ޙަބަރު

ރިސޯޓުތަކުން ލިބޭ ޑޮލަރުގެ 40% މާރުކުރުން ލާޒިމްކުރާ ބިލު މަޖިލީހުން ފާސްކޮށްފި

އާމިނަތު ރޫޔާ

1 މިނިޓުއަޕްޑޭޓުކުރީ
ރިސޯޓުތަކުން ލިބޭ ޑޮލަރުގެ 40% މާރުކުރުން ލާޒިމްކުރާ ބިލު މަޖިލީހުން ފާސްކޮށްފި

ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ ރާއްޖޭގެ ބޭންކިންގ ނިޒާމު މެދުވެރިކޮށް ދިވެހި ރުފިޔާއަށް މާރުކުރުން ލާޒިމުކުރާ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

  • ގެސްޓްހައުސް އަދި ހޮޓާތައް: ކޮންމެ ފަތުރުވެރިއަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ މަހެއްގެ ތެރޭގައި ބޭރު ފައިސާއިން ލިބޭ އާމްދަނީގެ %20 ބޭންކަށް މާރުކުރަންޖެހެއެވެ.
  • 100% ދިވެހި ހިއްސާވާ ތަންތަން: ގެސްޓްހައުސް ނުވަތަ ހޮޓަލަކީ ސައްތައިން ސައްތަ ދިވެހިންގެ ހިއްސާ އޮންނަ ތަނެއް ނަމަ، މާރުކުރަން ޖެހޭނީ މަހެއްގެ ތެރޭގައި ލިބޭ އާމްދަނީގެ %7 އެވެ.
  • އެހެން ބޮޑެތި ވިޔަފާރިތައް: ފަތުރުވެރިކަމުގެ ދާއިރާގެ ތަންތަނާއި މާލީ އިދާރާތައް ފިޔަވައި، އަހަރަކު 15 މިލިއަން ޑޮލަރަށްވުރެ ގިނައިން ބޭރު ފައިސާގެ އާމްދަނީ ލިބޭ ފަރާތްތަކުން ވެސް އެ އާމްދަނީގެ %40 ބޭންކަށް މާރުކުރަން މަޖުބޫރުވާނެއެވެ.
  • މާރުކުރަންޖެހޭ މުއްދަތު: ރިސޯޓުތަކުން ކޮންމެ މަހަކު ލިބޭ ޑޮލަރު އާމްދަނީގެ %40، ޖެހިގެން އަންނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ބޭންކަށް މާރުކޮށް ނިންމަންޖެހެއެވެ.
ޝެއާ

ކޮމެންޓު