ތިލަފުށީގައި އަލަށް ތަރައްގީކުރާ ބައިނަލްއަގުވާމީ ބަނދަރުގެ މަޝްރޫއު ކުރިއަށްގެންދިޔައީ ދިވެހިރާއްޖޭގެ ގާނޫނުތަކާއި ހަމަޖެހިފައިވާ އުސޫލުތަކުގެ އިމުގެ ތެރެއިން ކަމަށާއި، މި މަޝްރޫއުގައި ބޭރުގެ އެއްވެސް ބައިވެރިއަކަށް ޚާއްސަ އިސްކަމެއް ނުވަތަ މަންފާއެއް ދީފައިނުވާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީއިން ބުނެފިއެވެ. އެ މިނިސްޓްރީއިން ނެރުނު ބަޔާނެއްގައި ބުނީ ، މި މަޝްރޫއަކީ ހަމައެކަނި ރާއްޖޭގެ ދިގުމުއްދަތުގެ ތަރައްގީގެ އިސްކަންދޭ ކަންކަމަށް ރިއާޔަތްކޮށް ހަވާލުކުރެވިފައިވާ މަޝްރޫއެއް ކަމަށާއި، މީޑިއާތަކުގައި ވަކި ގައުމަކަށް ބުރަވެ ސަރުކާރުން އަމަލުކުރާކަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތާ […]
ޙަބަރު
ފަހުގެ ޚަބަރުތައް
ރާއްޖޭގައި ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްތައް ހިންގާ ފަރާތްތަކާ ދެކޮޅަށް ފުލުހުން ފެށި ހާއްސަ މަސައްކަތުގެ ދަށުން، އަލަށް ގާއިމުކުރި ހޮޓްލައިން މެދުވެރިކޮށް ލިބުނު މައުލޫމާތާ ގުޅިގެން އެކަކު ހައްޔަރުކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހާމަކޮށްފިއެވެ. ފުލުހުންގެ ހޮޓްލައިނަށް ލިބުނު 65 ރިޕޯޓުގެ ތެރޭގައި ޤަވާއިދާ ހިލާފަށް ބޭރުފައިސާގެ ވިޔަފާރިކުރާ 27 ބިދޭސީއަކާއި، ހުއްދައެއް ނެތި ފައިސާ މާރުކުރާ 18 ތަނެއް ހިމެނޭ ކަމަށް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.އަދި ބޮޑު އަގުގައި ފައިސާ […]
ހުޅުމާލެ ފޭސް 1 އިން ހެޔޮ އަގެއްގައި އެއްވެސް ބިމެއް ވިއްކާފައި ނުވާނެ ކަމަށް މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން ބުނެފިއެވެ. މި މައްސަލަ އާންމުންގެ ސަމާލުކަމަށް އައީ އަހުމަދު ޒާހިރު ނަމަކަށް ކިޔާ މީހަކަށް ހުޅުމާލޭ ފޭސް 2 އިން 1،250 އަކަފޫޓުގެ ބިމެއް 468،750 ރުފިޔާއަށް ވިއްކަން ނިންމި ކަމުގެ ލިޔުންތަކެއް ސޯޝަލް މީޑިއާގައި ދައުރުވެ، ގިނަ ބައެއްގެ ފާޑުކިޔުންތައް އެކަމަށް އަމާޒުވުމުންނެވެ. މިކަމާ ގުޅިގެން ހައުސިންގ މިނިސްޓްރީން ނެރުނު […]
ރާއްޖޭގެ އެކި ސަރަހައްދުތަކަށް މިދުވަސްވަރު އާދަޔާ ހިލާފަށް ހޫނުގަދަވުމުގެ ސަބަބުން ކުރިމަތިވެދާނެ ސިއްހީ ނުރައްކާތަކުން ރައްކާތެރިވުމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުންނަށް އިލްތިމާސްކޮށްފިއެވެ. މާބޮޑަށް ހޫނުގަދަވުމުގެ ސަބަބުން ފުރާނައަށް ނުރައްކާވެދާނެ ފަދަ “ހީޓް ސްޓްރޯކް” އެއް ޖެހުމުގެ ފުރުސަތު ބޮޑުވާކަން ފާހަގަކޮށް، އެޗްޕީއޭ އިން ބުނީ މިފަދަ ހާލަތެއްގައި ފެނިދާނެ މައިގަނޑު ނިޝާންތަކުގެ ތެރޭގައި ހަށިގަނޑު މާބޮޑަށް ހޫނުވުމާއި، ހަންގަނޑު ރަތްވުމުގެ އިތުރުން ވިންދު އަވަސްވެ، ބޯއެނބުރި މޫނުމައްޗަށް އަނދިރިވުން ހިމެނޭ ކަމަށެވެ. […]
