މުޖުތަމައުއާ ވީހާވެސް ގާތުން ސިއްހީ ފަރުވާ ފޯރުކޮށްދިނުމަށާއި، ހޮސްޕިޓަލުގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ހުޅުމާލެ ހޮސްޕިޓަލުގައި ނިއުރޮލޮޖީ، ގެސްޓްރޯއެންޓްރޮލޮޖީ އަދި ޔޫރޮލޮޖީގެ ޚިދުމަތްތައް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ. ދިޔަ ޖުލައި މަހުގެ 25 ވަނަ ދުވަހުން ފެށިގެން ދޭން ފެށި މި އައު ސުޕަރ-ސްޕެޝަލިޓީ ޚިދުމަތްތަކުގެ ސަބަބުން ނާރުގެ ބަލިތަކާއި، ކާތަކެތި ހަޖަމުކުރާ ނިޒާމުގެ ބަލިތަކުގެ އިތުރުން ކިޑްނީއާއި ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ބޭނުންވާ ޚާއްޞަ ފަރުވާތައް ހުޅުމާލެއިން ލިބޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. […]
ޙަބަރު
ފަހުގެ ޚަބަރުތައް
މާލޭގައި ޓްރެފިކް ބެލެހެއްޓުމުގެ ޑިއުޓީގައި ހުރި ފުލުހެއްގެ ގައިގައި ސައިކަލަކުން ޖެއްސުމަށްފަހު ފިލަން އުޅުނު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ފުލުހުން ބުނީ، މި ހާދިސާ ހިނގާފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ހަވީރު 5:30 ކަންހާއިރު، ޗާންދަނީމަގާއި މަޖީދީމަގު ގުޅޭ ހަތަރުއަނގޮޅި ކައިރީގައެވެ. މަގުމަތީގެ ބާރުބޮޑުވެގެން ޓްރެފިކް ފްލޯ ބަލަހައްޓަން ހުރި ފުލުސް މީހާގެ ގައިގައި ސައިކަލުން ޖެއްސުމަށްފަހު ދުއްވަން އިން ޒުވާނާ (ގދ. ފަރެސްމާތޮޑާ ސާއިން އަބްދުލް ގައްޔޫމް ، 23 އ،) ފިލަން […]
އިކުއެޓޯރިއަލް ޕެސިފިކް ކަނޑުގެ ހޫނުމިން އާދަޔާޚިލާފަށް މަތިވެ “އެލްނީނޯ” ހާލަތު ވަރަށް ބޮޑަށް ބާރުގަދަވަމުންދާތީ، ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެއަށް އޭގެ ނޭދެވޭ އަސަރުތައް ކުރިމަތިވެ ހޫނުގަދަވާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ލަފާކޮށްފިއެވެ. ކްލައިމެޓް ޕްރެޑިކްޝަން ސެންޓަރު (ސީ.ޕީ.ސީ) ގެ ހިސާބުތަކުން ދައްކާގޮތުގައި ޕެސިފިކް ކަނޑުގެ އިރުމައްޗާއި މެދުތެރޭގެ ހޫނުމިން މިހާރު ވަނީ އާންމު މިންގަނޑަށްވުރެ 1.8 އިން ފެށިގެން 2.0 ޑިގްރީ ސެލްސިއަސްއަށް އުފުލިފައެވެ. ޖައްވާއި ކަނޑުގެ ހޫނުމިން މިހާ ބޮޑަށް […]
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސްވެރިންގެ އަތުން ކަޅުބިލަމަސް ގަންނަ އަގު ކިލޯއަކަށް 21 ރުފިޔާއަށް ބޮޑުކޮށްފިއެވެ. މި ބަދަލާއެކު މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުވެ، މަސްވެރިކަމުގެ ސިނާއަތަށް ބޮޑު ދިރުމެއް ލިބޭނެ ކަމަށް އުންމީދު ކުރެވެއެވެ. އަދި މިއީ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރާއި މިފްކޯ ގުޅިގެން ނިންމި ނިންމުމެއް ކަމަށް އެ ކުންފުނިން ހާމަކުރެއެވެ. މިފްކޯއިން ބުނީ މި ނިންމުމާއެކު، ކުރިން 20 ރުފިޔާއަށް ގަންނަމުން އައި ކަޅުބިލަމަހުގެ […]
