ދިވެހި ފުލުހުންގެ ޚިދުމަތުގެ ރަސްމީ ތަފާސްހިސާބުތައް ދައްކާގޮތުން، 2026 ވަނަ އަހަރުގެ މިހާތަނަށް ފުލުހުންނަށް ޖުމްލަ 8،131 މައްސަލަ ރިޕޯޓްކޮށްފިއެވެ. ފުލުހުންގެ ކޭސް ރިޕޯޓިންގ ޕްލެޓްފޯމުން އާންމުކޮށްފައިވާ މި ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގައި އެންމެ ގިނައިން ހިނގާ އަދި ރިޕޯޓްކުރާ ކުށަކީ ވައްކަމެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ވައްކަމުގެ 2،226 ކޭސް ހުށަހަޅާފައިވާއިރު، މިއީ ޖުމްލަ މައްސަލަތަކުގެ 27.4 އިންސައްތައެވެ. ދެވަނައަށް އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ މަގުމަތީގެ އެކްސިޑެންޓްތަކުގެ މައްސަލަތަކެވެ. އެއީ ޖުމްލަ 1،962 ކޭސް (24.1 […]
ޙަބަރު
ފަހުގެ ޚަބަރުތައް
ތިލަމާލެ ބްރިޖު މަޝްރޫއުގެ ދަށުން މާލެ އާއި ވިލިމާލެއާ ދެމެދު އަޅާ ސުޕަރސްޓްރަކްޗަރގެ އެންމެ ފަހު ސެގްމެންޓް ކާމިޔާބުކަމާއެކު ލޯންޗުކޮށް ،ބުރިޖުން ގުޅާލައިފިއެވެ. މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން ހާމަކުރި ގޮތުގައި، މިއީ ރާއްޖޭގެ ތާރީޚުގައި ހިންގާ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއުގެ ދަށުން މާލެއާއި ވިލިމާލެ ބްރިޖުގެ އޮނިގަނޑުން ގުޅާލެވުނު ތާރީޚީ އަދި މުހިންމު ކުރިއެރުމެކެވެ. އެފްކޮންސް އިން މައުލޫމާތު ދޭގޮތުގައި ސެގްމަންޓް ގުޅާލުމަށްފަހު ބްރިޖުގެ ރެއިލިންތައް ހަރުކުރުމާއި، ތާރު […]
ލަމްބޯރގިނީ ކާރެއް ބާރު ދުވެލީގައި ދުއްވަނިކޮށް އެކްސިޑެންޓްވުމާ ގުޅިގެން، ކާރު ދުއްވަން އިން އަހުމަދު ރިފާއުގެ ލައިސެންސް ދިވެހި ފުލުހުންގެ ހިދުމަތުން ހިފަހައްޓައިފިއެވެ. ފުލުހުން ބުނީ ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް، ސޯލާ ޕެނެލްތައް ހަރުކޮށްފައި ހުރި ހޮޅިދަނޑިތަކުގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު މި މަހުގެ 21 ވަނަ ދުވަހު ހެނދުނު 08::42 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. ފުލުހުން ހާމަކުރި ގޮތުގައި، މި އެކްސިޑެންޓްގައި ހޮޅިދަނޑިތަކުގައި ޖެހި […]
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން ދާދިފަހުން ތައާރަފުކުރި “އަގުމަގު” މޮބައިލް އެޕްލިކޭޝަން ބޭނުންކުރާ މީހުންގެ އަދަދު 3،000 އިން މައްޗަށް އަރައި، ބޮޑު ތަރުހީބެއް ލިބެން ފަށައިފިއެވެ. އިކޮނޮމިކް މިނިސްޓްރީން ބުނީ، މި އެޕްލިކޭޝަންގެ ސަބަބުން ބާޒާރުގައި ވިއްކާ ތަކެތީގެ އަގުތަކުގެ ހާމަކަން ބޮޑުވެ، ވިޔަފާރިވެރިންގެ މެދުގައި ވާދަވެރިކަން އުފެދި، އާންމުންނަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން ވިޔަފާރިތަކުގެ އެއްބާރުލުމާއެކު، ބާޒާރުގެ އަގުތައް ހާމަކުރުމަށްޓަކައި މިހާތަނަށް ޖުމްލަ 224 ފިހާރައަކުން މި […]
“ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދުން ގޯއްޗާއި ފުލެޓަށް އެދި ހުށަހަޅާފައިވާ ފޯމުތަކުގެ ވެރިފިކޭޝަން މަސައްކަތް މިނިސްޓްރީ އޮފް ހައުސިންގް، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން ރަސްމީކޮށް ފަށައިފިއެވެ. ހައުސިން މިނިސްޓްރީއިން ހާމަކޮށްފައިވާ ގޮތުގައި،ފޯމުތަކުގެ ވެރިފިކޭޝަން މަރުހަލާ ކުރިއަށްދާއިރު، އާންމުން ހުށަހަޅާފައިވާ މައުލޫމާތުތައް އަޅާކިޔާނީ ސަރުކާރުގެ އެކި އިދާރާތަކާއި ކައުންސިލުތަކުން މިނިސްޓްރީއަށް ފޮނުވާފައިވާ ރަސްމީ ޑޭޓާތަކާއެވެ. މިގޮތަށް ބަލާއިރު އެޕްލިކޭޝަން ފޯމުގައި ބަޔާންކޮށްފައިވާ މައުލޫމާތުގައި އެއްވެސް ފުށުއެރުމެއް ނުވަތަ ދިމާނުވުމެއް އުޅޭނަމަ، އެކަން ރަސްމީކޮށް […]
ހުޅުމާލޭގައި ކުރިއަށްދާ އެމްޓީސީސީގެ ހިޔާ މަޝްރޫއަށް ބޭނުންވާ ބިމެއް ހަމަޖެއްސުމާ ގުޅޭގޮތުން އެޗްޑީސީއާ އެމްޓީސީސީގެ އިސްވެރިން މަޝްވަރާކޮށްފިއެވެ. އެމްޓީސީސީއިން ހާމަކުރިގޮތުގައި މި ބައްދަލުވުމަކީ މަޝްރޫޢުގެ މަސައްކަތްތައް ހުއްޓުމެއްނެތި، ދެމެހެއްޓެނިވި ބާރުމިނެއްގައި ކުރިއަށްގެންދިއުމަށްޓަކައި އެކަށީގެންވާ ބިމެއް ހޯދައި، އެކަމުގެ އިދާރީ އިންތިޒާމުތައް އަވަސްކުރުމަށް ބޭއްވުނު ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު ޑީސީޕީ (ރިޓަޔަރޑް) އަޙްމަދު ސުޢޫދީ އާއި، އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރު ބްރިގޭޑިޔާ ޖެނެރަލް (ރިޓަޔަރޑް) ޢަލީ ޒުހައިރު ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ދެ ކުންފުނީގެ […]
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި ޑޭޓާ ސައިންސް ބޭނުންކޮށްގެން މަސްތުވާތަކެތީގެ ވަބާއިން މީހުން ސަލާމަތްކުރުމަށް ދޭ ފަރުވާއާއި ނަފްސާނީ ދުޅަހެޔޮކަމުގެ ޚިދުމަތްތައް ތަރައްޤީކުރުމަށް، ޗައިނާގެ ޔުނާން ޔުނިވަރސިޓީއާއި ދިވެހިރާއްޖެއާ ދެމެދު ވެފައިވާ ފަހުމުނާމާގެ ދަށުން ދެފަރާތުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ނިންމައިފިއެވެ. މި ފަހުމުނާމާގައި ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީ އޮފް ހޯމްލޭންޑްސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރު އަދި އެންޑީއޭ ބޯޑުގެ ޗެއަރމަން އަޙްމަދު ޞިއްދީޤް އެވެ. ހޯމްލޭންޑް މިނިސްޓްރީން […]
ދިވެހި އިންޖިނިއަރުންނާއި މި ދާއިރާގެ ފަންނުވެރިންގެ މަސައްކަތުގެ އަގުވަޒަންކުރުމަށް މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ދޭ “އިންޖިނިއަރސް އެވޯޑު” އަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ. މި އެވޯޑަކީ ރާއްޖޭގެ ތަރައްޤީއަށް އިންޖިނިއަރުން ކުރާ މަސައްކަތްތައް ފާހަގަކުރުމަށް ދޭ ޝަރަފްވެރި އެވޯޑެކެވެ.ހައުސިންގ މިނިސްޓްރީން ހާމަކުރި ގޮތުގައި، މި އެވޯޑަށް ފުރުޞަތު ހުޅުވާލާފައިވަނީ އޮގަސްޓު މަހުގެ 27 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގެ ނިޔަލަށެވެ. މިއަހަރުގެ އިންޖިނިއަރުންގެ އެވޯޑު 10 ގިންތިއަކުން ދިނުމަށް […]
