ޙަބަރު

ފަހުގެ ޚަބަރުތައް

ސަފުހާ 19 / 179

ޙަބަރު

ރާއްޖެއިން ބޭރުން އަންނަ ދިވެހި ދަތުރުވެރިންނަށްވެސް، އަމިއްލަ ބޭނުމަށް ޑިއުޓީއާ ނުލައި ވަކި މިންވަރަކަށް ދުންފަތުގެ ބާވަތްތައް އެތެރެކުރެވޭ ގޮތަށް އުސޫލު އިސްލާހުކޮށްފިއެވެ. ގެޒެޓުގައި އިއުލާންކުރި އިސްލާހުގެ ދަށުން، ދަތުރުވެރިންނާއި އަމިއްލަ ފަރާތްތަކުން އެތެރެކުރާ ކުދިކުދި ބޭނުންތަކުގެ ތަކެއްޗާއި ވިޔަފާރި ސާމްޕަލްތަކުން ޑިއުޓީ މާފުކުރުމުގެ އުސޫލަށް ބަދަލުތަކެއް ވަނީ ގެނެސްފައެވެ. މި އިސްލާހަކީ ދަތުރުވެރިން ގެންނަ މުދަލާއި، އަމިއްލަ ކުދިކުދި ބޭނުންތަކަށް އެތެރެކުރާ ތަކެތީގެ އިތުރުން ވިޔަފާރި ސާމްޕަލްތަކުން ޑިއުޓީ ކަނޑާލުމުގެ އުސޫލަށް ގެނައި ބަދަލެކެވެ. އެ […]

ޙަބަރު

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ މުވައްޒަފުންނަށް މުސާރަ އާއި ޢިނާޔަތްތައް ދޭންޖެހޭނީ ހަމައެކަނި ބޭންކިންގ ނިޒާމުގެ ތެރެއިން، އެ މުވައްޒަފެއްގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓަކަށް ޖަމާކޮށްގެން ކަމަށް ކަނޑައަޅައި، ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދަށް 3 ވަނަ އިޞްލާޙު ގެނެސްފިއެވެ. މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީން ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރި މި އިޞްލާޙާއެކު، ބިދޭސީ މުވައްޒަފުންނަށް ނަގުދު ފައިސާއިން މުސާރަ ދިނުން މަނާވާނެއެވެ. އަދި މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ ގެޒެޓްކުރާ ތާރީޚުން […]

ޙަބަރު

“ކުށް ކޮށްގެން ހޯދާ މުދަލާ ގުޅޭ ބިލު” މަޖިލީހަށް ހުށަހެޅުމަކީ ކޮރަޕްޝަނާ ދެކޮޅަށް ރާއްޖޭގައި ކުރެވޭ މަސައްކަތުގައި ތާރީޚީ ފިޔަވަޅެއް ކަމަށް ބުނެ، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މަރުޙަބާ ކިޔައިފިއެވެ. މިކަމާއި ގުޅިގެން އޭސީސީއިން ނެރުނު ބަޔާނެއްގައި ބުނީ،މި ބިލުގެ ސަބަބުން ކޮރަޕްޝަންގެ ކުށްތައް ހުއްޓުވުމަށާއި، ބޮޑެތި ކުށްތަކުން ހޯދާ ނުހައްގު މަންފާ އަނބުރާ ދައުލަތަށް ނަގައި، ގާނޫނާ ޚިލާފަށް ހޯދާ މުއްސަނދިކަން ކުށްވެރިންނަށް ލިބުން ހުއްޓުވުމަށް ބޭނުންވާ ވަރުގަދަ ގާނޫނީ އޮނިގަނޑެއް ގާއިމުވެގެންދާނެ ކަމަށެވެ. […]

އަޕްޑޭޓު
ޙަބަރު

އެމެރިކާގެ ‘ސްޓޭޓް ސްޕޮންސާސް އޮފް ޓެރަރިޒަމް’ ލިސްޓުން ސީރިއާ އުނިކުރުމަށް ނިންމި ނިންމުމަށް ދިވެހިރާއްޖޭގެ ސަރުކާރުން މަރުހަބާ ކިޔައިފިއެވެ. އެމެރިކާގެ ނިންމުމާއެކު ސީރިއާގެ ސަރުކާރަށާއި ރައްޔިތުންނަށް ދިވެހިރާއްޖޭން ހޫނު މަރުހަބާއެއް ކިޔައި، އެ ގައުމަށް ދެމެހެއްޓެނިވި ސުލްހައާއި، ހަމަޖެހުމާއި، އަދި ފާގަތިކަމަށް އެދި ހެޔޮއެދުންތައް ވަނީ ފޮނުވައިފައެވެ. ނިންމުމުގެ ސަބަބުން ސީރިއާ އަލުން އާރާސްތުކުރުމަށާއި އާންމު ހާލަތަށް ރުޖޫއަވުމަށް ކުރާ މަސައްކަތްތަކަށް ބޮޑު ބާރަކަށް ވާނެ ކަމަށް ރާއްޖެއިން ވަނީ ބުނެފައެެވެ. ސީރިއާގެ މިނިވަންކަމާއި، ސިޔާދަތާއި، އަދި […]