ފަލަސްތީނުގެ އަޚުންނާއި އުޚުތުންގެ ޙައްޤުތަކަށް ވަކާލާތުކުރުމުގައި ދިވެހިރާއްޖެ އަބަދުވެސް ދެގޮތެއްނުވެ، ސާބިތުކަންމަތީ ދެމިއޮންނާނެ ކަމުގެ ޔަގީންކަން ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ދެއްވައިފިއެވެ. ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓުގައި ވިދާޅުވީ، އިސްލާމީ ޤައުމުތަކުގެ ޖަމްޢިއްޔާގެ ޚާއްޞަ ޚާރިޖީ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށްފަހު، ސައުދީ އަރަބިއްޔާގެ ޖިއްދާއިން އެކަމަނާ މިހާރު ފުރާވަޑައިގެންފައިވާ ކަމަށެވެ. މީގެ އިތުރުން އެ ޕޯސްޓުގައި ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ފަލަސްތީނުގެ ރައްޔިތުން ތަހައްމަލު ކުރަމުންދާ ހިތާމަތަކާއި ތަކުލީފުތަކަށް […]
މާލޭގެ މާފަންނު ދިލްކުޝާ ގޯޅީގައި ހުންނަ ގެއެއްގެ ތެރޭގައި ހާލުދެރަވެފައި އޮއްވާ ފެނުނު ދެ އަންހެނުންގެ ތެރެއިން 51 އަހަރުގެ އަންހެންމީހާ އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިއަދު ނިޔާވެއްޖެއެވެ. ފުލުހުން ހާމަކުރިގޮތުގައި، މާފަންނު ދިލްކުޝާ ގޯޅީގައި ހުންނަ ގެއެއްގައި ދެ މީހަކު ހާލުދެރަވެފައި އޮތްކަމުގެ މައުލޫމާތު 2026 އޮގަސްޓް 27 ވަނަ ދުވަހުގެ ހެނދުނު 10:34 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވެއެވެ.މި ހާދިސާގައި ނިޔާވެފައި ވަނީ ދަފްތަރު ނަންބަރު ރސ 6210 / މާލެ، ޒާހިދާ ތައުފީޤު […]
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމުގެ މަޤާމަށް ޝުޢައިބު ޔޫސުފް މިއަދު އައްޔަނުކޮށްފި އެވެ. ރައީސް އޮފީހުން ހާމަކުރިގޮތުގައި، އެ އޮފީހުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވަނީ، މަގާމުގެ ހުވައި ކުރައްވައި ފަތްކޮޅު ހަވާލުކުރައްވާފައެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލަކީ ރާއްޖޭގެ ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން އުފައްދާފައިވާ، މަސައްކަތްތެރިންނާއި ވަޒީފާދޭ ފަރާތްތަކުގެ މެދުގައި އުފެދޭ މައްސަލަތައް ބަލައި އިންޞާފު ޤާއިމުކޮށްދޭ (ކުއޭޒައި-ޖުޑީޝަލް) އިދާރާއެކެވެ.ޝުޢައިބު ޔޫސުފަކީ ޤާނޫނީ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލްކުރައްވައިގެން ހުންނެވި،ޤާނޫނީ އަދި އިދާރީ ދާއިރާތަކުގައި ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ.
ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކަކީ ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތަކެއް ކަމަށާއި، އެ ފިޔަވަޅުތައް އާންމު ރައްޔިތުން ބަލައިގަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ ދައުލަތުގެ މީޑިއާ، ޕީއެސްއެމްއިން ގެނެސްދިން “ނޭޝަން ޗެޓް” ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. އެގޮތުން ، ރައީސް ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށްޓަކައި ޑޮލަރާ ގުޅޭ ސިޔާސަތުތައް ބައްޓަންކުރުމާއި، ގާނޫނުތައް ހަރުދަނާ އުސޫލެއްގެ ދަށުން ތަންފީޒުކުރުމުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށެވެ.މި މަސައްކަތްތަކުގެ […]
ކަނޑައެޅިފައިވާ ސަރަހައްދުތައް ނޫން ގޮތްގޮތަށް ގަވާއިދާ ޚިލާފަށް މަގު ހުރަސްކުރާ ހިނގާ މީހުން 100 ރުފިޔާއިން ޖޫރިމަނާ ކުރެވޭ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ގެނައި އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި އެކްސިޑެންޓްތައް މަދުކުރުމުގެ ބޭނުމުގައި ހުށަހެޅި މި ބިލު ފާސްވުމާއެކު، ޒީބްރާ ކްރޮސިން ނުވަތަ މަގު ހުރަސްކުރަން ހާއްސަ ކުރެވިފައިވާ ނޫން ދިމާލަކުން މަގު ހުރަސްކުރާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން ފިޔަވަޅު އެޅުމުގެ ބާރު ކަމާބެހޭ އިދާރާތަކަށް […]
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ ރާއްޖޭގެ ބޭންކިންގ ނިޒާމު މެދުވެރިކޮށް ދިވެހި ރުފިޔާއަށް މާރުކުރުން ލާޒިމުކުރާ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. ސަރުކާރުގެ ފަރާތުން ހުށަހެޅި މި ބިލު ފާސްވުމާއެކު، ފަތުރުވެރިކަމުގެ ސިނާއަތުން ގައުމަށް ވަންނަ ޑޮލަރު މާލީ ނިޒާމުގެ ތެރޭގައި ހިފެހެއްޓުމަށާއި، ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ ތާށިކަން ހައްލުކުރުމަށް ގާނޫނީ ގޮތުން ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ. ސަރުކާރުގެ ފަރާތުން ހޮޅުދޫ […]
“ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން ހުށަހަޅާފައިވާ އެޕްލިކޭޝަންތައް ވެރިފައިކުރުމުގެ މަރުހަލާގައި ފޮނުވާފައިވާ ނޯޓިސްތަކަށް ޖަވާބުދާރީވުމަށް ދީފައިވާ މުއްދަތު ސަރުކާރުން އިތުރުކޮށްފިއެވެ. ބޯހިޔާވަހިކަމަށް އެދި ފޯމު ހުށަހަޅާފައިވާ ގިނަ ފަރާތްތަކަކަށް ބޭނުންވާ ލިޔެކިޔުންތައް ހޯދުމުގައްޔާއި ޖަވާބުދާރީވުމުގައި ދަތިތަކެއް ކުރިމަތިވަމުންދާތީ، އެ ފަރާތްތަކަށް ލުޔެއް ދިނުމުގެ ގޮތުން ހައުސިން މިނިސްޓްރީއިން ވަނީ މި މުއްދަތު އިތުރުކޮށްދީފައެވެ. ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގައި ހުރި މައްސަލަތައް އިސްލާހުކޮށް ޖަވާބުދާރީވުމަށް ކުރިން ދީފައިވަނީ 7 ދުވަހުގެ މުއްދަތެކެވެ. ނަމަވެސް އާންމުންނަށް […]
ކައުންސިލްތަކުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ބިމެއް ސަރުކާރުގެ މަޝްރޫއެއް ހިންގަން ބޭނުންވެއްޖެ ހާލަތެއްގައި ނެގޭ ގޮތަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައި އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލްހަންނާނު މަޖިލީހަށް ހުށަހެޅި މި ބިލު ފާސްވުމުން، ގައުމީ ތަރައްގީގެ ބޭނުންތަކަށާއި ސަރުކާރުގެ އެކި މަޝްރޫއުތައް ހިންގުމަށްޓަކައި، ކައުންސިލްތަކުގެ ބާރުގެ ދަށުގައި ހުންނަ ބިންތައް އަނބުރާ ނެގުމުގެ ގާނޫނީ ބާރު ސަރުކާރަށް ލިބިގެންދާނެއެވެ. މި އިސްލާހުގެ ބިލު ރައްޔިތުންގެ […]










