ޙަބަރު

ޖަޒީރާ ޤައުމުތަކަކީ ހުރަސްތައް އީޖާދީ ޚިޔާލުތަކަށް ބަދަލުކުރާ ޤައުމުތަކެއް: ރައީސް މުއިއްޒު

އާމިނަތު ރޫޔާ

1 މިނިޓު
ޖަޒީރާ ޤައުމުތަކަކީ ހުރަސްތައް އީޖާދީ ޚިޔާލުތަކަށް ބަދަލުކުރާ ޤައުމުތަކެއް: ރައީސް މުއިއްޒު

ކުދި ޖަޒީރާ ޤައުމުތަކަކީ ކުރިމަތިވާ ގޮންޖެހުންތަކާއި ހުރަސްތައް އީޖާދީ ޚިޔާލުތަކާއި އުފެއްދުންތެރިކަމަށް ބަދަލުކުރާ، ހިންމަތްތެރި ބަޔަކު އުޅޭ ޤައުމުތަކެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ސިފަކުރައްވައިފިއެވެ.

ރައީސް މިފަދައިން ވިދާޅުވީ، މި ހިނގާ އޮގަސްޓު މަހުގެ 23 އިން 25 އަށް ރާއްޖޭގައި ކުރިއަށްގެންދާ، ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވަރކް (ޖީ.ބީ.އެން) ފޯރަމްގެ އިފުތިތާޙީ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވަނީ ޖަޒީރާ ޤައުމުތަކުގެ އުންމީދީ ޚިޔާލުތައް ވިޔަފާރިއާއި، ފައިނޭންސް، ޓެކްނޮލޮޖީ އަދި ބާޒާރުތަކާ ގުޅުވައިދޭ މައިގަނޑު މަންސައަކަށް ޖީ.ބީ.އެން ހެދުމަށް ޔޫ.އެން-އޯ.އެޗް.އާރް.އެލް.އެލް.އެސް އަށް އިލްތިމާސްކުރައްވާފައެވެ.

ޝެއާ

ކޮމެންޓު