ސައުދީ އަރަބިއްޔާގެ މައްކާގައި ބޭއްވި ބައިނަލްއަޤްވާމީ ކީރިތި ޤުރުއާން މުބާރާތުގެ ހިތުން ކިޔެވުމުގެ ގޮފިން ރާއްޖޭގެ އަލްޙާފިޡާ ފާޠިމަތު ޝާޔާ ޒާޙިރު މުޅި ދުނިޔެއިން ހަތަރު ވަނަ ޙާސިލްކޮށް، ގައުމަށް ރަންވަނައެއް ހޯދައިދީފިއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މުބާރާތުގެ ހަތަރުވަނަ ވަނައަށް ހޮވޭ ބައިވެރިއަކަށް ޚާއްޞަ އިނާމެއްގެ ގޮތުގައި އެއްލައްކަ ހަތްދިހަ ހާސް (170,000) ސައުދީ ރިޔާލް ކަނޑައަޅާފައިވެއެވެ. މިއީ މި މުބާރާތް ބާއްވަން ފެށި 46 އަހަރުގެ ދިގު ތާރީޚުގައި، އަންހެން […]
ޖީއީ ހެލްތުކެއާގެ އެންމެ ފަހުގެ ‘ވީ ސްކޭން’ ޕޯޓަބަލް އަލްޓްރާސައުންޑް މެޝިންތައް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ރާއްޖެއަށް ތަޢާރަފްކޮށްފިއެވެ. ޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޑިވައިސްތައް ބާޒާރަށް ނެރެދެއްވީ އެސްޓީއޯގެ ސީއީއޯ ޝިމާދު އިބްރާހިމް އާއި ޖީއީ ހެލްތުކެއާގެ ދެކުނު އޭޝިއާގެ ސޭލްސް ހެޑް ޖަގްދިޝް ބާބޫއެވެ. އެސްޓީއޯ އިން މަޢުލޫމާތު ދިން ގޮތުގައި، މި އައު މޮޑެލްތަކުގެ ސަބަބުން މީގެ ކުރިން ކްލިނިކްތަކުގެ ކޮންސަލްޓޭޝަން ރޫމްތަކަށް އެކަނި ބަރޯސާވެފައި އޮތް ސްކޭންގެ […]
ފާއިތުވި އަހަރާ އަޅާބަލާއިރު ފަތުރުވެރިކަމުގެ މުދަލާއި ހިދުމަތުގެ ޓެކުހުގެ (ޓީޖީއެސްޓީ) ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ 6.6 އިންސައްތަ އިތުރުވުމާއެކު، ދައުލަތުގެ ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބުނު ފައިސާގެ މިންވަރު 10.4 އިންސައްތަ މަތިވެއްޖެއެވެ. މާލީ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، ދައުލަތުގެ މާލީ ހާލަތަށް މިފަދަ އެދެވޭ ކުރިއެރުމެއް ލިބުމުގެ މައިގަނޑު ސަބަބަކީ ރާއްޖޭގެ އިގްތިސާދުގެ މައި ތަނބު ކަމަށްވާ ފަތުރުވެރިކަމުގެ ދާއިރާއިން ލިބުނު ކާމިޔާބީތަކެވެ. މާލީ ވުޒާރާއިން ކޮންމެ […]
ޤައުމެއްގެ ސައިޒަކީ އެ ޤައުމެއްގެ އަޚްލާޤީ ޒިންމާ ކުޑަވާންޖެހޭ ސަބަބެއް ނޫން ކަމަށާއި، ނިކަމެތިންގެ ޙައްޤުގައި ތެދުވުމަކީ ދިވެހިރާއްޖޭގެވެސް ޒިންމާއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ދުނިޔޭގެ އިންސާނިއްޔަތުކަމުގެ ދުވަހާ ގުޅިގެން ފޮނުއްވި ޚާއްޞަ މެސެޖުގައެވެ. ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ނުރައްކާތަކާ ކުރިމަތިލަމުން، މުޅި އިންސާނިއްޔަތުގެ ހެވާއި ލާބައަށްޓަކައި މަސައްކަތްކުރާ އިންސާނީ ޚިދުމަތްތެރިންނާއެކު ދިވެހިރާއްޖެ އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެކަން އެމަނިކުފާނުގެ މެސެޖުގައި ކަށަވަރުކޮށްދެއްވިއެވެ. މީގެ އިތުރުން، ހަނގުރާމަތަކާއި، ހާލުގައި ޖެހި […]