އަޕްޑޭޓު
ޙަބަރު

ހުޅުމާލޭގައި ބިނާކުރާ 12 ބުރީގެ “ދާރުއްސަލާމް” ވަޤްފު ޢިމާރާތުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ. ޖުމްލަ 244.5 މިލިއަން ރުފިޔާގެ މި މަޝްރޫޢަކީ ދީނީ ކަންކަމަށް ކުރާ ހޭދަ އިތުރުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ އެންމެ ބޮޑު ވަޤްފު ޢިމާރާތެވެ. ޖުމްލަ 20,000 އަކަފޫޓުގެ ބިމެއްގައި ބިނާކުރާ މި ޢިމާރާތް ދެ އަހަރުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢަކީ މިދިޔަ 2025 ވަނަ އަހަރުގެ ނޮވެމްބަރު 20 ގައި ބިންގާ އެޅި، ރާއްޖޭގެ ދެވަނަ ވަޤްފު ޢިމާރާތް […]

ޙަބަރު

ވޯޓަކީ މާތް ﷲ ގެ ހަޟްރަތުގައި އަދާކުރަންޖެހޭ ބޮޑު އަމާނާތެއް ކަމަށާއި، އެކަން އަދާކުރުމުގައި ތެދުވެރިކަމާއި އިޚްލާޞްތެރިކަން އިސްކުރަންޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުޙައްމަދު ޝަކީލު ވިދާޅުވެއްޖެއެވެ. މިއަދު ފާހަގަކުރަމުންދާ ޤައުމީ ވޯޓުލާ މީހުންގެ ދުވަހުގެ މުނާސަބަތުގައި ޝަކީލު ވިދާޅުވީ، ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ޤައުމެއްގެ ބައެއް ކަމުގައިވާހިނދު، މާތްވެގެންވާ އިސްލާމްދީނުގެ ޢަދުލުވެރި އުޞޫލުތަކަށް ނަޒަރު ހިންގާއިރުވެސް ވޯޓަކީ އަމާނާތެއް ކަމަށެވެ. އަދި އެކަން އަދާކުރުމުގައި އަޅުގަނޑުމެންގެ ހިތްތަކުގައި މާތް ﷲ އަށް ބިރުވެތިވުމާއި، […]

ޙަބަރު

ކުދި ޖަޒީރާ ޤައުމުތަކަކީ ކުރިމަތިވާ ގޮންޖެހުންތަކާއި ހުރަސްތައް އީޖާދީ ޚިޔާލުތަކާއި އުފެއްދުންތެރިކަމަށް ބަދަލުކުރާ، ހިންމަތްތެރި ބަޔަކު އުޅޭ ޤައުމުތަކެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ސިފަކުރައްވައިފިއެވެ. ރައީސް މިފަދައިން ވިދާޅުވީ، މި ހިނގާ އޮގަސްޓު މަހުގެ 23 އިން 25 އަށް ރާއްޖޭގައި ކުރިއަށްގެންދާ، ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވަރކް (ޖީ.ބީ.އެން) ފޯރަމްގެ އިފުތިތާޙީ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ވެށީގެ ނާޒުކުކަމަކީ ކުދި ޖަޒީރާ ޤައުމުތަކުގެ ޙަޤީޤަތުގެ އެއްބައި ކަމަށާއި، އަނެއްބަޔަކީ އެ ޤައުމުތަކުގެ ހިންމަތާއި މިންނެތް މަސައްކަތް […]

ޙަބަރު

ހއ. އުލިގަމުގައި ޒަމާނީ ފެންވަރުގެ ޔޮޓް މެރީނާއެއް ތަރައްޤީކޮށް ހިންގުމަށް ބޭނުންވާ ބިން ކުއްޔަށް ހިފުމާ ގުޅޭގޮތުން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) އާއި އެ ރަށު ކައުންސިލާ ދެމެދު ބިން ދިނުމުގެ ރަސްމީ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. އެމްޕީއެލްގެ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) ގެ ހެޑް އޮފީހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، މި އެއްބަސްވުމުގައި އެމް.ޕީ.އެލްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ސީ.އީ.އޯ ކެޕްޓަން ޙުސައިން ޝަފީޤެވެ. އަދި ހއ. އުލިގަން ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އެ […]

ޙަބަރު

ނިމިދިޔަ 2025 ވަނަ އަހަރު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އަށް ސާފު ފައިދާގެ ގޮތުގައި 85 މިލިއަން ރުފިޔާ ލިބިއްޖެއެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 88 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ. އެމްޓީސީސީގެ އަހަރީ ރިޕޯޓް ދައްކާގޮތުން، ފާއިތުވި ފަސް އަހަރުގެ ތެރޭގައި އެ ކުންފުންޏަށް އެންމެ ކުޑަ ފައިދާއެއް ލިބުނު ކުރީ އަހަރު ލިބިފައިވަނީ 45 މިލިއަން ރުފިޔާއެވެ. އެ ކުންފުންޏަށް 2021 ވަނަ އަހަރު 232 މިލިއަން ރުފިޔާގެ […]

އަޕްޑޭޓު
ޙަބަރު

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އާއި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް ގުޅިގެން ދަރިވަރުންނަށް ޢަމަލީ ތަޖުރިބާ ހޯދައިދިނުމުގެ ޚާއްޞަ އިންޓާންޝިޕް ޕްރޮގްރާމެއް ފެށުމުގެ ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި އެމް.އޭ.ސީ.އެލްގެ ފަރާތުން މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދު އަދި ވިލާ ހައި ސްކޫލްގެ ފަރާތުން ޕްރިންސިޕަލް ސަޢީދު އަޙްމަދު ސޮއިކުރެއްވިއެވެ.އެމް.އޭ.ސީ.އެލްގެ ލާރނިންގ އެންޑް ޑިވެލޮޕްމަންޓް ޓީމުގެ އިސްވެރިންނާއެކު، އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޖުތަބާ ލަޠީފް އަދި ސީނިއަރ ޖެނެރަލް މެނޭޖަރ […]

އަޕްޑޭޓު
ޙަބަރު

ރާއްޖޭގައި ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްތައް ކުރާ ފަރާތްތަކާ މެދު، ޖިނާއީ ފިޔަވަޅު އަޅަންޖެހިއްޖެ ހާލަތެއްގައި އެއްވެސް ފަސްޖެހުމެއް ނެތި އެ ފިޔަވަޅު އަޅުއްވާނެ ކަމުގެ ޔަގީންކަން ހޯމް މިނިސްޓަރު އަލީ އިހުސާން ދެއްވައިފިއެވެ. މިނިސްޓަރު އިޙްސާން މިހެން ވިދާޅުވީ، ބޭންކިންގ ނިޒާމުން ބޭރުގައި ހިންގާ ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވުމަށާއި، ބޭރު ފައިސާގެ ގާނޫނަށް ގެންނަ އާ އިސްލާހުތައް ތަންފީޒުކުރުމަށް ފުލުހުންނާއި ކަމާބެހޭ މުއައްސަސާތައް ގުޅިގެން ފަށާފައިވާ ހަރުކަށި މަސައްކަތްތަކުގެ ތަފްސީލު ހާމަކުރައްވަމުންނެވެ. ނޫސްވެރިންގެ […]

އަޕްޑޭޓު
ޙަބަރު

ރާއްޖޭގެ ރިސޯޓުތަކާއި ގެސްޓްހައުސްތަކަށް ބޭރު ފައިސާއިން ލިބޭ އާމްދަނީގެ 40 އިންސައްތަ ކޮންމެ މަހަކު ބޭންކުތަކަށް މާރުކުރަންޖެހޭ ގޮތަށް ބޭރު ފައިސާގެ ގާނޫނަށް ބޮޑު އިސްލާހެއް ގެނައުމަށް ސަރުކާރުން ނިންމައިފިއެވެ. ގަވަރުނަރު އަހުމަދު މުނައްވަރު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރެއްވި ގޮތުގައި، ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރު މާރުކުރަން އޮންނަ އުސޫލު އުވާލައި، ބޭރު ފައިސާގެ ގާނޫނަށް އިސްލާހެއް މަޖިލީހަށް ފޮނުވުމަށް ވަނީ ނިންމާފައެވެ. އެ ބަދަލާއެކު، ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 […]

އަޕްޑޭޓު