ޙަބަރު

ފަހުގެ ޚަބަރުތައް

ސަފުހާ 15 / 179

ޙަބަރު

ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް، ރައްޔިތުންނަށް ސީދާ ފައިދާ ލިބޭ 10 ރިސޯޓެއް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް މިއަހަރުގެ ނޮވެމްބަރު މަހު ފަށާނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ޓޫރިޒަމް ސެކްޓަރ އަކީ ވަކި ބައެއްގެ އެއްޗެއް ނޫން ކަމަށެވެ. އަދި އެއީ ހަމައެކަނި ވަކި ބަޔަކު މުއްސަނދިވާ އެއްޗަކަށް ވެގެންނުވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.އެހެންކަމުން، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު […]

ޙަބަރު

ދިރާގުގެ މެޖޯރިޓީ ހިއްސާ އަދި އެމްޑަބްލިޔުއެސްސީގެ 100 އިންސައްތަ ހިއްސާ ސަރުކާރަށް ނެގުމަށް ކެބިނެޓުން ނިންމާފައިވާ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރައްވައިފިއެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުއިއްޒު ވިދާޅުވީ، ދިރާގުގައި އޮންނަ ސަރުކާރުގެ ހިއްސާ 51 އިންސައްތައަށް އިތުރުކުރުމަށް ސަރުކާރުން މިހާރު ނިންމާފައިވާ ކަމަށެވެ. “އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ދިރާގުގެ ޗޭއާ ވަނީ ވިއްކާލާފައި. ރައްޔިތުންގެ ވަރަށް ބޮޑު ހަރުމުދަލެއްް އެއީ. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ދިރާގިގެ ޝެއާ […]

ޙަބަރު

މަހެއްގެ މައްޗަށް 60,000 ރުފިޔާއަށް ވުރެ ގިނައިން އާމްދަނީ ލިބޭ މީހުންނަށް އާސަންދައިގެ ފުރިހަމަ ކަވަރޭޖް ނުލިބޭ ގޮތް ހެދުމަށް ނިންމައިފި އެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުއިއްޒު ވިދާޅުވީ، މިހާރު އާސަންދަ ދެމުންދަނީ އާމްދަނީ މަދުން ލިބޭ މީހުންނާއި ގިނައިން ލިބޭ މީހުންނަށް އެއްވެސް ތަފާތެއް ނެތި އެއް ހަމައެއްގައި ކަމަށެވެ. އަދި މިއީ މިކަން ކުރަން އެންމެ އެކަށީގެންވާ އަދި އިންސާފުވެރި ގޮތް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށްވެސް އެމަނިކުފާނު […]

ޙަބަރު

ސަރުކާރުގެ ހިއްސާވާ ކުންފުނިތައް ކުޑަކޮށް، ހިންގުން ހަރުދަނާކުރުމުގެ ސިޔާސަތުގެ ދަށުން ފެނަކަ ކޯޕަރޭޝަނާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އުވާލަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އިއުލާން ކުރެއްވި ގޮތުގައި، ފެނަކަ އުވާލުމަށްފަހު އެ ކުންފުނީގެ ހުރިހާ މަސައްކަތްތަކެއް ސްޓެލްކޯ އާ ހަވާލުކުރާނެއެވެ. އަދި އާރުޑީސީގެ މަސައްކަތްތައް ބަދަލުކުރާނީ އެމްޓީސީސީގެ ދަށަށެވެ. “މިދިޔަ ސަރުކާރުން ފެނަކަ މިސްޔޫސް ކޮށްފައިވާ ކަން އެއޮތީ އޮޑިރ ޖެނެރަލް ރިޕޯޓްއިންވެސް ފެންނަން. […]

ޙަބަރު

މާލޭގެ މަސްމާރުކޭޓާއި ލޯކަލް މާރުކޭޓު ހިމެނޭ ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ސަރުކާރުން ހިންގާ “ވެޓް މާކެޓް” މަޝްރޫއު ނިމުމުން، އެތަން ހިންގައި ބެލެހެއްޓުމުގެ ހުރިހާ މަސްއޫލިއްޔަތެއް މިފްކޯއާ ހަވާލުކުރަން ސަރުކާރުން ނިންމައިފި އެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުއިއްޒު ވިދާޅުވީ، އެގްރޯނެޓް ވެސް މިފްކޯގެ ދަށަށް ބަދަލުކުރުމަށް މިހާރު ނިންމާފައިވާ ކަމަށެވެ. އަދި އާ މާރުކޭޓަކީ ދައުލަތުން އިތުރު ހަރަދެއް ކުރަންނުޖެހި، ދެމެހެއްޓެނިވި ގޮތެއްގައި އޮޕަރޭޓްކޮށް، ރައްޔިތުންނަށް އެންމެ ފައިދާހުރި […]

ޙަބަރު

މީހުންނަށް ނޭނގި ނުވަތަ ހުއްދައެއް ނެތި ހޯދާ މައުލޫމާތާއި ރެކޯޑިންތައް ބްރޯޑްކާސްޓްކުރުމުގައި، ގާނޫނުތަކާއި ނޫސްވެރިކަމުގެ އަހުލާގީ މިންގަނޑުތަކާ ހިލާފުނުވުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމްއެމްބީސީ) އިން އިލްތިމާސްކޮށްފިއެވެ. މިޑިއާ ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ކޮންމެ މީހެއްގެ ޒާތީ ދިރިއުޅުމާއި، އާއިލީ ދިރިއުޅުމާއި، ދިރިއުޅޭ މާހައުލުގެ އިތުރުން އެހެން މީހުންނާއެކު ކުރާ ޒާތީ މުއާމަލާތްތަކަކީ އެއްވެސް ފަރާތަކަށް އަރައިގަނެވިގެން ނުވާނެ ހައްގުތަކެއްކަން ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ކަމަށެވެ. އިންސާނީ ހައްގުތަކަށް ފުރިހަމައަށް ހުރުމަތްތެރިކޮށް ހިތުމަކީ އެމްއެމްބީސީގެ […]

ޙަބަރު

އިންޓަރނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) ގެ ސީއީއޯ އިންޖިނިއަރު ހާނީ ސާލެމް ސޮންބޮލް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުވުމަކީ ރާއްޖޭގެ މާލީ އަދި ވިޔަފާރީގެ ދާއިރާ ކުރިއެރުވުމަށް ބައިނަލްއަގުވާމީ މުއައްސަސާތަކާއެކު އޮންނަ ގުޅުންތައް ބަދަހިކުރެއްވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްޕުޅުތަކުގެ ތެރެއިން، ބޭއްވުނު ބައްދަލުވުމެކެވެ. ރައީސް އޮފީހުން ބުނީ ، މި ބައްދަލުކުރެއްވުމުގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ އިގްތިސާދު ވަރުގަދަކުރުމާއި ވިޔަފާރީގެ ދާއިރާ ފުޅާކުރުމެވެ. މީގެއިތުރުން، ގައުމުގެ […]

ޙަބަރު

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމްއެމްބީސީ) ގެ ރައީސް މުހައްމަދު ފަރްޝަތު، ރާއްޖޭގައި ހުންނަ ސައުދީ އަރަބިއްޔާގެ އެމްބަސީގެ އިސްވެރިންނާދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމަކީ ރާއްޖޭގެ މީޑިއާ އާއި ބްރޯޑްކާސްޓްކުރުމުގެ ދާއިރާ ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ބައިނަލްއަގުވާމީ ފުރުސަތުތައް ފަހިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބޭއްވި ބައްދަލުވުމެކެވެ. މީޑިއާ ކޮމިޝަނުން މައުލޫމާތު ދެއްވި ގޮތުގައި، މި ބައްދަލުވުމުގައި އެންމެ ބޮޑު އިސްކަމެއް ދީގެން މަޝްވަރާކޮށްފައިވަނީ ރާއްޖޭގެ ނޫސްވެރިންނަށާއި މީޑިއާގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބޭނުންވާ […]

ޙަބަރު

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބެމުންދާ ބޮޑު ކުރިއެރުމާއެކު، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.4 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ. ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ޖުމްލަ 1,461,682 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެ އެވެ. މީގެތެރެއިން ބޮޑު އިންސައްތައެއް ހިޔާރުކޮށްފައިވަނީ ރިސޯޓުތަކެވެ. އެގޮތުން 73.5 އިންސައްތަ ނުވަތަ 1,053,055 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރާއްޖޭގެ ރިސޯޓުތަކުގައެވެ. މީގެއިތުރުން، ރާއްޖޭގެ ލޯކަލް ޓޫރިޒަމް ސިނާއަތަށް ބަލާއިރު، 317,178 ފަތުރުވެރިން ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކޮށްފައިވެ އެވެ. ހޮޓާތަކުގައި […]

ޙަބަރު

ހައުސިންގ ޑެވޗެލޮޕްމަންޓް ކޯޕަރޭޝަންގެ ބެލުމުގެ ދަށުގައިވާ އެއްމެދު އިމާރާތްތަކުގެރެއިލިންގ ފަދަ ތަންތަން މަރާމާތުކޮށް ގަވާއިދަށް ފެއްތުމަށް ބޭނުންވާ ފަރާތްތަކަށް އެޗްޑީސީން އެ ފުރުސަތު ހުޅުވާލައިފި އެވެ. އެޗްޑީސީން ބުނި ގޮތުގައި، މި އެހީތެރިކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ފޯމު ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ މި ހިނގާ ސެޕްޓެމްބަރު މަހުގެ 30 ވާ ބުދަ ދުވަހުގެ މެންދުރު 12:00 އެވެ. މިއީ އިމާރާތްތަކުގެ ރައްކާތެރިކަން އިތުރުކޮށް، އާންމު ހާލަތު ރަނގަޅުކުރުމަށް […]

ޙަބަރު

ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ފަޅު ރަށަކަށް އެކަހެރިވެވަޑައިގެން، ސިޔާސީ ގޮތުން ގުޅެން ބޭނުންވަނީ ކޮން ބަޔަކާ ކަމާމެދު ފުންކޮށް ވިސްނެވުމަށް ގޮވައިލައްވައިފިއެވެ. ޕީީއެންސީއިން ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން، ފަލާހު ވަނީ، އެ ޕާޓީގެ މެންބަރުންނާ ބެހޭގޮތުން ޔާމީން ދެއްކެވި ވާހަކަތަކަށް ރައްދުދެއްވާފައެވެ.ދި ޔާމީން ކުރައްވާ ފުރައްސާރަތަކަށް އެއްވެސް ވަރަކަށް ސަމާލުކަންދީ، ރައްދު ދިނުމުގެ ޝައުގުވެރިކަމެއް ޕީއެންސީގެ […]

ޙަބަރު

ތަރައްގީއަކީ ހަމައެކަނި ބުރިޖެއް ނޫން ކަމަށާއި، ހަގީގީ ތަރައްގީއަކީ ހަރުދަނާ އިންސާނީ މުޖުތަމައެއް ބިނާކޮށް ކުރިއެރުވުން ކަމަށާއި ރައީސް ޑރ މުހައްމަދު މުއިއްޒު ކުރައްވަނީ އެ މަސައްކަތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއަރޕާސަން އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެއެވެ. ކޮންގްރެސް ޕާޓީގެ ޖަލްސާގައި ވާހަަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ، ސަރުކާރުގެ ފަސް އަހަރުގެ ދައުރު އަދި ނުނިމޭ ކަމަށާއި، އެހެންކަމުން ސަރުކާރަށް ފާޑުކިއުމުގެ އެއްވެސް ޖާގައެއް މިހާރު ނެތް ކަމަށެވެ.އަދި ސަރުކާރުން މިހާރު ހަލާސްކުރަމުންދަނީ މި […]