ޙަބަރު

ފަހުގެ ޚަބަރުތައް

ސަފުހާ 136 / 179

ޙަބަރު

މިއަހަރުތެރޭ 100 ދިވެހިން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލާފައިވާކަމަށް މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުލްރައްޒާގު ހަލީމް ވިދާޅުވެއްޖެ އެވެ. ދުނިޔޭގެ ހިތުގެ ދުވަހާއި ގުޅިގެން ނެރެނު ބަޔާނެއްގައި ހަލީމް ވިދާޅުވީ، ހިތުގެ ބަލިތަކަކީ މިހާރުވެސް ދުނިޔޭގައި އެންމެ ގިނައިން މީހުން މަރުވާ އެއް ސަބަބުކަމުގައި ވީނަމަވެސް، އެއީ އެންމެ ބޮޑަށް ރައްކާތެރިވެވިދާނެ ބަލިތަކުގެ ތެރެއިން އެއް ބަލިކަމަށެވެ. އެގޮތުން، ހޭލުންތެރިކަމާއި، ރައްކާތެރިވުމާއި ވަގުތުން ފަރުވާ ހޯދުމުގެ ސަބަބުން ފުރާނަތަކެއް ސަލާމަތްކޮށް، ސިއްހަތު ރަނގަޅު […]

ޙަބަރު

ގައުމީ ގުރުއާން މުބާރާތުން އެއްވަނަ ހާސިލުކުރާ ފަރާތްތަކަށް، ބޭނުން ދާއިރާއަކުން ޕީއެޗްޑީއާއި ހަމަޔަށް ކިޔެވުމުގެ ފުރުސަތުދޭން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތަކީ، ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު އަދި އެންމެ ގިނަ އިނާމު ދެވޭ މުބާރާތް ކަމުގައި ހަދާނެކަމަށް މިދިޔަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގައި ރައީސް ވަނީ އިއުލާންކުރައްވާފަ އެވެ. ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ގޮތުގައި، އެންމެ […]

ޙަބަރު

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިމާރާތްކޮށްފައިވާ 4000 ހައުސިންގ ޔުނިޓު ހަވާލުކުރުމުގެ މަސައްކަތް އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް ނިމޭނެކަމަށް އެކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވެއްޖެ އެވެ. ހައުސިންގ ޔުނިޓުތައް ލިބޭ ފަރާތްތަކަށް ޔުނިޓު ހަވާލުކުރުމުގެ މަސައްކަތް ފެށީ މިމަހުގެ 28 ވަނަ ދުވަހުގަ އެވެ. އެންމެ ފުރަތަމަ ތަޅުދަނޑި ހަވާލުކުރުމަށް ހަމަޖެހިފައިވަނީ އަމާން އުދަރެސް ޓަވަރު 14 އިން ޔުނިޓު ލިބުނު ފަރާތްތަކަށެވެ. މި މަސައްކަތް ކުރިއަށްދާނީ […]

ޙަބަރު

ވ އަތޮޅުގެ ބިން ހިއްކުމުގެ މަޝްރޫއުތައް ކުރިޔަށްގެންދާނީ މަސްވެރިންނާއި މަޝްވަރާކޮށް، މަސްވެރިންގެ ހިޔާލާއެކުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ، ކެއުޅުންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުންނެވެ. މިއީ ރައީސް ކެއުޅުންނާއި ބައްދަލުކުރެއްވި ތިންވަނަ ފަހަރެވެ. ރައީސް އޮފީހުގައި ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމުގައި، ކެއުޅުން ވަނީ މަސްވެރިކަމުގެ ސިނާއަތުގައި ރަނގަޅުކުރުމަށް ބޭނުންވާކަންކަން ރައީސް އާއި ހިއްސާކުރައްވާފައެވެ. އެގޮތުން މަސްވެރިން އެންމެ ބޮޑަށް ބޭނުންވީ، މަސްކިލޯއެއް ގަންނަ އަގު ވިހި ރުފިޔާއަށް ބޮޑުކުރާނެ ތާރީހަކާއި […]

ޙަބަރު

ރާއްޖޭން މަރުވާ މީހުންގެ 84 އިންސައްތަ މަރުވަނީ ގައިންގަޔަށް ނާރާ ބަލިތަކުގައިކަމަށް ހެލްތް މިނިސްޓްރީން ބުނެފި އެވެ. ހެލެތް މިނިސްޓްރީން މިހެން ބުނީ، މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ހިތުގެ ދުވަހާއި ގުޅިގެން ނެރުނު ބަޔާނުގަ އެވެ. މިނިސްޓްރީގެ ބަޔާނުގައި ބުނީ، ހިތުގެ ބައްޔަކީ ގައިންގަޔަށް ނާރާ ބަލިތަކުގެ ތެރެއިން ދުނިޔޭގައި އެންމެ ގިނައިން މީހުން މަރުވާ އެއް ބަލިކަމަށެވެ. ރާއްޖޭގައިވެސް ގައިންގަޔަށް ނާރާ ބަލިތައް ނިސްބަތުން ގިނަވެ، މަރުވާ މީހުންގެ 84 އިންސައްތައަކީ މިފަދަ ބަލިތައް ތަހައްމަލު ކުރާ […]

ޙަބަރު

އަންނަ އަހަރުގެ ފެބްރުއަރީން ފެށިގެން ބޭންކް އޮފް މޯލްޑިވްސްގެ ކްރެޑިޓް ކާޑުން ބޭނުންކުރެވޭ ޑޮލަރު ލިމިޓު ބޮޑުކުރަން ނިންމައިފި އެވެ. މިކަން އިއުލާންކުރައްވާފައި ވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޕޯސްޓެއްގަ އެވެ. ރައީސް ވިދާޅުވީ މިހާރު ކުރެވޭ މަސައްކަތުގެ ތެރެއިން، އަންނަ އަަހަރުގެ ފެބްރުއަރީ އެކަކުން ފެށިގެން ބީއެމްއެލް ކްލެސިކް ކާޑުގެ ލިމިޓް 750 ޑޮލަރުން 1400 ޑޮލަރަށް ބޮޑުކުރެވޭނެކަމަށެވެ. އަދި ގޯލްޑް ކާޑުގެ ލިމިޓް 750 ޑޮލަރުން 1500 ޑޮލަރަށް ބޮޑުކުރާއިރު، ޕްލެޓިނަމް […]

ޙަބަރު

މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ވޭޕާއެކު ތިން ބެއިން ހައްޔަރުކޮށްފި އެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ، މިމަހުގެ 28 ވަނަ ދުވަހު ހަތަރު މީހަކަށް އަމާޒުކޮށްގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިންނެވެ. މި އޮޕަރޭޝަނުގައި، ރާއްޖެ އެެތެރެކުރުން މަނާ ގިނަ އަދަދެއްގެ ތަކެއްޗާއި އެތަކެތި ވިއްކުމަށްޓަކައި ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ބޭނުންކުރާ ޗެނަލްތަކާއި އެހަތަރު މީހުންގެ މޯބައިލް ފޯނު ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުންޏެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ […]

ޙަބަރު

މި ހިނގާ 2025 ވަނަ އަަހަރުގެ މިހާތަނަށް ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ. ޓުއަރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން، މިއަހަރުގެ މިހާތަނަށް 1،625،852 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު9.7 އިންސައްތައިގެ ކުރިއެރުމެކެވެ. މިިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކޮށްފައިވަނީ 1،482،061 ފަތުރުވެރިންނެވެ. ތަފާސްހިސާބުތައް ދައްކާގޮތުން، މިމަހުގެ28 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 123،926 ފަތުރުވެރިން ޒިޔާރަތްކޮށްފައި ވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 13 […]

ޙަބަރު

ޅ. ނައިފަރު ބަނދަރު ތަރައްގީކުރަން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕަނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. ކޮންސްޓްރަކްޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިކަމާއި ގުޅޭ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ. މި މަޝްރޫއުގެ ދަށުން 26،960 ކިއުބް މީޓަރުގެ ސަރަހަށްދެއްގެ ނެރު ފުންކުރުމާއި، 340 މީޓަރުގެ ސަރަހަށްދެއްގައި އެއްގަމުތޮށި ލުމާއި، 182 މީޓަރުގެ ބޭރުތޮށިލުމާއި، 1،390 އަކަ މީޓަރުގެ […]

ޙަބަރު

ނުނަގާ ގިނަދުވަސްވެފައިވާ ޕާސްޕޯޓުތައް 31 ޑިސެމްބަރުގެ ފަހުން ކެންސަލްކުރާނެކަމަށް އިމިގްރޭޝަނުން ބުނެފިއެވެ. އިމިގްރޭޝަނުން ކުރި އިއުލާނެއްގައި ބުނީ، ޕާސްޕޯޓު ހެއްދުމަށްފަހު، ޕާސްޕޯޓުގެ ވެރިފަރާތުން ޕާސްޕޯޓާ ހަވާލުނުވެ ގިނަދުވަސް ވަމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ. އެހެންކަމުން ޕާސްޕޯޓު ހެއްދުމަށްފަހު ޕާސްޕޯޓާ ހަވާލުނުވެ، ހަމަސް ދުވަހަށް ވުރެ ގިނަދުވަސް ވެފައިވާ ފަރާތްތަކުން، ޑިސެމްބަރު 31 ވަނަ ދުވަހުގެ ކުރިން، ޕާސްޕޯޓާ ހަވާލުވުމަށް އިމިގްރޭޝަނުން ވަނީ އަންގާފައެވެ. އެދުވަހުގެ ނިޔަލަށް، ޕާސްޕޯޓާއި ހަވާލުނުވާ ފަރާތްތަކުގެ ޕާސްޕޯޓުތައް، ދިވެހި ޕާސްޕޯޓާބެހޭ ގަވައިދުގެ ދަށުން ކެންސަލް ކުރެވޭނެކަމަށް […]

ޙަބަރު

އަންނަ 2026 ވަނަ އަހަރުގެ ބަޖެޓާއެކު، ބިދޭސީންނާއި ގުޅޭ ތަންތަން ތަންފީޒުކުރުމުގެ މަރުހަލާ އައު އުސްމިންތަކަކަށް ގެންދާނެކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން އަހުމަދް ފަސީހް ވިދާޅުވެއްޖެއެވެ. ފަސީހް މިހެން ވިދާޅުވީ، އިމިގްރޭޝަން އިންސައިޓްސްގައި ވާހަކަ ދައްކަވަމުންނެވެ. ފަސީހް ވިދާޅުވީ، ތަންފީޒު ނުވެ ހުރި ކަންކަން ތަންފީޒުކުރެވެން ފެށުމާއެކު ރާއްޖޭގައި ގަވާއިދާ ހިލާފަށް ނުވަތަ އެއްވެސް ލިޔެކިޔުމެއް ނެތި އުޅެމުން އަންނަ ބިދޭސީން މަދުވާނެކަމަށެވެ. ރާއްޖޭގައި މަސައްކަތް ކުރަން އަންނަ ބިދޭސީން ރާއްޖެ އަންނަނީ ވަރަށް ގިނަ […]

ޙަބަރު

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިމާރާތްކޮށްފައިވާ 4000 ހައުސިންގ ޔުނިޓު ލިބޭ ފަރާތްތަކަށް ޔުނިޓު ހަވާލުކުރުމުގެ މަސައްކަތް އެކޯޕަރޭޝަނުން ފަށައިފިއެވެ. އަމާން އުދަރެސް ޓަވަރު 14ގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ޓަވަރަށް އާބާދުވާ, އެންމެ ފުރަތަމަ މީހާއަށް އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް ވަނީ ތަޅުދަނޑި ހަވާލުކޮށްފައެވެ. ތަޅުދަނޑި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެފްޑީސީގެ އެމްޑީ ހަމްދާން ވަނީ “އަމާން އަތްމަތީ ފޮތް” ވެސް އިފްތިތާހުކޮށްދެއްވާފައެވެ. އަތްމަތީ ފޮތުގެ ޒަރިއްޔާއިން […]