އަމީނީ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން، އެ މަގުގެ ފުރަތަމަ ސެގްމެންޓުގައި ތާރު އެޅުމުގެ އަމަލީ މަސައްކަތް މި ހަފުތާގެ ތެރޭގައި ފެށުމަށް ތައްޔާރުވެފައިވާކަމަށް، އެމްޓީސީސީ އިން ބުނެފިއެވެ. އެމްޓީސީސީއިން ބުނި ގޮތުގައި އަމީނީ މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާއިރު، ފުރަތަމަ ސެގްމެންޓުގައި އެގްރިގޭޓް ބޭސް ކޯސް (އޭބީސީ) އެޅުމާއި ޕްރައިމް ކޯޓު ހޭކުމުގެ މަސައްކަތް މިދިޔަ ހަފުތާގައި ވަނީ ނިންމާލާފައެވެ. ތައްޔާރީ މަސައްކަތްތައް ނިމުމާ އެކު، މި ހަފުތާގެ ތެރޭގައި އެ ސަރަހައްދުގައި ތާރު އެޅުމުގެ […]
މާލޭގެ މަގުތަކުގެ ދަތުރުފަތުރާއި ތޮއްޖެހުމުގެ މައްސަލަތައް ޒަމާނީ ވަސީލަތްތަކާއެކު ބެލެހެއްޓުމަށްޓަކައި ހާއްސަ ޓްރެފިކް މޮނިޓަރިން ސެންޓަރެއް ގާއިމުކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށް، އިގްތިސާދީ ތަރައްގީއާއި، ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު މުހައްމަދު ސައީދު ވިދާޅުވީ، ޗައިނާ ސަރުކާރުގެ އެހީގައި މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެ ކަމަށެވެ.މަގުތައް ހަދާއިރު ޓްރެފިކް ތޮއްޖެހުމަށް ދާއިމީ ހައްލެއް ހޯދުމަކީ ރައީސް […]
މާލޭގެ މަގުތައް ތޮއްޖެހުން ކުޑަކުރުމަށްޓަކައި، ކުޑަ ފީއެއް ދައްކައިގެން ބޭނުންކުރެވޭނެ ހާއްސަ ޕާކިން ޒޯންތަކެއް މާލޭގެ އެކި ސަރަހައްދުތަކުގައި ހެދުމަށް ސަރުކާރުން ނިންމައިފާކަން އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ މިނިސްޓަރު މުހައްމަދު ސައީދު ހާމަކުރައްވައިފި އެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒިރު ސައީދު ވިދާޅުވީ މާލޭ ސަރަހައްދުގެ ޓްރެފިކް މައްސަލަ ހައްލުކުރުމަށާއި، ޕާކިން މައްސަލަ ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ސޯސަން މަގާއި ހީނާމާގެ ބިމުގައި ހުރި […]
ސަރުކާރުގެ ތިން މިނިސްޓްރީއެއް ހިންގަމުން ދިޔަ އިމާރާތުގައި 12 ޑިސެމްބަރު 2024ގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާއާ ގުޅިގެން ސުވާލުކުރުމަށް ފުލުހުން ފޮނުވި ޗިޓާ ހަވާލުވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިންކާރު ކުރައްވައިފިއެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން ތުހުމަތު ކުރައްވާ ގޮތުގައި އެ އިމާރާތުގައި ރޯކޮށްލާފައިވަނީ ގަސްތުގައެވެ. ޕީއެންއެފްއިން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، އެ އަމަލު ހިންގި ފަރާތް ފުލުހުންނަށް ރަނގަޅަށް އެނގޭނެ ކަމަށާއި، އެ ކަމުގެ […]
ދިވެހިރާއްޖެއާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާ ދެމެދު އޮތް ޒަމާންވީ ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރުމަށާއި، ދެ ގައުމުގެ ދެމެދުގައި ވިޔަފާރިއާއި ފަތުރުވެރިކަން ފުޅާކުރުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ. ދިވެހިރާއްޖެއިން ޔޫއޭއީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތޯރިގް އިބްރާހިމް ވިދާޅުވީ، ޔޫއޭއީގެ މިނިސްޓަރ އޮފް އިކޮނޮމީ އެންޑް ޓޫރިޒަމް އަބްދުﷲ ބިން ތައުގް އަލް މައްރީއާއެކު ބޭއްވެވި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރިއާއި ފަތުރުވެރިކަމުގެ ގުޅުންތައް އިތުރަށް ފުޅާކުރުމާ ބެހޭގޮތުން ފުޅާ […]
މާލޭ ސިޓީ ކައުންސިލްގެ މީޑިއާ ޓީމުގެ އަސާސީ މުސާރައަށް މަހަކު ބޮޑު ހޭދައެއް ކުރަމުންދާއިރުވެސް، ކައުންސިލުން ބޭއްވި ރައްޔިތުންގެ ބައްދަލުވުންތަކުގެ ފޮޓޯއާއި ވީޑިއޯގެ އިތުރުން ޕްރެޒެންޓޭޝަންތަކަށް ބޮޑެތި ހަރަދުތަކެއް ހޭދަކޮށްފައިވާތީ އާންމުންގެ ފާޑުކިޔުންތައް އަމާޒުވެއްޖެއެވެ. މާލޭ ސިޓީ ކައުންސިލުން މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ (އާރްޓީއައި) ދަށުން އާންމުކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި، މާލޭ ސިޓީ ކައުންސިލްގެ މީޑިއާ ޓީމުގައި ހިމެނޭ ދެ މީޑިއާ ކޯޑިނޭޓަރަށް 15،000 ރުފިޔާ، ކެމެރާމަނަށް 15،000 ރުފިޔާ އަދި ގްރެފިކްސް […]
މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމަށާއި އެ ކުންފުނީގެ ޗެއަރމަންގެ މަގާމަށް އަހުމަދު ޝަހީރު އައްޔަނުކޮށްފިއެވެ. އެމްޓީޑީސީގެ ބޯޑު މެންބަރުކަމާއި ޗެއަރމަންގެ މަގާމަށް ޝަހީރު ހަމަޖެއްސެވިކަން ޕީސީބީން މިދިޔަ ހޯމަ ދުވަހު ވަނީ ކަށަވަރުކޮށްދީފައެވެ.އެމްޓީޑީސީގެ ބޯޑަށް ޝަހީރު މި އައްޔަނުކުރެއްވީ، މޭ 2025 އިން ފެށިގެން އެޗްޑީސީގެ ޗެއަރމަންގެ މަގާމުގައި ހުންނެވުމަށްފަހު، މިދިޔަ ބުރާސްފަތި ދުވަހު އެ މަގާމުން ވަކިކުރެއްވުމާ ގުޅިގެންނެވެ. އަހުމަދު ޝަހީރަކީ ސަރުކާރު ހިއްސާވާ ބޮޑެތި ކުންފުނިތައް […]
އިނގިރޭސިވިލާތާއި ދިވެހިރާއްޖެއާ ދެމެދު ފޯޅަވަހީގެ ސިޔާދަތީ މިލްކުވެރިކަމާ ގުޅޭގޮތުން ރަސްމީ މަޝްވަރާތައް ފެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިނގިރޭސިވިލާތު ބޮޑުވަޒީރަށް ދައުވަތު ދެއްވައިފި އެވެ. ރައީސް އޮފީހުން ހާމަކުރިގޮތުގައި، މި ދައުވަތު ރައީސް ޑރ މުއިއްޒު ދެއްވާފައިވަނީ ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތުން މަސައްކަތް ކުރަމުންދާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި އިނގިރޭސި ބޮޑުވަޒީރަށް ފޮނުއްވި ރަސްމީ ސިޓީފުޅެއްގައެވެ. ރައީސް އޮފީހުން އިތުރަށް ހާމަކުރެއްވި ގޮތުގައި، އެ ސިޓީފުޅުގައި އި ފޯޅަވައްސަކީ ދިވެހިރާއްޖޭގެ ތަނެއްކަމުގައި […]











