް ނެތި އިންޞާފުވެރިކަމާއެކު […]

ޙަބަރު

ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމަށް ކައުންސިލަރުން އިންތިހާބު ކުރުމާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ހޮވުމުގެ އިތުރުން، އާންމުންގެ ހިޔާލު ހޯދުމުގެ ވޯޓުލުން މިއަދު ހެނދުނު 8:00 ގައި މުޅި ރާއްޖޭގައި ފަށައިފިއެވެ. މިއަދު ހެނދުނު 8:00 ގައި ފެށި ވޯޓުލުން މެދުކެނޑުމެއްނެތި ކުރިއަށްދާއިރު، ވޯޓުލުން ނިންމާލުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 16:00 ގައެވެ. އިލެކްޝަންސް ކޮމިޝަނުން އިލްތިމާސް ކުރައްވަނީ ވީހާވެސް އަވަހަކަށް ވޯޓުލާން ވަޑައިގަތުމަށެވެ. މި އިންތިހާބުގައި ލޯކަލް ކައުންސިލްތަކުގެ 225 ދާއިރާއެއްގެ 678 […]

ޙަބަރު

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) އިތުރަށް ތަރައްގީކުރުމަށް ކުރިއަށްގެންދާ ބޮޑު މަޝްރޫއުގެ ދަށުން، ޓެކްސީވޭ-ޗާލީ އަލުން ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް 2 އޭޕްރިލް 2026 ގައި ފަށައިފި އެވެ. މި މަޝްރޫއަކީ ވީއައިއޭގެ ހިންގުން ހަރުދަނާކޮށް، އެއަރޕޯޓުގެ ވަސީލަތްތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ވީއައިއޭގެ ގިނަ ތަރައްގީގެ މަޝްރޫއުތަކެއް ކާމިޔާބުކަމާއެކު ނިންމާފައިވާ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ) އާއެވެ. މި […]

ޙަބަރު

ކުރީސަރުކާރުން ނަގާފައިވާ ދަރަނިތައް ދައްކާ ނިންމާލީ ދިވެހި މާލިއްޔާގެ އަމިއްލަ ބާރުވެރިކަމުގައި ކަމަށް ރައީސުލްޖުމްލޫރިއްޔާ ޑރ މުހަންމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވެފައި ވަނީ ޕީއެންސީގެ ކެންޕެއިން ނިންމާލުމުގެ ގޮތުން މިއަދު ބޭއްވި ބޮޑު ހިނގާލުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ، ކުރީސަރުކާރުން ނަގާފައިވާ ބޭކާރު ހަރަދުތަކެއް މިސަރުކާރަށް ދައްކަން ޖެހުނުކަމުގަވެ. އެގޮތުން،2021 ވަނަ އަހަރުގައި އެ ސަރުކާރުން ޖުމްލަ 524.68 މިލިއަން ޑޮލަރުގެ ސުކޫކެއް ނަގާފައިވާ ކަމަށާއި ދަރުމަވަންތަ ހޮސްޕިޓަލާއި، އައިޖީއެމްއެޗް، އަދި […]

ޙަބަރު

ސަރުކާރުން 2021 ވަނަ އަހަރު ބައިނަލްއަގުވާމު މާލީ ބާޒާރަށް ދޫކޮށްފައިވާ 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކު، ފައިދާގެ ރޭޓާ އެކު ޖުމްލަ 524.68 މިލިއަން ޑޮލަރު ދައްކައި ސަރުކާރުން ޚަލާސްކޮށްފިއެވެ. ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، ސުކޫކުގެ އަސްލު އަދަދު ކަމަށްވާ 500 މިލިއަން ޑޮލަރާއި، ފައިދާގެ ރޭޓަށްވާ 24.68 މިލިއަން ޑޮލަރު ވަނީ ދައްކައި ނިންމާލެވިފައެވެ. މި ފައިސާ ދެއްކުމަށް ސަރުކާރުން ބޭނުންކޮށްފައިވަނީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސް.ޑީ.އެފް) އާއި ދައުލަތުގެ ރިޒާވްގައި ހުރި […]

ޙަބަރު

މާލެ ސިޓީގެ ދަތުރުފަތުރުގެ ނިޒާމަށް އިންގިލާބީ ބަދަލެއް ގެނައުމުގެ މަގުސަދުގައި، އެމްޓީސީސީން ތައާރަފުކުރި “މާލެ ޓެކްސީ ލައިން” ގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ. މި ޚިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ރޭ ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި ރަސްމިއްޔާތުގައި ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުޙައްމަދާއި، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީންގެ އިތުރުން، ދައުލަތުގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އެމްޓީސީސީގެ މެނޭޖިންގ […]

ޙަބަރު

ކ. ގާފަރަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، އެ ރަށުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ބޮޑު މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، މި މަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާޢިލް ހަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝީދެވެ. […]

ޙަބަރު

ރާއްޖޭގެ ތިން ރަށެއްގެ ބަނދަރު ތަރައްޤީކުރުމުގެ މުހިންމު މަޝްރޫޢުތަކެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފި އެވެ. މި މަޝްރޫޢުތަކުގެ އެއްބަސްވުމުގައި ސޮއިކުރުން އޮތީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާޢިލް ހަމީދުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޖަމްޝީދުއެވެ. ބ. ގޮއިދޫ ބަނދަރު ތަރައްޤީކުރުން 800 އެއްހާ […]

ޙަބަރު

ހއ. ދިއްދޫގައި ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް ޚާއްޞަ އެކޮމޮޑޭޝަން ފެސިލިޓީއެއް ބިނާކުރުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވާފައިވަނީ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގައެވެ. މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޕަރމަނަންޓް ސެކްރެޓަރީ ޢާއިޝަތު ޙިކްމާއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޖަމްޝީދުއެވެ. މި މަޝްރޫޢުގެ ދަށުން […]

ޙަބަރު

މާލެއަކީ ފެހި، ފަހި، އަދި ޗާލު ހިތްފަސޭހަ ސިޓީއަކަށް ހައްދަވައިދެއްވާނެ ކަމަށް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީއެންސީގެ ޓިކެޓުގައި މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލް ރޭ ވިދާޅުވެއްޖެއެވެ. ޕީއެންސީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން މޫސާ އަލީ ޖަލީލް ވިދާޅުވީ، މާލޭގެ ބިން ހެޔޮގޮތުގައި ބޭނުންކުރުމާއި “ޗާލު މާލެ” ކޮންސެޕްޓަކީ މާލޭގެ ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވި ކަމެއް ކަމަށެވެ. ނަމަވެސް، ފާއިތުވި ދުވަސްތަކުގައި ކައުންސިލުން ޒިންމާ އަދާނުކުރުމުގެ […]

ޙަބަރު

ސަރުކާރަށް ތިން އަހަރު: ނިމިގެންދިޔަ ކޮންމެ ދުވަހަކީ ގައުމު އިސްކޮށްގެން ކުރިއަށްދިޔަ ދުވަހެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މިހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން، ރައީސް މުޢިއްޒު ވިދާޅުވީ، ނިމިގެންދިޔަ ކޮންމެ ދުވަހަކީވެސް ގައުމުގެ މަސްލަހަތާއި ފައިދާ އިސްކޮށްގެން މަސައްކަތް ކުރެއްވި ދުވަހެއް ކަމަށެވެ. މި ރަސްމިއްޔާތުގައި ރައީސް ވަނީ ރާއްޖޭގެ އިންތިޚާބީ ނިޒާމަށް ގެންނަން ގަސްދުކުރާ މުހިންމު ބަދަލުތަކަކަށް އަލިއަޅުއްވާލައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެންމެ […]